21 ޑިސެމްބަރ 2021
ރޫޅިފައިވާ ފުރަތަމަ ކައިވެންޏާ ބެހޭ ގޮތުން ހޮލީވުޑްގެ މަޝްހޫރު ތަރި ބެން އެފްލެކް މިދިޔަ ހަފުތާގައި ދެއްކި ވާހަކަތަކާ ގުޅިގެން ކަންބޮޑުނުވާ ކަމަށް އޭނަގެ މިހާރުގެ ލޯބިވެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފި އެވެ.
ރޫޅިފައިވާ ފުރަތަމަ ކައިވެންޏާ ބެހޭ ގޮތުން ހޮލީވުޑްގެ މަޝްހޫރު ތަރި ބެން އެފްލެކް މިދިޔަ ހަފުތާގައި ދެއްކި ވާހަކަތަކާ ގުޅިގެން ކަންބޮޑުނުވާ ކަމަށް އޭނަގެ މިހާރުގެ ލޯބިވެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފި އެވެ.
އެފްލެކް ދެއްކި ވާހަތަކާ ގުޅިގެން އޭނާ ދެކެ ޖޭލޯ ވަރަށް ހިތްހަމަނުޖެހިގައި ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަމާ ބެހޭ ގޮތުން ޕީޕަލް މެގަޒިނުން ސުވާލުކުރުމުން އޭނާ ބުނީ އެފްލެކަކީ އަބަދުވެސް ދަރިންނަށް ރަނގަޅު ބައްޕައެއް އަދި ކުދިންގެ މަންމަ ޖެނިފާ ގާނާއާ އެކީ ކުދިންގެ ކަންކަމުގައި ޒިންމާ ނަގާ މީހެއް ކަމަށެވެ.
"އަދި ވަރަށް ގާތްކޮށް ބެން ދަންނަ މީހެއްގެ ގޮތުން އަހަރެން ވަރަށް ބޮޑަށް އޭނަ އަށް އިހުތިރާމު ވެސް ކުރަން." ގާނާއާ 2005 ގައި ކައިވެނިކުރުމުގެ ކުރިން އެފްލެކް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޭލޯ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަލަތު ކައިވެނި އެފްލެކް "ބަނދެވުމެއް" ގެ ގޮތުގައި ސިފަކޮށް ރަލަށް ދެވިހިފީ ވެސް އެ ކައިވެނީގެ ސަބަބުން ކަމަށް ބުނެ ވާހަކަތަކާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ.
"އެހެންވީމަ އެ ވާހަކަތަކާ ގުޅިގެން އަހަންނާއި ބެންއާ ދެމެދު މިހާރު މައްސަލައެއް އުޅޭ ކަމަށް ބުނުމަކީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން." ޖޭލޯ ބުންޏެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެމެރިކާގެ މަޝްހޫރު ރޭޑިއޯ ހޯސްޓް، ހޮވާޑް ސްޓާންގައި ޝޯގައި އެފްލެކް ބުނި ގޮތުގައި އަލަތު ކައިވެންޏަކީ ލޯބިން ކުރި ކައިވެންޏަކަށް ވިޔަސް ކައިވެނީގެ ފަހުން އުޅުނީ އުފަލަކުން ނޫނެވެ. އެކަމަކު 2018 ގައި އެ ކައިވެނި ރަސްމީކޮށް ރޫޅައިލުމާ ހަމައަށް ތިން ދަރިންނަށްޓަކައި ކައިވެނި ސަލާމަތްކުރެވޭތޯ ވަރަށް މަސައްކަތްކުރި އެވެ.
އޭނާ މިފަދަ މޭރުމަކުން ގާނާގެ ބޮލުގައި ތުހުމަތުތަކެއް އެޅޭ ގޮތަށް ވާހަކަ ދެއްކުމުން ވަރަށް ގިނަ މީހުން އެ ވާހަކަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ވެސް ފާޅުކުރި އެވެ. އަދި އެފްލެކްގެ އެ ވާހަކަތަކަކީ ޖޭލޯ ވެސް ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ބުނެ އެ ދެ މީހުންގެ މެދުގައި މިހާރު އޮތް ގުޅުމާ މެދު ޖޭލޯ "ސީރިއަސްކޮށް ވިސްނަން ޖެހޭ" ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޖޭލޯ އާއި އެފްލެކްގެ އަލުން ގުޅުނީ މި އަހަރުގެ ކުރީކޮޅު ޖޭލޯ އާއި އެމެރިކާގެ ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒްގެ އެންގޭޖްމަންޓް ރޫޅައިލުމާ އެކީގަ އެވެ. ދާދި ފަހުން ޖޭލޯ ބުނި ގޮތުގައި އެފްލެކާ އެކު ކައިވެންޏަކާ ހަމައަށް ދެވޭނެކަމުގެ އުންމީދު ވެސް ބޮޑެވެ. އޭނާ އަކީ ތިން ކައިވެނި ރޫޅި، ދެ ކުދިން ތިބި މައެކެވެ.
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ
ޖޭލޯ އާއި އެފްލެކް އަލުން ގުޅުނީ!
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކައިވެނި ރޫޅުމަކީ ލަދުވެތިކަމެއް: އެޑެލް
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި