ކައިވެންޏަށް މިހާރު ތިން އަހަރުވެފައިވާ އިރު، ފިރިމީހާ ރަންވީރު ސިންގްއާ އޮންނަ އެންމެ ހާއްސަ ގުޅުމަކީ ދެ މީހުންގެ މެދުގައި އޮންނަ މުއާމަލާތް ކަމަށާއި ދެ މީހުންނަކީ އަބަދުވެސް ވާހަކަ ދައްކައިގެން ކަންކަމާ މެދު ގޮތް ނިންމާ ބައެއް ކަމަށް ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
16 ޑިސެމްބަރ 2021
ކައިވެންޏަށް މިހާރު ތިން އަހަރުވެފައިވާ އިރު، ފިރިމީހާ ރަންވީރު ސިންގްއާ އޮންނަ އެންމެ ހާއްސަ ގުޅުމަކީ ދެ މީހުންގެ މެދުގައި އޮންނަ މުއާމަލާތް ކަމަށާއި ދެ މީހުންނަކީ އަބަދުވެސް ވާހަކަ ދައްކައިގެން ކަންކަމާ މެދު ގޮތް ނިންމާ ބައެއް ކަމަށް ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ކައިވެނީގެ އެންމެ އުފާވެރި ކަމަކީ ވެސް އެއީ ކަމަށް ހުނަރުވެރި ބަތަލާ ބުންޏެވެ.
"އަހަރެމެން ދެ މީހުންގެ މެދުގައި ހުރިހާ ކަމެއްގައި ވެސް ވާހަކަ ދެކެވި މަޝްވަރާ ކުރެވޭނެ. ބައެއް ފަހަރު އެކަކު އަނެކަކުގެ ވާހަކަތަކަށް އެއްބަސްވެވޭ ފަހަރާއި އެއްގަލަކަށް ނޭރޭ ފަހަރު ވެސް އަންނާނެ." އޭނާ ބުންޏެވެ.
ދީޕިކާ ބުނި ގޮތުގައި މުހިއްމު ކަމަކީ ވާހަކަ ދައްކައިގެން ކުރި ހޯދަނީ ކާކުތޯ ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި އަބަދުވެސް ކަންކަމުގައި ގޮތް ނިންމަނީ ދެ މީހުންގެ މެދުގައި ވާހަކަ ދެކެވި، އެކަކު އަނެކަކު ހިޔާލާއި މަޝްވަރާ ހޯދިގެން ކަމަށް ބުންޏެވެ.
"ބައެއް ފަހަރު އަހަންނަށް ކުރި ލިބޭނެ. އަނެއް ބައި ފަހަރު ރަންވީރަށް ކުރި ލިބޭނެ. އެކަމަކު ޕޮއިންޓަކީ އެއެއް ނޫން. ޕޮއިންޓަކީ ދެ މީހުން އެކީގައި އުޅޭ ކަމަށް ވަންޏާ ވީހާ ވެސް ބޮޑަށް ވާހަކަ ދެއްކުން،" ދީޕިކާ ބުންޏެވެ. "އަހަރެން ގަބޫލުކުރަނީ އެގޮތަށް ގުޅުމެއް ކުރިއަށް ގެންދެވޭ ކަމަށް ވަންޏާ ވަރަށް ފަސޭހަވާނެހެން ކައިވެންޏެއް ދަމަހައްޓަން."
އޭނާ ބުނީ ބައެއް ހާލަތްތަކުގައި ރަންވީރާ އެކު ކޯޅުންތައް ވެސް ހިނގާ ކަމަށެވެ. އެކަމަކު ކޮންމެ ދުވަހެއް ނިމިގެންދާ އިރު، ހުރިހާ "ނެގަޓިވިޓީއެއް" ފިލައިގެންދާ ވަރަށް ދެ މީހުންގެ މެދުގައި ވާހަކަ ދެކެވޭ ކަމަށެވެ.
ބޮލީވުދްގެ މިހާރުގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ދީޕިކާ އާއި ރަންވީރު ކައިވެންޏަށް ފަހު ކުޅުނު ފުރަޔަމަ ފިލްމު "83" މި މަހުގެ 24 ގައި ރިލީޒް ކުރާނެ އެވެ. ދެ ތަރިން ކައިވެނިކުރީ 2018 ގަ އެވެ.
އާމިރާއި ސަންޖީދާ ވަރިވެއްޖެ
މަލާމާތްކުރިޔަސް ފަރުވާލެއް ނެތް: އަރުޖުން
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި
ރާޖް އާއި ޕަޓްރަލޭކާ ކައިވެނިކޮށްފި
"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ
ލޯބިވެރިންނަށް ދޯކާދިން ކަމަށް ރަންބީރު އެއްބަސްވެއްޖެ
ބަތަލާ މޯނީ ކައިވެނިކޮށްފި
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި