10 އެޕްރީލް 2022
އެމެރިކާގެ މާސް މީޑިއާ ކުންފުނި ޑިސްކަވަރީން އުފައްދަމުން އަންނަ ބޮޑު ސްޓްރީމިން ސާވިސްގެ މަސައްކަތުގެ ތެރެއިން، އެމެރިކާގައި ނަން ހިނގާ މަޝްހޫރު ގިނަ މީޑިއާ ކުންފުނިތަކެއް ޑިސްކަވަރީގެ ދަށަށް ގެންގޮސްފި އެވެ.
އެމެރިކާގެ މާސް މީޑިއާ ކުންފުނި ޑިސްކަވަރީން އުފައްދަމުން އަންނަ ބޮޑު ސްޓްރީމިން ސާވިސްގެ މަސައްކަތުގެ ތެރެއިން، އެމެރިކާގައި ނަން ހިނގާ މަޝްހޫރު ގިނަ މީޑިއާ ކުންފުނިތަކެއް ޑިސްކަވަރީގެ ދަށަށް ގެންގޮސްފި އެވެ.
ޑިސްކަވަރީގެ ސްޓްރީމިން ސާވިސްގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏަށް ކިޔަނީ "ވޯނާ ބްރޯސް ޑިސްކަވަރީ" އެވެ.
އެ ސްޓްރީމިން ސާވިސްގެ ދަށަށް މިދިޔަ ހުކުރު ދުވަހު ގެންދިޔައީ އެމެރިކާގެ މަޝްހޫރު މީޑިއާ ކުންފުނިތައް ކަމަށްވާ ސީއެންއެން، ވޯނާ ބްރޯސް، ވޯނާމީޑިއާ، އެޗްބީއޯ، ޓީއެންޓީ އަދި ޓާނާ ސްޕޯޓްސް އެވެ. ޑިސްކަވަރީގެ ދަށުގައި މިހާރު ވެސް އޮންނަ އެނިމަލް ޕްލެނެޓް އާއި ޓީއެލްސީ އަދި އެޗްޖީޓީވީ ވެސް ދެން ހިންގާނީ އެ ސާވިސްގެ ދަށުންނެވެ.
"ވޯނާ ބްރޯސް ޑިސްކަވަރީ" ގެ ސީއީއޯ ޑޭވިޑް ޒެސްލަވް ވިދާޅުވީ، އެ ކުންފުނީގެ ވިޔަފާރީ އާންމުކޮށް ފަށާނީ މާދަމާ އެވެ. އަދި މި ހަފުތާގައި އެ ސާވިސްގެ ދަށުން ހިންގާ ހުރިހާ ކުންފުންޏެއް މުވައްޒަފުންނާ އެއްކޮށް ބައްދުލުކުރައްވަން ވެސް އޭނާ ވަނީ ނިންމަވައިފަ އެވެ.
ޒެސްލަވް ވިދާޅުވި ގޮތުގައި، އެ ބޮޑު "މާޖް"އާ އެކު، އެ ސާވިސްގެ ކޮންޓެންޓް ވަރަށް މުއްސަނދިވާނެ ކަމަށާއި މިހާރު އެންމެ ބޮޑެތި ސްޓްރީމިން ސާވިސްތައް ކަމަށްވާ ނެޓްފްލިކްސް އާއި ޑިޒްނީ ޕްލަސްއާ ވެސް ވަރަށް ވާދަވެރިވާނެ ކަމަށެވެ.
ސެރީނާ އާއި ވީނަސްގެ ބައްޕަގެ ގޮތުގައި ސުމިތު
ސީއެންއެން ޕްލަސްގެ ނަމުގައި ސްޓްރީމިން ހިދުމަތެއް
އެޗްބީއޯ މެކްސް އަށް އޯޑިއޯ ޑިސްކްރިޕްޝަން
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
އެޗްބީއޯ މެކްސް ރިބްރޭންޑުކޮށް، "މެކްސް" ގެ ނަމަށް
އެޗްބީއޯގެ ކަސްޓަމަރުންގެ އަދަދު މައްޗަށް
މަހެއް ނުވަނީސް ސީއެންއެން ޕްލަސް ހުއްޓާލަނީ
ބްރިޓްނީގެ ލޯބިވެރިޔާ އަށް ނުލިބުނު ރޯލެއްގެ ވާހަކަ
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި