Roadha Mihaaru
މި ފަހަރު "ހައު އައި މެޓް ޔޯ ފާދާ"

މި ފަހަރު "ހައު އައި މެޓް ޔޯ ފާދާ"

24 އެޕްރީލް 2021

ބެލުންތެރިްނގެ ބޮޑު ތަރުހީބެއް ލިބުނު އެމެރިކާގެ ސިޓްކޮމް "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލްއެއް "ހައު އައި މެޓް ޔޯ ފާދާ" ގެ ނަމުގައި ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިްނގެ ބޮޑު ތަރުހީބެއް ލިބުނު އެމެރިކާގެ ސިޓްކޮމް "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލްއެއް "ހައު އައި މެޓް ޔޯ ފާދާ" ގެ ނަމުގައި ގެނެސްދޭން ނިންމައިފި އެވެ.

މި ސީރީޒް ހަދަނީ ސްޓްރީމިން ޕްލެޓްފް ހުލޫއަށެވެ.

ވެރައިޓީން ބުނި ގޮތުގައި "ހައު އައި މެޓް ޔޯ ފާދާ" ގެނެސްދޭނީ ބަތަލާ ހިރަލީ ޑަފްގެ ނަރަޒިއްޔާތުންނެވެ. އެގޮތުން އޭގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ފިރިމީހާ ނުވަތަ ދަރިފުޅުގެ ބައްޕައާ ދިމާވި ގޮތް ފިރިހެން ދަރިފުޅަށް ކިޔައިދޭ ގޮތަށެވެ.

"ހައު އައި މެޓް ޔޯ ފާދާ" ގެ ފަހަތުގައި ތިބީ "ދިސް އިޒް އަޒް" އާއި "ލަވް ވިކްޓާ" ގެނެސްދިން އިޒާކް އެޕްޓޭކާ އާއި އެލިޒަބަތު ބާގާ އެވެ. އެ މީހުންނަކީ "ހައު އައި މެޓް ޔޯ މަދާ" ގެ ލިޔުންތެރިންނެވެ. އާ ސީރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ކުރީގެ ސީރީޒްގެ މޭސްތިރިން ކަމަށްވާ ކާޓާ ބޭޒް އާއި ކްރެއިގް ތޯމަސް ހިއްސާވާނެ އެވެ.

"ހައު އައި މެޓް ޔޯ މަދާ" އަކީ ސެޕްޓެމްބަރު 19، 2005 އިން މާޗް 31، 2014 އަށް ސީބީއެސް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި ނުވަ ސީޒަނަކަށް ސިލްސިލާގެ 208 އެޕިސޯޑް ގެނެސްދިނެވެ.

މީގެ ސީކްއެލް "ހައި އައި މެޓް ޔޯ ފާދާ" ގެ ތައްޔާރީތައް ވަމުން އަންނަ އިރު ސީރީޒް ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިއީ ބެލުންތެރިން ވަރަށް އިންތިޒާކުރާނެ އެއްޗަކަށް ވާނެ އެވެ.