Roadha Mihaaru
"ސެކްސް އެންޑް ދަ ސިޓީ" ގެ އާ ވެބް ސީރީޒެއް

"ސެކްސް އެންޑް ދަ ސިޓީ" ގެ އާ ސީރީޒެއް އެޗްބީއޯ މެކްސް އަށް

14 ޖެނުއަރީ 2021

ބެލުންތެރިންގެ މެދުގައި ސިލްސިލާއެއްގެ ގޮތުގަ އާއި ފީޗާ ފިލްމެއްގެ ގޮތުގައި ވެސް މަގުބޫލުކަން ލިބުނު "ސެކްސް އެންޑް ދަ ސިޓީ" ގެ އާ ވެބް ސީރީޒެއް އެޗްބީއޯ މެކްސް އިން ގެނެސްދޭ ގޮތަށް ނިންމައި އޭގެ މަސައްކަތް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި ސިލްސިލާއެއްގެ ގޮތުގަ އާއި ފީޗާ ފިލްމެއްގެ ގޮތުގައި ވެސް މަގުބޫލުކަން ލިބުނު "ސެކްސް އެންޑް ދަ ސިޓީ" ގެ އާ ވެބް ސީރީޒެއް އެޗްބީއޯ މެކްސް އިން ގެނެސްދޭ ގޮތަށް ނިންމައި އޭގެ މަސައްކަތް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

"ސެކްސް އެންޑް ދަ ސިޓީ" ގައި ދައްކަނީ އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ ވަރަށް ޒަމާނީ ޕޮޝް ލައިފެއް ސްޓައިލެއް ގެންގުޅޭ ހަތަރު އަންހެނެއްގެ ދިރިއުޅުމެވެ. މީގެ ކުރީގެ އުފެއްދުންތަކުގެ މައިގަނޑު ރޯލްތައް ކުޅުނު ސާރާ ޖެސިކާ ޕާކާ އާއި ސިންތިއާ ނިކްސަނާއި ކްރިސްޓީން ޑޭވިސްގެ އިތުރުން ކިމް ކެޓްރާލް އެވެ.

ނަމަވެސް މި ފަހަރު "އެންޑް ޖަސްޓް ލައިކް ދެޓް" ގެ ނަމުގައި ގެނެސްދޭ ސީރީޒްގެ ކާސްޓްގައި، ސަމަންތާގެ ކެރެކްޓާ ކުޅުނު ކިމް ނުހިމެނެ އެވެ. އޭގެ ސަބަބެއް ސީރީޒްގެ ޓީމުން ހާމައެއްނުކުރެ އެވެ.

ނަމަވެސް ހަމަ ކުރިއެކޭ އެއްގޮތަށް ލީޑް އަނެއް ތިން ބަތަލާ އިން އެ މީހުންގެ ރޯލުތަކުން ފެންނާނެ އެވެ. އަދި އެ ވާހަކަ އެ މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އެޗްބީއޯ މެކްސް އަށް "ސެކްސް އެންޑް ދަ ސިޓީ" ގެ ސީރީޒް ގެނެސްދޭ ނިންމާފައި ވަނީ ދިހައެއް ބައި އެޕިސޯޑާ އެކީގަ އެވެ. އަދި އޭގެ ޝޫޓިން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ހަރީފު މޫސުމަށެވެ. އެކަމަކު ބެލުންތެރިންނާ ހަމައަށް ސީރީޒެއް އަންނާނެ އިރެއް އަދި ނޭނގެ އެވެ.

ހަ ސީޒަނަކަށް "ސެކްސް އެންޑް ދަ ސިޓީ" އަކީ އެޗްބީއޯ އިން ޖޫން 6، 1998 އިން ފެބްރުއަރީ 22، 2004 އަށް ދެއްކި ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 94 އެޕިސޯޑް ގެނެސްދިނެވެ.

އަދި ސިލްސިލާ އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ފީޗާ ފިލްމެއްގެ ގޮތުގައި "ސެކްސް އެންޑް ދަ ސިޓީ: ދަ މޫވީ" ގެނެސްދިނީ 2008 ގަ އެވެ. ފިލްމު ވެސް ގެނެސްދިނީ ސިލްސިލާގައި ހިމެނުނު ކިމް ނުލަ އެވެ. އަދި ފިލްމުގައި ޕާކާ، 55، އާއި ސިންތިއާ، 54، އާއި ކްރިސްޓީން، 55، ގެ އިތުރުން ހިމެނުނު ބަތަލާއިން ތެރޭގައި ޖެނިފާ ހަޑްސަނާއި ކެންޑިސް ބާޖިން ހިމެނެ އެވެ.

މައިކަލް ޕެޓްރިކް ކިންގް ޑައިރެކްޓްކުރި "ސެކްސް އެންޑް ދަ ސިޓީ: ދަ މޫވީ" އަކީ ބޮކްސް އޮފީހުގައި 418.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހެދީ 65 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.