04 އޯގަސްޓް 2021
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ކަހަލަ ހިންދީ ސީރީޒެއްއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ކަހަލަ ހިންދީ ސީރީޒެއްއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ނަމަކީ "ދި އެމްޕަޔާ" އެވެ. މިއީ އިންޑިއާގެ ހިޔާލީ ރަސްކަމެއްގެ ވާހަކަ ކިޔައިދޭން ޑައިރެކްޓަރު ނިކިލް އަދުވާނީ އުފައްދާ ސީރީޒެކެވެ. "ކަލް ހޯ ނަ ހޯ" އާއި "ސަލާމޭ އިޝްގް" އާއި "ކައްޓީ ބައްޓީ" އަދި "ބަތުލާ ހައުސް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނި ގޮތުގައި "ދި އެމްޕެޔާ" އަކީ އިންޑިއާގެ ވަރަށް ވަރުގަދަ މަސައްކަތެއް ފެނިގެން ދާނެ އުފެއްދުމެއް ކަމަށާވެ. ނިކިލް ބުނި ގޮތުގައި އޭނާ ހުރީ މީގެ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ.
ބޮޑު ބަޖެޓަކުން، ބޮޑު ކާސްޓަކާ އެކު ގެނެސްދޭ ސީރީޒްގެ މައިގަނޑު ތަރިން އޭގައި ފެންނާނެ ގޮތުގެ މޯޝަން ޕޯސްޓަރު ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. "ދި އެމްޕަޔާ" ގެ ކާސްޓްގައި ޝަބާނާ އާޒްމީ، ކުނާލް ކަޕޫރް، ޑީނޯ މޯރިއޯ، ޓީވީ ބަތަލާ ދުރަޝްތީ ދާމީ ހިމެނެ އެވެ.
ސްޓްރީމްކުރަން ފަށާނެ އިރަކާއި ޓްރެއިލާ ވެސް އަދި ހާމަ ނުކުރާ ސީރީޒް ހަދާފައި ވަނީ އިނގިރޭސި ލިޔުންތެރިޔާ އެލެކްސް ރަދަޕޯޑް ހަ ވޮލިއުމަކަށް ގެނެސްދިން ވާހަކަ "އެމްޕަޔާ އޮފް މޯގުލް" އަށެވެ. މި ވާހަކައިގެ އަަސްލަކަށް ބަލާފައި އޮތީ އިންޑިއާގައި ކުރިން މުގާލް ރަސްކަމުގެ ދުވަސްވަރަށެވެ.
"ދި އެމްޕަޔާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ބަވާނީ އައްޔަރު އެވެ.
ނިކިލްގެ އަމިއްލަ ފިލްމު ކުންފުނި އެންމޭ އެންޓަޓައިންމަންޓުން ގެނެސްދޭ "ދި އެމްޕަޔާ" އާ ބެހޭ ގޮތުން އޭބާ ބުނީ މިއީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތް ކަމަށެވެ. ނިކިލް ދޭ ޔަގީން ކަމަކީ ބެލުންތެރިންނަށް މިހާތަނަށް ހިންދީ އުފެއްދުމަކުން ފެނިފައި ނުވާހާ ތަފާތު މަސައްކަތެއް މި ސީރީޒުން ފެނިގެން ދާނެ ކަމެވެ.
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި
"ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް
ސުޝާންތު ކުޅުނު ރޯލު ޝަހީރު ކުޅެން ފަށަައިފި
ސިދާތާއި ޖެނިފާ އަށް ވެބް ސީރީޒެއް
ރިތިކްގެ ވެބް ސީރީޒުން މަނޯޖް ވަކިވެއްޖެ
ވެބް ސީރީޒެއްގައި ޕާތުގެ ނެގެޓިވް ރޯލެއް
ކަރަން ޕަޓޭލް ވެސް ވެބް ސީރީޒަކަށް
ލަތާ ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި
"ވިޝްލިސްޓް" އިން ހީނާ ޕްރޮޑިއުސަރަކަށް
ޝަހީރާއި ޝިލްޕާގެ ވެބް ސީރީޒެއް