23 ޑިސެމްބަރ 2016
ޓީވީ ސީރީޒް "ކްއަންޓިކޯ" އިން ލިބުނު މަޝްހޫރުކަމާ އެކު، ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ނުފޫޒު މިހާރު ހޮލީވުޑަށް ވެސް ވަނީ ފެތުރެން ފަށައިފަ އެވެ.
ޓީވީ ސީރީޒް "ކްއަންޓިކޯ" އިން ލިބުނު މަޝްހޫރުކަމާ އެކު، ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ނުފޫޒު މިހާރު ހޮލީވުޑަށް ވެސް ވަނީ ފެތުރެން ފަށައިފަ އެވެ.
ޓީވީ ސިލްސިލާ އާއި ފީޗާ ފިލްމުގެ އިތުރަށް ޕްރިޔަންކާ މިހާރު ވަނީ ހޮލީވުޑްގައި އިޝްތިހާރުގެ ދުނިޔެ އަށް ވެސް ނުކުމެފަ އެވެ.
މަޝްހޫރު ޝޭމްޕޫ "ޕެންޓީން" ގެ ގްލޯބަލް އެމްބެސެޑަރުކަމާ އެކު އޭނާ މިހާރު އަންނަނީ އެމެރިކާގެ ޒުވާން މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާ އެކު، ޕެންޓީންގެ އިޝްތިހާރެއް ކުޅެން ތައްޔާރުވަމުންނެވެ.
އެކަން ޕްރިޔަންކާގެ މެނޭޖަރު އަންޖުލާ އަޗަރިއާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޕްރިޔަންކާ ނެރުނު ބަޔާނެއްގައި ބުނީ "ޕެންޓީން" އާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި "ޕެންޓީން" އަކީ އަބަދުވެސް އޭނާގެ ފެވަރިޓެވެ. އެއީ ރީތިކަމާއި އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ.
ޕްރިޔަންކާގެ މެނޭޖަރުގެ އިސްޓަގްރާމް
ނަމަވެސް މި އިޝްތިހާރު ފެންނާނީ ކޮން ދުވަހަކުން ކަމެއް ނޭނގެ އެވެ.
ޕްރިޔަންކާ އާއި ސެލީނާ އެކުގައި ފެނުމަކީ ދެ ތަރިންގެ ފޭނުން ވެސް ވަރަށް އުފާވާނެ ކަމެކެވެ.
"ޕެންޓީން" ގެ ގްލޯބަލް އެމްބެސެޑަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެލީ ގޮލްޑިން އާއި ބްރެޒިލްގެ މޮޑެލް/ބަތަލާ ޖިސެލް ބަންޗެން ވެސް ހިމެނެ އެވެ.
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ
ޕްރިޔަންކާގެ މައިދައިތަ އަތުގައި ޅީދަރިންގެ ފޮޓޯގަނޑެއް
ބޮލީވުޑާ ދުރުވީ މީހުންނާ މައްސަލަ ޖެހޭތީ: ޕްރިޔަންކާ
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް
ޕްރިޔަންކާ ދަރިޔަކު ހޯދަން ވިސްނަނީ
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް
"ނިކް ޖޯނަސްގެ އަންހެނުންނޭ" ކިޔާތީ ޕްރިޔަންކާ ރަތަށް
ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު