ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ މި އަހަރުގެ "މެޓް ގާލާ" އަށް ނުދާނެ ކަމަށް ބުނެފި އެވެ.
24 އެޕްރީލް 2024
ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ މި އަހަރުގެ "މެޓް ގާލާ" އަށް ނުދާނެ ކަމަށް ބުނެފި އެވެ.
ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ މެޓް ގާލާ އަށް ނުދެވޭނެ ކަމަށް ޕްރިޔަންކާ ބުނީ އޭނާ ނެރޭޓްކުރާ ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓައިގާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މީހަކު ކުރި ސުވާލަކަށް ދިން ޖަވާބުގަ އެވެ. މެޓް ގާލާ އަށް ނުދެވެނީ އޭނާ ބުނި ގޮތުގައި، ހޮލީވުޑްގެ ފިލްމު "ހެޑް އޮފް ސްޓޭޓް"ގައި މަސައްކަތް ކުރަމުން އަންނާތީ އެވެ.
ޕްރިޔަންކާ އަކީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މެޓް ގާލާގައި ބައިވެރިވެފައިވާ ފަންނާނެކެވެ.
ހޮލީވުޑްގެ ޒުވާން އެކްޓަރު ޒެންޑާޔާ ފިޔަވާ އެހެން އެއްވެސް ފަންނާނަކު އެ އެވެންޓަށް ދާ ކަމަށް އަދި އެނގިފައި ނެތް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ވަނަ އަހަރު ބޭއްވި މެޓް ގާލާ އިންނެވެ.
މިދިޔަ އަހަރުގެ މެޓް ގާލާގައި ޕްރިޔަންކާ ހުރީ ވެލެންޓީނޯގެ ރިސްކޫ ތައި-ސްލިޓް ގައުންއެއް ލައިގެންނެވެ. އަދި ނިކް ހުރީ އޯވާ ސައިޒް ސޫޓެއްގަ އެވެ.
މި އަހަރުގެ މެޓް ގާލާ އޮތީ އަންނަ މަހުގެ ހަ ވަނަ ދުވަހު ނިއުޔޯކުގެ މެޓްރޯޕޮލިޓަމް މިއުޒިއަމްގަ އެވެ.
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ
ޕްރިޔަންކާގެ މައިދައިތަ އަތުގައި ޅީދަރިންގެ ފޮޓޯގަނޑެއް
ބޮލީވުޑާ ދުރުވީ މީހުންނާ މައްސަލަ ޖެހޭތީ: ޕްރިޔަންކާ
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް
ޕްރިޔަންކާ ދަރިޔަކު ހޯދަން ވިސްނަނީ
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް
"ނިކް ޖޯނަސްގެ އަންހެނުންނޭ" ކިޔާތީ ޕްރިޔަންކާ ރަތަށް
ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން