Roadha Mihaaru

"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަން ފްރާންސްގައި

އެޗްބީއޯ އިން ގެނެސްދޭ މަޝްހޫރު ކޮމެޑީ ސީރީޒް "ދަ ވައިޓް ލޮޓަސް"ގެ ހަތަރު ވަނަ ސީޒަންގެ ޝޫޓިން ފްރާންސްގައި ނަގަން ނިންމައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމީ އެވޯޑުގައި ކޮންމެ އަހަރަކު ވެސް ބޮޑު ކާމިޔާބީއެއް ހޯދާ "ދަ ވައިޓް ލޮޓަސް"ގެ ތިން ވަނަ ސީޒަން ޝޫޓްކުރީ ތައިލެންޑުގަ އެވެ. އެ ސީޒަނަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ކޮންމެ ސީޒަނެއްގައި އާ ކާސްޓެއް ގެނެސްދޭ މި ސީރީޒްގެ ހަތަރު ވަނަ ސީޒަންގެ ކާސްޓުގައި ހިމެނޭ އެކްޓަރުން އަދި އިއުލާންކޮށްފައި ނުވެ އެވެ.

އެ ސީރީޒްގެ ކޮންމެ ސީޒަނެއްގައި ގެނެސްދެނީ "ދަ ވައިޓް ލޮޓަސް" ކިޔާ ހޮޓަލަކަށް ޒިޔާރަތްކުރާ ގެސްޓުންނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ތަފާތު އެކި ކަންތައްތަކެވެ. އަދި އެ ހުރިހާ ކަމެއް ގުޅެނީ މީހެއްގެ މަރާ އެވެ.

މިދިޔަ ތިން ސީޒަންގައި ވެސް މި ސީރީޒް ޝޫޓްކޮށްފައި ވަނީ ފޯ ސީޒަންގެ ބްރޭންޑުގެ ލަގްޒަރީ ރިސޯޓުތަކުގަ އެވެ. ފްރާންސްގައި ވެސް އެ ބްރޭންޑުގެ ވަރަށް ގިނަ ހޮޓެލްތަކާއި ރިސޯޓްތައް ހުރެ އެވެ.