Roadha Mihaaru
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން

ހަައުސް އޮފް ދަ ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން ޑޮލަރު

24 އެޕްރީލް 2022

މިހާތަނަށް ގެނެސްދިން އެންމެ ވަރުގަދަ ޓީވީ ސީރީޒް "ގޭމް އޮފް ތުރޯންސްގެ" ސްޕިން އޮފް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ އެޕިސޯޑަކަށް 20 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އޭގެ ޕްރޮޑަކްޝަން ހައުސް އިން ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މިހާތަނަށް ގެނެސްދިން އެންމެ ވަރުގަދަ ޓީވީ ސީރީޒް "ގޭމް އޮފް ތުރޯންސްގެ" ސްޕިން އޮފް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ އެޕިސޯޑަކަށް 20 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އޭގެ ޕްރޮޑަކްޝަން ހައުސް އިން ބުނެފި އެވެ.

އަންނަ އޯގަސްޓް މަހު ދައްކަން ފަށާ "ހައުސް އޮފް ދަ ޑްރެގަން" އަކީ ގޭމް އޮފް ތުރޯންސްގެ ކަންތައްތަކުގެ އެތައް އަހަރު ކުރިން ހިނގި ކަންތައްތައް ދައްކާނެ ސީރީޒެކެވެ.

ފުރަތަމަ ސީޒަންގައި 10 އެޕިސޯޑް ގެނެސްދޭއިރު، އެ ސީޒަނަށް އެކަނިވެސް 200 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. އެއީ ގޭމް އޮފް ތުރޯންސް އަށް ކުރި ހަރަދަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ގޭމް އޮފް ތުރޯންސްގެ ފުރަތަމަ ސީޒަންގެ އެޕިސޯޑެއް އުފެއްދުމަށް ހޭދަކުރީ ހަ މިލިއަން ޑޮލަރެވެ. އަދި ފަހު ސީޒަންގެ އެޕިސޯޑެއް އުފެއްދުމަށް ހޭދަކުރީ 15 މިލިއަން ޑޮލަރެވެ.

"ހައުސް އޮފް ދަ ޑްގެރަން" އަގު އެހާ ބޮޑުވަނީ އޭގައި ސީޖިއައި ބޭނުންކުރާ މިންވަރު އިތުރުވާތީ އެވެ. ގޭމް އޮފް ތުރޯންސް އަށް ވުރެ ގިނައިން އެ ސީރީޒްގައި ސީޖިއައި ބޭނުންކޮށްގެން ޑްރެގަންތަައް ދައްކާނެ އެވެ.

އެ ސީރީޒަށް 200 މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް އެންމެ އަގުބޮޑު ޝޯއަކަށް ވާނީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާ "ލޯޑް އޮފް ދަ ރިންގްސް" އެވެ. އެ ޝޯގެ ފުރަތަމަ ސީޒަނަށް އެކަނިވެސް 465 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.