20 މެއި 2022
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް އޮނޮރަރީ ޑޮކްޓްރޭޓްގެ ޑިގްރީ ހަވާލުކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް އޮނޮރަރީ ޑޮކްޓްރޭޓްގެ ޑިގްރީ ހަވާލުކޮށްފި އެވެ.
މިއުޒިކީ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޓޭލާ އަށް ޑޮކްޓްރޭޓްކަމުގެ ސެޓްފިކެޓް ދީފައިވަނީ އެމެރިކާގެ ނިއު ޔޯކް ޔުނިވާސިޓީ (އެންވައިޔޫ) އިންނެވެ.
ޓޭލާ އަށް އެ ސެޓްފިކެޓް ދީފައި ވަނީ އެންވައިޔޫގެ 2022ގެ ބެޗުގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިންނެވެ.
އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ޑޮކްޓްރޭޓް ކަމާ ހަވާލުވުމަށް ފަހު ވާހަކަދައްކަމުން ޓޭލާ ވަނީ ސެލެބްރިޓީއެއްގެ ގޮތުގައި އޭނާގެ ޒުވާން އުމުރު ހޭދަވި ގޮތަށް އަލިއަޅުވާލައިފަ އެވެ.
ޓޭލާ ބުނީ އޭނާ ސްކޫލަށް ގޮސް ކިޔެވީ ގްރޭޑް 10 އަކާ ހަމަ އަށް ކަމަށެވެ. އެއަށް ފަހު ހައި ސްކޫލް ނިންމީ ގެއިން ކަމަށާއި އެ އުމުރުގެ ބޮޑު ބައެއް ހޭދަވީ މިއުޒިކް ހަދަމުން އެކި ކަހަލަ ޓުއާތަކަށް ދަމުން ކަމަށް އޭނާ ބުންޏެވެ.
"މިހެން ބުނާ އިރު ހީވަނީ ސެލެބްރިޓީއަކަށް ވުން ވަރަށް ސަޅި ކަމެއްހެން. އެކަމަކު ގިނަ ވަގުތު ހޭދަވެފައިވާނީ ކާރުތައް ރެންޓުކޮށް އެކި ކަހަލަ ހޮޓާތަކުގައި ހުރެގެން. ގިނަ ފަހަރަށް ވަރަށް ވަރުބަލި ވެފައި ހުންނަނީ،" އޭނާ ބުންޏެވެ.
ކޮލެޖް ޑޮކްޓްރޭޓެއް ލިބުނު ނަމަވެސް އެންމެ ފުރަތަމަ ޑިގްރީ ހޯދަން ކޮލެޖަށް ގޮސް ކިޔަވަން ބޭނުންވި ކަމަށް ޓޭލާ ބުންޏެވެ. އޭނާ އުއްމީދު ކުރީ އެހެން ކުދިންނެކޭ އެއްގޮތަށް ކޮލެޖަށް ގޮސް ޑޯމްގައި މަޑުކޮށް ކޮލެޖުގެ "އެކްސްޕީރިއަންސް" ލިބޭނެ ކަމަށެވެ. ނަމަވެސް ބޮޑު އާޓިސްޓަކަށް ވާން ފެށުމުން ވަގުތު ނުލިބުނީ ކަމަށް އޭނާ ބުންޏެވެ.
ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީއަށް
ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރުގައި
ޓޭލާސް ވާޝަންގެ އާ ލަވަ އަށް ލޯބި އޮހެނީ
ޓޭލާ ސްވިފްޓަށް އޮނޮރަރީ ޑޮކްޓްރޭޓް ލަގަބު ލިބެނީ
ޖޭކަށް ޓޭލާގެ ފޭނުންގެ އުނދަަގޫ ވަރަށް ބޮޑުވެއްޖެ
ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި
"ކެޓްސް" ގައި އޭ ލިސްޓް ތަރިންތަކެއް
ޓޭލާ ސްވިފްޓް އަނެއްކާ ވެސް ފިލްމަކަށް
ޓޭލާ ސްވިފްޓާއި ޓޮމް ހިޑެލްސްޓަންގެ ލޯބި ނިމުމަކަށް
އެންމެ ބޮޑު އާމްދަނީއެއް ޓޭލާ ސްވިފްޓަށް