19 ފެބުރުއަރީ 2022
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ދާދިފަހުން ރިލީޒްކުރި ލަވައާ އެކު އޭނާގެ ފޭނުންގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށް ޓޭލާގެ ކުރީގެ ލޯބިވެރިޔާ އަދި އެމެރިކާގެ އެކްޓަރު ޖޭކް ޖިލެންހާލް ބުނެފި އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ދާދިފަހުން ރިލީޒްކުރި ލަވައާ އެކު އޭނާގެ ފޭނުންގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށް ޓޭލާގެ ކުރީގެ ލޯބިވެރިޔާ އަދި އެމެރިކާގެ އެކްޓަރު ޖޭކް ޖިލެންހާލް ބުނެފި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ޓޭލާ ނެރުނު "އޯލް ޓޫ ވެލް (ޓޭލާސް ވާޝަން)" ލަވައިގައި އޭނާ ވަރަށް ޒުވާން ދުވަސްވަރު ޖޭކްއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ކަންތައް ހިނގާދިޔަ ގޮތް ކިޔައިދެވެ. އެ ލަވައިން ޖޭކް ސިފަކޮށްފައި ވަނީ އެކި ގޮތްގޮތުން ވަރަށް އަނިޔާވެރި މީހެއްގެ ގޮތުގަ އެވެ.
އެ ލަވަ ނެރުނު ފަހުން ސްވިފްޓުގެ ފޭނުން ދަނީ ޖޭކަށް އެކި ކަހަލަ ފުރައްސާރަތައް ކުރަމުންނެވެ. އެންމެ ފަހުން އޭނާ އެ ކަމަށް ރައްދު ވެސް ދީފި އެވެ.
މިދިޔަ ހަފުތާގައި އެސްކުއާޔާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޖޭކް ބުނީ އަމިއްލަ ހަޔާތުގެ ތަޖުރިބާ އަށް ބިނާކޮށްގެން ޓޭލާ މިއުޒިކް އުފެއްދުމުން އޭނާ އަށް އެއަކު އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ފޭނުންގެ އަމަލުތައް ބަހައްޓާނެ ގޮތަކާ މެދު ވިސްނައި ގޮތެއް ނިންމުމަކީ އެ އާޓިސްޓެއްގެ ޒިންމާއަކަށް ވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ޓޭލާގެ ފޭނުންގެ ފަރާތުން ލިބެމުންދާ އޮންލައިން ބުލީކުރުމުގެ ސަބަބުން ޖޭކް މިހާރު ވަނީ އޭނާގެ ސޯޝަލް މީޑިއާތަކުގެ ކޮމެންޓް ސެކްޝަން ވެސް އޮފް ކޮށްލައިފަ އެވެ.
ޓޭލާ ސްވިފްޓަށް އޮނޮރަރީ ޑޮކްޓްރޭޓް ލަގަބު ލިބެނީ
ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
ނޯޓްބުކްގެ އެކްޓަރު ޖީނާ އަލްޒައިމާ ބަލީގައި