އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ އާ އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" އަންނަ އޮކްޓޯބަރު މަހު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ އާ އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" އަންނަ އޮކްޓޯބަރު މަހު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
ޓޭލާގެ އާ އަލްބަމް އިއުލާންކުރީ، އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ކެލްސް އާއި ޓްރޭވިސްގެ ބޭބެ ޖޭސަން ކެލްސް ގެނެސްދޭ ސްޕޯޓްސް ޕޮޑްކާސްޓް "ނިއު ހެއިޓްސް"ގަ އެވެ. އެ ޕޮޑްކާސްޓުގެ އެންމެފަހުގެ އެޕިސޯޑުގެ މެހުމާނަކީ ޓޭލާ އެވެ.
އެ އަލްބަމްގެ ކަވަ ފޮޓޯ ޓޭލާގެ އިންސްޓަގްރާމްގައި މިހާރު ވަނީ ހިއްސާކޮށްފަ އެވެ.
އަންނަ އޮކްޓޯބަރު މަހު ތިނެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ދަ ލައިފް އޮފް އަ ޝޯގާލް"ގައި ޖުމްލަ 12 ވަނަ ހިމެނޭނެ އެވެ.
އެ އަލްބަމްގެ ޓައިޓަލް ލަވަ ކިޔާފައި ވަނީ ޓޭލާއާ އެކު އެެމެރިކާގެ ލަވަކިޔުންތެރިޔާ ސެބްރީނާ ކާޕެންޓާ އެވެ. ސެބްރީނާއަކީ އެ އަލްބަމްގައި ފީޗާކޮށްފައިވާ ހަމައެކަނި އިތުރު އާޓިސްޓެވެ.
"ދަ ލައިފް އޮފް އަ ޝޯގާލް"އަކީ ޓޭލާގެ 12 ވަނަ ސްޓޫޑިއޯ އަލްބަމެވެ.
ޓޭލާގެ އެންމެފަހުގެ ސްޓޫޑިއޯ އަލްބަމަކީ މިދިޔަ އަހަރު ގެނެސްދިން "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ.
ޓޭލާގެ ކައިވެނި އިއުލާންކޮށްފި
ޓޭލާ ސްވިފްޓްގެ އާ އަލްބަމް އެޕްރީލް 19 ގައި
ގްރޭމީސްގައި ބިލީގެ ލަވަ، އެންމެ މޮޅު ލަވަ އަށް
ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީއަށް
ޓޭލާ ސްވިފްޓްގެ އާ ލަވައިގައި ކުރީގެ ލޯބިވެރިޔާ
ޓޭލާގެ "ސްޕީކް ނައު" ގެ ވެސް އަމިއްލަ ވާޝަނެއް
ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރުގައި
މިހާރު އެއީ ޑރ. ޓޭލާ ސްވިފްޓް
ޓޭލާސް ވާޝަންގެ އާ ލަވަ އަށް ލޯބި އޮހެނީ
ޓޭލާ ސްވިފްޓަށް އޮނޮރަރީ ޑޮކްޓްރޭޓް ލަގަބު ލިބެނީ