24 ޖުލައި 2018
އަހަރުތަކެއް ވަންދެން ތިއޭޓާ ޕްލޭއެއްގެ ގޮތުގައި ބްރޯޑްވޭގައި ގެނެސް ދިން މަޝްހޫރު މިއުޒިކަލް "ކެޓްސް" އަށް ފީޗާ ފިލްމެއް ހަދަން ނިންމައި، އޭގެ ކާސްޓަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ބަތަލާ ޖެނިފާ ހަޑްސަން ހަމަޖައްސައިފި އެވެ.
އަހަރުތަކެއް ވަންދެން ތިއޭޓާ ޕްލޭއެއްގެ ގޮތުގައި ބްރޯޑްވޭގައި ގެނެސް ދިން މަޝްހޫރު މިއުޒިކަލް "ކެޓްސް" އަށް ފީޗާ ފިލްމެއް ހަދަން ނިންމައި، އޭގެ ކާސްޓަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ބަތަލާ ޖެނިފާ ހަޑްސަން ހަމަޖައްސައިފި އެވެ.
ނޮވެމްބަރު މަހު އިނގިރޭސިވިލާތުގައި ޝޫޓިން ފަށާ ފިލްމްގެ ޑައިރެކްޓަރަކީ 2010 ގައި ފިލްމް "ދަ ކިންގްސް ސްޕީޗް" އިން އޮސްކާ ހާސިލުކުރި އިނގިރޭސި ޑައިރެކްޓަރު ޓޮމް ހޫޕާ އެވެ.
އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2012 ގެ "ލެސް މިސެޒެބްލް" އެވެ.
ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ "ކެޓްސް" ބޮޑު ސްކްރީނަށް ހެޔޮވަރު ކުރަނީ މީގެ ތިއޭޓަ ޕްލޭ ވެސް ލިޔުނު ލީ ހޯލް އެވެ. އޭނާއަކީ މަޝްހޫރު ފިލްމް ބިލީ އިލިއަޓް (2000) ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ.
އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ "ކެޓްސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޭމްސް ކޯޑެން އާއި ދުވަސްވީ ތަޖުރިބާކާރު އެކްޓަރު އިއާން މެކްކެލެން ވެސް ހިމެނެ އެވެ.
އެންޑްރޫ ލޮއިޑް ވެބާގެ "ކެޓްސް" އަކީ 1997-2006 އާ ހަމައަށް ބްރޯޑްވޭގައި މެދުކެނޑުމެއް ނެތިި ގެނެސް ދިން ސްޓޭޖް މިއުޒިކަލްއެކެވެ.
މީގެ ފީޗާ ފިލްމަށް ސޮއި ކުރި ޓޭލާއަކީ ކުރިން ވެސް ބައެއް ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ދަ ގިވާ (2014)، ވެލެންޓައިންސް ޑޭ (2010) އަދި ޖޯނަސް ބްރަދާޒް: ދަ 3ޑީ ކޮންސަޓް އެކްސްޕީރިއަންސް (2009) ހިމެނެ އެވެ.
ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީއަށް
ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރުގައި
މިހާރު އެއީ ޑރ. ޓޭލާ ސްވިފްޓް
ޓޭލާސް ވާޝަންގެ އާ ލަވަ އަށް ލޯބި އޮހެނީ
ޓޭލާ ސްވިފްޓަށް އޮނޮރަރީ ޑޮކްޓްރޭޓް ލަގަބު ލިބެނީ
ޖޭކަށް ޓޭލާގެ ފޭނުންގެ އުނދަަގޫ ވަރަށް ބޮޑުވެއްޖެ
ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި
"ކެޓްސް" ގައި އޭ ލިސްޓް ތަރިންތަކެއް
ޓޭލާ ސްވިފްޓާއި ޓޮމް ހިޑެލްސްޓަންގެ ލޯބި ނިމުމަކަށް
އެންމެ ބޮޑު އާމްދަނީއެއް ޓޭލާ ސްވިފްޓަށް