މިއީ ޔުގެންޑާގެ، އުމުރުން 40 އަހަރުގެ މަރިޔަމް ނަބަންތަންޒީގެ ވާހަކަ އެވެ. އެ ގައުމުގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ކަބިމްބިރީގައި ދިރިއުޅޭ މި އަންހެން މީހާގެ ވާހަކަ އެތައް ބައެއްގެ ސަމާލު ކަމަށް އައިސްފައި ވަނީ އޭނާގެ ދަރިން ގިނަކަމުންނެވެ.
19 އޮކްޓޯބަރ 2018
މިއީ ޔުގެންޑާގެ، އުމުރުން 40 އަހަރުގެ މަރިޔަމް ނަބަންތަންޒީގެ ވާހަކަ އެވެ. އެ ގައުމުގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ކަބިމްބިރީގައި ދިރިއުޅޭ މި އަންހެން މީހާގެ ވާހަކަ އެތައް ބައެއްގެ ސަމާލު ކަމަށް އައިސްފައި ވަނީ އޭނާގެ ދަރިން ގިނަކަމުންނެވެ.
މަރިޔަމް މިހާތަނަށް 44 ކުދިން ވިހާފައިވާ އިރު، އޭގެ ތެރެއިން 38 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އެހެންވެ އޭނާ ސިފަކުރަނީ އެފްރިކާ ބައްރުގެ "މޯސްޓް ފާޓައިލް ވުމަން" ގެ ގޮތުގަ އެވެ. އުމުރުން 23 އަހަރުވި އިރު މަރިޔަމްއަކީ 25 ކުދިންގެ މައެކެވެ. އެފްރިކާގެ އެހެން އަންހެނުންނާ އޭނާ ތަފާތުވާ އެއް ސަބަބަކީ މިއީ އެވެ.
މަރިޔަމްގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރުން 23 އަހަރެވެ. ހަގު ދަރިފުޅުގެ އުމުރުން އަދި އެންމެ ދެ އަހަރެވެ. އުމުރުން އެންމެ 12 އަހަރުގައި 28 އަހަރުގެ މީހަކާ ކައިވެނިކޮށް، ފުރަތަމަ ބަލިވެ އިނީ އުމުރުން 13 އަހަރުގަ އެވެ. ފުރަތަމަ ވެސް އޭނާ އަށް ލިބުނީ އެއްމާނޑު ދެ ކުދިންނެވެ. މަރިޔަމްގެ ދަރިންނަށް ބަލާއިރު، މީގެ ތެރޭގައި ގިނައީ އެއްމާބަނޑު ދެ ކުދިން، ތިން ކުދިން އަދި ހަތަރު ކުދިންނެވެ.
އެކަނިވެރި މައެއްގެ ގޮތުގައި 38 ދަރިން ބެލުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން، މަރިޔަމް ބުރަ ދިރިއުޅުމެއްގައި އުޅޭ އިރު، އެންމެ ފަހު ދަރިފުޅު ވިހެއީ 2016 ގަ އެވެ. އޭގެ ފަހުން އޭނާ ހުރީ ބަލިވެ ނީންނަ ގޮތަށް ހަދައިފަ އެވެ.
"އަށާރަ ވަނަ ދަރިފުޅަށް ފަހު އަހަރެން ޑޮކްޓަރަށް ދައްކައިގެން ނުވިހާ ގޮތަށް ހަދައިދޭން ވެސް އެދުނިން. އަދި ފަހުން އައިޔޫޑީ (އިންޓަ ޔުޓެރިން ޑިވައިސް) ވެސް ބޭނުން ކުރިން. އެކަމަކު އޭގެ ސަބަބުން ވަރަށް ބޮޑަށް ބަލިވެ، މަހެއްހާ ދުވަހަށް ކޯމާއަކަށް ވެސް ދިޔަ،" މަރިޔަމް ބުންޏެވެ.
މަރިޔަމް ބުނި ގޮތުގައި ފިރިމީހާގެ ފަރާތުން އޭނާ އަށް ދުވަހަކު ވެސް ލޯތްބެއް އަޅައިލުމެއް ނުލިބެ އެވެ. އޭނާގެ ފަރާތުން ލިބުނުހާ ވެސް އެއްޗަކީ ދަރިންފައްޗެކެވެ.
އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ޔުޔެންޑާގެ ނޫސް "ޑެއިލީ މޮނީޓާ" އަށް ކިޔައިދެމުން މަރިޔަމް ބުނި ގޮތުގައި އޭނާގެ ބައެއް ދަރިންގެ ތެރޭގައި ދުވަހަކު ވެސް ބައްޕަ ލޮލުން ނުދެކޭ ކުދިން އެބަ ތިއްބެވެ. އަދި ބައެއް ދަރިންނަށް ނަން ކިޔާފައި ވަނީ ފޯނުން ކުރެވުނު މުއާމަލާތްތަކުން ކަމަށް ވެސް ބުންޏެވެ.
މަރިޔަމްގެ ދޮށީ ދަރިފުޅު ޗާލްސް ބުނި ގޮތުގައި ބައްޕަ އެންމެ ފަހުން ފެނުނީ މީގެ 13 އަހަރު ކުރިންނެވެ.
"ދަންވަރު އައިސް ފިލަފިލައިގެން ދާ މީހެއް އޭނާއަކީ. ބައްޕަގެ ފަރާތުން ދުވަހަކު ވެސް އެއްވެސް އަޅާލުމެއް ނުލިބޭ،" އޭނާ ބުންޏެވެ.
މަރިޔަމް ބުނި ގޮތުގައި އުމުރުން ވަރަށް ހަގު އުމުރުގައި ކައިވެނި ކުރުވީ ދޮންމަންމަ އެވެ. އޭނާ ބުނީ އެއްބަނޑު އެއްބަފާ ހަތަރު މީހުން ތިބި ކަމަށާއި ކާ އެއްޗިއްސަށް ބިއްލޫރި އަޅައިގެން އަނެއް ތިން ބެއިން ދޮންމަންމަ މަރާލީ ކަމަށެވެ. އަދި އޭނާގެ ބައްޕައަކީ ދޮންމަންމަގެ ދަށުވެފައި ހުރި މީހެއް ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް ހަގު އުމުރުގައި ކައިވެނި ކުރުވި ނަމަވެސް ރީތި ދިރިއުޅުމެއް އުޅެން ބޭނުންވި. ބޭނުންވީ ހަ ކުދިން ހޯދައިގެން ފިރިމީހާއާ އެކު ހިތާ ދެކޮޅަށް ނަމަވެސް އުޅެން،" މަރިޔަމް ބުންޏެވެ. "އެކަމަކު އޭނާ ދުވަހަކު ވެސް އަހަންނަކަށް އަޅައެއް ނުލާ ލޯތްބެއް ނުދޭ. އޭނާގެ އެބަތިބި މި ބަނޑަށް ނޫނަސް އެތައް ކައިވެންޏަކަށް ލިބުނު ދަރިން ވެސް."
އޭނާ ބުނީ ފިރިމީހާއަކީ ވަރަށް އަނިޔާވެރި މީހެއް ކަމަށެވެ. އޭނާ ހަމައެކަނި ދައްކައިލަނީ ވެސް ރޭގަނޑު ކަމަށާއި އިރު ނާރަނީސް ކުދިންނަށް ވެސް ފެނިނުލައި ދަނީ ކަމަށެވެ.
"މި ހާލުގައި އުޅެން ޖެހުނަސް ބޮޑުދައިތައަކު ދިން ނަސޭހަތަކަށް މިހެން މިއުޅެނީ. އޭނަ ބުނި ކުދިން ގިނަ ކުދިން ހޯދިޔަސް އިތުރު އެހެން މީހަކަށް ބަލިވެ ނީންނައްޗޭ. އަހަރެންގެ ބައްޕައަކީ ވެސް އެތައް ބަނޑަކަށް ސާޅީސް ފަސް ކުދިން ތިބި މީހެއް."
މަރިޔަމް ދަރިންގެ ހަރަދުތައް ބަލަހައްޓަނީ ފަތްޕިލާވެލިީގެ ބޭސް ވިއްކައިގެންނެވެ. އޭނާ ބުނީ އެއީ ވަރަށް ކުޑައިރު ދަސްވި ކަމެއް ކަމަށެވެ. އެ މަސައްކަތުގެ އިތުރަށް މަރިޔަމްއަކީ މިހާރު ލިބުނު ކޮންމެ މަސައްކަތެއް ކުރާ މީހެކެވެ. އަދި އޭނާއަކީ ކައިވެނީގެ ހަފުލާތަކަށް އަންހެނުން ތައްޔާރުކޮށްދިނުމާއި އެކިއެކި ހަފުލާތަކަށް ތަންތަން ޒީނަތްތެރިކޮށް ދިނުން ފަދަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހެކެވެ.
"ދަރިންނަށް ދޭނެ ކާއެތިކޮޅެއް ގަންނާނެ ލާރިކޮޅެއް ލިބޭނެ ކޮންމެ މަސައްކަތެއް ވެސް އަހަންނަށް ވަރިހަމަ." ދަރިންގެ ދުވާލުގެ ހަރަދުތަކަށް މަދުވެގެން 100،000 ޝިލިން ބޭނުންވާކަން ފާހަގަކޮށް މަރިޔަމް ބުންޏެވެ.
މަރިޔަމްގެ ބުރަ ދިރިއުޅުމުގެ ވާހަކަ ޑެއިލީ މޮނީޓާ ގެނެސް ދިނުމުން އެހީ ފޯރުކޮށްދޭ އޮންލައިން ކެމްޕޭން "ގޯފަންޑްމީ" އިން ވަނީ ކެމްޕޭނެއް ހިންގައި، މާލީ ގޮތުން މަރިޔަމް އަށް އެހީތެރިކަން ވެސް ފޯރުކޮށް ދީފަ އެވެ.
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
14 ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއެއް
ތިން ބެއިން ވިހެއީ އެއް ދުވަހެއްގައި
އެއްމާބަނޑު ދެބެއިންގެ ނަމަކަށް ކޮވިޑާއި ކޮރޯނާ
މި ދެމަފިރިން 22 ވަނަ ދަރިފުޅަށް މަރުހަބާ ކިޔަނީ
ރާއްޖޭގައި 6،000 ކުދިން އުފަންވެ، 1،500 މަރު
ތިން ދުވަސް ތެރޭގައި ދެ ފަހަރަށް ސަލާމަތްކުރި ދެމައިން
ނުވަ އަހަރުގައި އޯވަރީ ކެންސަރު: އާއިލާ ހާސްކަމުގައި!