14 ފެބުރުއަރީ 2023
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގެ ތެރޭގައި، ސީރިޔާގެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު، އެންމެ ތިން ދުވަސް ތެރޭގައި އިމާރާތެއްގެ ދަށުން ދެ ފަހަރަށް ސަލާމަތް ކޮށްފި އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގެ ތެރޭގައި، ސީރިޔާގެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު، އެންމެ ތިން ދުވަސް ތެރޭގައި އިމާރާތެއްގެ ދަށުން ދެ ފަހަރަށް ސަލާމަތް ކޮށްފި އެވެ.
ހޯމަ ވިލޭރޭ ދަންވަރު ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުން އައި ވަގުތު، ބަނޑަށް ހަތް މަހުގެ ދީމާ އޮތީ، ސީރިޔާގެ އުޅަނގުއުތުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ޖިންދައިރީސްގައި އޭނާ ދިރިއުޅޭ ގޭގެ ފުރަތަމަ ބުރީގައި ނިދައިފަ އެވެ. އެއީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އަވަށެކެވެ.
އެރޭގެ ބިންހެލުން އައުމާއެކު ދީމާ ދިރިއުޅޭ ގޭގެ އެއްބައި ވެއްޓި، އިމާރާތުގެ ދަށުގައި އޭނާ ތާށިވި އެވެ. އަނެއް ދުވަހު އޭނާ އެ ތަނުން ސަލާމަތް ކުރެވުނު އިރު ބާ ބޮޑެތި އަނިޔާތަކެއް ލިބިފައި ނެތަސް، މާބަނޑު މީހަކަށްވީތީ ފަރުވާ ދިނުމަށް ހޮސްޕިޓަކަށް ގެންދިޔަ އެވެ. ހޮސްޕިޓަލުގައި އެ ދުވަހު އޭނާ އަށް ފިރިހެން ކުއްޖަކު ލިބުނެވެ.
ދީމާ އޭނާގެ ފިރިމީހާ އަބްދުލް މަޖީދާ އެކުގައި ފޭލިގެއެއްގެ ތެރޭގައި މަޑުކޮށްލައިގެން.
ހޮސްޕިޓަލުގައި ދެ ދުވަހު ބޭއްވުމަށް ފަހު ދޫކޮށްލުމުން، ތުއްތު ދަރިފުޅު އަދުނާން ގޮވައިގެން ދީމާ އެނބުރި ދިޔައީ، އޭނާ ދިރިއުޅުނު އިމާރާތުގެ ނުވެއްޓި ހުރި ބައިގައި އަލުން ދިރިއުޅުމަށެވެ. އެއީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. ނަމަވެސް އެ ތުއްތު ދަރިފުޅު ލިބުނުތާ ތިން ވަނަ ދުވަހު، އައި އިތުރު ލޮޅުމެއްގައި ދީމާގެ ގޭގެ ދެން ހުރި ބައިވެސް ބިމާ ހަމަވެ، ތުއްތު ދަރިފުޅާއެކު އިމާރާތުގެ ދަށުގައި ވަޅުލެވިގެން ދިޔަ އެވެ.
އެ އިމާރާތުގެ ދަށުން އަނެއްކާ ވެސް ދީމާ އާއި އޭނާގެ ތުއްތު ދަރިފުޅު އަދުނާން ސަލާމަކުރެވުނީ ދެ ދުވަސް ފަހުންނެވެ. މިފަހަރު ދީމާ ސަލާމަތް ކުރެވުނު އިރު އޭނާގެ އުނަގަނޑުން ތިރިއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ. ތުއްތު ދަރިފުޅު އޮތީ ގާތުން ކިރު ނުދެވުނީތީ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެ ރީނދޫ ވުމުގެ މައްސަލަ ކުރިމަތިވެ، ނުރައްކާތެރި ހާލަތެއްގަ އެވެ.
އެހެން ނަމަވެސް، އާފްރީންގައި ހުންނަ އައްޝިފާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށުމުން އަދުނާންގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. ހޮސްޕިޓަލުގެ އިންކިއުބޭޓާގައި އޮތުމުން ގާތުން ދިނުމަށް ދަތިވާތީ، އަދުނާނަށް މިވަގުތު ދެމުން އަންނަނީ ތައްޔާރީ ކާނާ އާއި އައިވީ އެވެ.
އެކަށީގެންވާ ފަރުވާ ދިނުމަށް ފަހު، ދީމާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ފިރިމީހާ އަބްދުލް މަޖީދާ އެކުގައި މިވަގުތު ވަގުތީ ފޭލިގޭގައި އުޅެމުން ދަނީ، އޭނާ އަށް ބޮޑުދައިތަ ކިޔާ ނުވަ ކޮއްކޮވެސް ގޮވައިގެންނެވެ. އަދި ދަރިފުޅު އަދުނާންގެ ހާލު ބެލުމަށް ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރެ އެވެ.
ބިންހެލުމުގައި ދީމާގެ ގެ ބިމާ ހަމަވެ އާއިލާ އެކުގައި މަގުމަތިވިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެގެންދާ އިރު، ބޭރުގެ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ދީމާ އާއި އެ އަވަށުގައި ދިރިއުޅޭ މީހުން ބުންޏެވެ. ބިންހެލުން އައުމުގެ ކުރިން ވެސް، އެ ސަރަހައްދުގައި ދިރިއުޅެމުން އައި 4.1 މިލިއަން މީހުން، ދިރިއުޅުމުގެ ޚަރަދުތަކާއި އެހެނިގެން ޒަރޫރީ ބޭނުންތައް ފުއްދަމުން އައީ، ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެހީ އަށް ބަރޯސާވެގެންނެވެ.
ވޭތުވެ ދިޔަ 12 އަހަރު ވެސް އެ ސަރަހައްދު އޮތީ، ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ކަމަށްވާތީ، މިދިޔަ މުއްދަތުގެ ތެރޭގައި ސީރިޔާ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް އެ ސަރަހައްދަކަށް ނުލިބެ އެވެ. އަދި ހަނގުރާމަވެރިންނާ ދެކޮޅަށް ސީރިޔާ ސަރުކާރުގެ ސިފައިން ދޭ މިސައިލާއި ބޮމުގެ ހަމަލާތަކުގައި އެ ސަރަހައްދުގެ ގިނަ ހޮސްޕިޓަލްތަކާއި ސްކޫލް މަދަރުސާތަކުގެ އިތުރުން ގިނަ އަދަދެއްގެ ގެދޮރު ވެސް ވަނީ ހަލާކުވެފަ އެވެ.
ތުރުކީގެ ބިންހެލުން: 612 މީހެއްގެ މައްސަލަ ބަލަނީ
އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު
އިޒްރޭލުގެ ހަމަލާތަކެއް ދިމިޝްގަށް، 5 މަރު
ބިންހެލުމުގައި މަރުވި އަދަދު 46،000 އިން މައްޗަށް
10 ދުވަސް ފަހުން 5 މީހަކު ސަލާމަތް ކޮށްފި
އިންޑިއާގެ ހުރިހާ އެހީއެއް ތުރުކީއާއި ސީރިޔާއަށް ދޭނެ
ބިންހެލުން: ތުރުކީ ސަރުކާރު ކޮންޓްރެކްޓަރުންގެ ފަހަތުން
ސީރިޔާ ރައްޔިތުންނަށް އެހީވުމުގައި އދ. ފެއިލްވެއްޖެ
ތުރުކީ ބިންހެލުން: މަރުވި އަދަދު 29000ން މައްޗަށް
ސީރިޔާގެ 5 މިލިއަނެއްހާ މީހުން ގެދޮރު ނެތިފައި: އދ