05 އެޕްރީލް 2021
ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ދިމާނުވާ ގޮތަކަށް ބަލިވެއިނދެ އިނގިރޭސިލާތުގެ އަންހެނަކަށް އެއްބާނޑު ދެ ކުދިން ލިބިއްޖެ އެވެ.
ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ދިމާނުވާ ގޮތަކަށް ބަލިވެއިނދެ އިނގިރޭސިލާތުގެ އަންހެނަކަށް އެއްބާނޑު ދެ ކުދިން ލިބިއްޖެ އެވެ.
ރެބެކާ ރޮބަޓްސް 39، ބާތުގެ ރޯޔަލް ޔުނައިޓެޑް ހޮސްޕިޓަލްގައި ސެޕްޓެމްބަރު 17، 2020 ގައި ވިހެއީ ސިޒޭރިއަން ހަދައިގެންނެވެ. ލިބުނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. މި ދަރިން ލިބުމުގައި ދިމާވި އާދަޔާހިލާފު ގޮތަކީ ފިރިހެން ދަރިފުޅު ނޯއާ އަށް ބަލިވެއިންދައި އޭގެ 12 ހަފުތާ ފަހުން ހެދި ސްކޭންތަކަކުން ރެބެކާ އިތުރު ކުއްޖަކަށް ބަލިވެއިން އެނގުމެވެ. އެއީ ކުރީގެ ސްކޭންތަކުން އެފަދަ އެއްވެސް އިޝާރާތެއް ވެސް ނުލިބި އެއެވެ.
ނޯއާ އަށް ބަލިވެއިންތާ 12 ހަފުތާ ފަހުން އިިތުރު ދަރިއަކަށް ބަލިވެއިންކަން އެނގުމުން ރެބެކާ އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ބަލިވެއިންދައި "އަލުން އަލުންބަލިވެ އިނުމަކީ" އޭނާ ވެސް ކުރިން އެހާ އަޑު އަހާފައިވާ ވާހަކައަކަށް ނުވުމެވެ. އެކަމަކު ސްކޭންތަކުން ސާފުކޮށް އޭނާގެ ބަނޑުގެ ދެ ކުދިން އޮތްކަން ޔަގީންކޮށްދެ އެވެ.
ސްކޭންތަކަށް ފަހު މި ވާހަކަ ފިރިމީހާ ރީސް ރޮބަޓްސް، 43، އަށް ރެބެކާ ކިޔައިދިނުން އޭނާ އަށް ވެސް ވީ ހައިރާންކުރަނިވި ކަމަކަށެވެ. އަނެއްކޮޅުން ދެ ދެމަފިރިން ތިބީ އެއްމާބަނޑު ދެ ކުދިންނަށް އުންމީދު ވެސް ކޮށްގެނެއް ނޫނެވެ.
"ފުރަތަމަ ނެގީ ފިރިހެން ދަރިފުޅު. ނޯއާ އޮތީ ހަމަ އާދައިގެ ސައިޒަކަށް. އެކަމަކު އަންހެން ދަރިފުޅު ރޯޒަލީ އޮތީ ހަމަ އަތްތިލަ އަށް ލެވޭހާ ކުޑަކޮށް. އަދި ނުވެސް ރޮއި މުޅިން ހިމޭންވެފައި އޮތީ. އެކަމާ ހެދި ބިރު ވެސް ގަތް."
"ރީސް އަށް އެކަން ގަބޫލުކުރަން މަޖުބޫރުވީ ސްކޭންތަކުން އެކަން ކަށަވަރުކޮށް ދޭތީ. އެކަމަކު އެއްމާބަނޑު ދެ ކުދިން ލިބޭކަން އެނގުމުން އެކަން ވަރަށް އުނދަގޫ ކަމަކަށްވި ފުރަތަމަ ގަބޫލުކުރަމުން." ރެބެކާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާދަޔާހިލާފު ގޮތަަކަށް ބަލިވެއިންކަން އެނގުމުން އެކަމާ ފުރަތަމަ ކަންބޮޑުވެ، ބިރުގަންނަ ގޮތް ވެސް ވި އެވެ. އެކަމަކު ސިޒޭރިއަން ހެދުމާ ހަމައަށް އާދަޔާހިލާފު ކަމެއް ދިމާނުވާތީ ދެމަފިރިން ވެސް ތިބީ ހިތްހަމަޖެހިންނެވެ.
ރެބެކާ ބުނީ އަންހެން ދަރިފުޅު ނެގި އިރު ވަރަށް ކުޑަ ކަމަށެވެ.
"ފުރަތަމަ ނެގީ ފިރިހެން ދަރިފުޅު. ނޯއާ އޮތީ ހަމަ އާދައިގެ ސައިޒަކަށް. އެކަމަކު އަންހެން ދަރިފުޅު ރޯޒަލީ އޮތީ ހަމަ އަތްތިލަ އަށް ލެވޭހާ ކުޑަކޮށް. އަދި ނުވެސް ރޮއި މުޅިން ހިމޭންވެފައި އޮތީ. އެކަމާ ހެދި ބިރު ވެސް ގަތް،" އޭނާ ބުންޏެވެ. "އެކަމަކު ނަސީބު ރަނގަޅުކަމުން ދެ ކުދިންގެ ހާލު ވެސް ހަމަ ވަރަށް ރަނގަޅު. މާ ބޮޑު ކޮމްޕްލިކޭޝަނެއް ނެތް."
ސިޒޭރިއަން ހަދައިގެން 95 ދުވަސް ވަންދެން ރެބެކާ އަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އެއީ އާދަޔާހިލާފު ކޭހަކަށްވެފައި އޭނާގެ ހާލަތު ވީހާ ވެސް ގާތުން ބަލަން ޑޮކްޓަރުން ބޭނުންވެގެންނެވެ.
ރެބެކާ އާއި ފިރިމީހާ ދެ ކުދިންނާ އެކު.
"ފެމިލީ މިހާރު ވަރަށް ހެޕީ. އެންމެ އުފާވީ އުންމީދު ނުކުރާ ކަހަލަ ގޮތަކަށް އެއްމާބަނޑު ދެ ކުދިން ލިބުނީމަ. ކުރިން މިކަމަށް ރެޑީވެފައި ނެތީމަ ކުރީކޮޅު ދަރިންގެ ކަންކަން މެނޭޖްކުރަން ތަންކޮޅެއް އުނދަގޫ ވެސް ވި،" ރެބެކާ ބުންޏެވެ. "އެކަމަކު އަހަރެމެންގެ ލައިފް މިހާރު ވަރަށް ހެޕެނިން."
ރެބެކާ އަށް ދިމާވި ހާލަތަކީ މިހާތަނަށް ދުނިޔޭގައި ވަރަށް މަދުން ނޫނީ ރިޕޯޓްކުރެވިފައި ނެތް ކަހަލަ ކޭހެކެވެ. މިއަށް ކިޔަނީ "ސުޕަފެޓޭޝަން" އެވެ. ބަލިވެއިންދައި އަނެއްކާ އިތުރު ކުއްޖަކަށް ބަލިވެއިންނަނީ ރަހިމުން ބިހެއް ބޭރުވެ، އެ ބިސް ކުރީގެ ބިހާ ގުޅިލާމެހި ބަނޑުތެރޭގައި ހެދިބޮޑުވާން ފެށުމުންނެވެ.
"އެންމެ ބޮޑު އާއިލާ" ގެ އިސް މީހާ މަރުވެއްޖެ
ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ހަދިޔާއަކަށް
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ކައިވެނީގެ ހަފުލާގައި މައިންބަފައިންގެ އިސްކޮޅު ފޮޓޯއެއް
ލޯބިވެރިޔާ ކައިވެންޏާމެދު ސީރިއަސްކަން އެނގޭނީ ކިހިނެއް
ސައޫދީ ލޮކްޑައުންގައި ސިއްރު ކައިވެންޏާއި ވަރި އިތުރު
މި ދެމަފިރިން 22 ވަނަ ދަރިފުޅަށް މަރުހަބާ ކިޔަނީ
ބައްޕައަކާއި ދަރިންގެ ވާހަކަ އިންސްޓަގްރާމުން
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
އިންނާނެ މީހަކު ހޯދަން އިޝްތިހާރުކުރީ ބިލްބޯޑްގައި