އޯލެންޑޯ (ޖުލައި 1) - އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އިތުރު ވަގުތު ކުޅެގެން 4-3 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އޯލެންޑޯ (ޖުލައި 1) - އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އިތުރު ވަގުތު ކުޅެގެން 4-3 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ހެނދުނު ކުޅުނު މެޗުގެ އަށްވަނަ މިނިޓުގައި ސިޓީ ވަނީ ބެނާޑޯ ސިލްވާ ޖަހައިދިން ގޯލަކުން ލީޑު ނަގައިފަ އެވެ. ދެވަނަ ހާފު ފެށިގެން ހަތް މިނެޓުތެރޭ މާކޮސް ލޮރެންޓޭ އާއި މެލްކޮމް ޖަހައިދިން ގޯލުތަކުން ހިލާލް ލީޑު ނަގާފައި ވަނިކޮށް އޭގެ ދެ މިނިޓު ފަހުން ސިޓީއަށް އެއްވަރު ކޮށްދިނީ އާލިން ހާލަންޑެވެ.
ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ހިލާލުން ވަނީ ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. މި ލަނޑު ޖަހައިދިނީ ކަލިދޫ ކުލިބާލީ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިލް ފޮޑެން ސިޓީއަށް އަނެއްކާ ވެސް އެއްވަރު ކޮށްދީފައި ވަނިކޮށް، ހިލާލް މޮޅު ކޮށްދިން ލަނޑު 112 ވަނަ މިނިޓުގައި ޖަހައިދިނީ ލޮރެންޓޭ އެވެ.
ހިލާލަކީ މުބާރާތަށް ކޮލިފައިވި އޭޝިއާގެ ހަތަރު ކްލަބްގެ ތެރެއިން، ނޮކައުޓް ބުރަށް ދިޔަ ހަމައެކަނި ޓީމެވެ.
ސިޓީ ބަލިކުރަން ހިލާލްގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ އިންޓަގެ 10 ހަމަލާ މަތަކޮށްފަ އެވެ. ކުއާޓާގައި އެ ޓީމު ނުކުންނާނީ ބްރެޒިލްގެ ފްލުމިނޭސީއާ ދެކޮޅަށެވެ.
މެންޗެސްޓާ ސިޓީއަކީ އެންމެ ފަހުން، ހަތް ޓީމާ އެކު 2023 ވަނަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. އެއަށް ފަހު މިއީ 32 ޓީމާ އެކު މުބާރާޓް އާ ފޯމެޓެއްގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
ޕެޕް ގާޑިއޯލާގެ ސިޓީ އެ އަހަރު ކްލަބް ވޯލްޑް ކަޕް ކުޅުނީ، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ޗެމްޕިއަންސް ލީގު ފައިނަލުން ސިޓީ މޮޅުވީ ސިމިއޯނީ އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅުނު އިންޓަ މިލާން ބަލިކޮށެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އިންޓަ ގެންގޮސްދިން ކޯޗު އިންޒާގީ، އަލް ހިލާލާ ހަވާލުވެފައި ވަނީ ކްލަބް ވޯލްޑް ކަޕް ފެށެން ދެ ހަފްތާއަށް ވެފައި ވަނިކޮށް، މިދިޔަ މަހު އެވެ.
ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލު ގެނައި ނަމަވެސް މިދިޔަ އަހަރު ފީފާ އިން ވަނީ އިންޓަ ކޮންޓިނެންޓަލް ކަޕް މުބާރާތެއް ފަށައިފަ އެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ކުރިން ހަތް ޓީމާއެކު ކްލަބް ވޯލްޑް ކަޕް ބޭއްވި ފޯމެޓަށެވެ. އަދި މީގެ ފަހުން ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރެވެ.
ރެއާލާއި ސިޓީއަށް ވެސް ގުރޫޕްގެ އެއްވަނަ
ގްރީލިޝް ނުހިމަނައި ސިޓީ ކްލަބް ވޯލްޑް ކަޕަށް
މެންޗެސްޓާ ސިޓީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
އަހަރެމެން ތިބީ ކުޅެން ހަނދާން ނެތިފައި: ގާޑިއޯލާ
ޑިބްރޭނާ އިޓަލީގައި ވިދަނީ، މޮޑްރިޗުގެ ފެށުން ހަރާބު
ކުޅުންތެރިން މާގިނަ، ގާޑިއޯލާ ހުރި އުފަލަކުން ނޫން
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
15 އަހަރުގެ ދިގު ބްރޭކެއް ނަގަންޖެހިދާނެ: ގާޑިއޯލާ
ވޯލްޑް ކްލާސް ބެކެއް ހޯދަން ސިޓީން އަތްފުނާ އަޅަނީ
ޕޫމާގެ ބިލިއަން ޑޮލަރުގެ ޑީލުން ސިޓީއަށް ރެކޯޑެއް