މެންޗެސްޓާ (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ރޭ 2-1 އިން ބްރައިޓަން އަތުން ބަލިވި މެޗުގެ ވަކި ހިސާބަކުން މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ތިބީ ކުޅެން ހަނދާން ނެތިފައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ރޭ 2-1 އިން ބްރައިޓަން އަތުން ބަލިވި މެޗުގެ ވަކި ހިސާބަކުން މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ތިބީ ކުޅެން ހަނދާން ނެތިފައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ހަފްތާ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-0 އިން ބަލިވި މެޗަށް ފަހު، ރޭގެ ފުރަތަމަ ހާފުގައި އާލިން ހާލަންޑްގެ ގޯލަކުން ސިޓީ ވަނީ ފުރަތަމަ ހާފު ލީޑު ކޮށްފަ އެވެ. ނަމަވެސް ބްރައިޓަން ވަނީ ފަހު ހާފުގައި ނަތީޖާ ބަދަލު ކޮށްލައިފަ އެވެ.
"އެ ޕެނަލްޓީ. [އެއަށް ފަހު] އަހަރެމެން ކުޅެން ހަނދާން ނެތުނީ،" ބްރައިޓަން ނަތީޖާ އެއްވަރުކުރަން ކާމިޔާބުކުރި ޕެނަލްޓީއަށް ފަހު ސިޓީގެ ކުޅުންތެރިންނަށް އޭގެ އަސަރު ކުރިކަން ހާމަކުރަމުން ގާޑިއޯލާ ބުންޏެވެ.
ބްރާޔަން ގްރޫޑާ، ސިޓީގެ ކީޕަރު ކައިރިން ނައްޓާފައި ބްރައިޓަން މޮޅުކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
"ގޯލެއްގެ ސަބަބުން ޕްރިމިއާ ލީގުގައި ހާލަތު ބަދަލުކޮށްލަފާނެ، އެކަމަކު އަހަރެމެން ތިބީ ކުޅެން ހަނދާން ނެތިފަ. ފުރަތަމަ އެއް ގަޑިއިރު އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން."
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް ސިޓީން ލަނޑު ޖެހުމާ ގާތަށް ދިޔަ އެވެ. ނަމަވެސް 60 ވަނަ މިނިޓުގައި ބްރައިޓަންގެ ކޯޗު ފަބިއަން ހޫރްޒެލާ ވަނީ ހަތަރު ބަދަލެއް ގެނެސް، މުޅި މެޗު ބަދަލު ކޮށްލައިފަ އެވެ. މިޑްފީލްޑަރު ޖޭމްސް މިލްނާ އާއި ޔަސީން އަޔާރީ އަދި ބްރާޔަން ގްރޫޑާގެ އިތުރުން ސްޓްރައިކަރު ޖިއޯޖީނިއޯ ރަޓާ ކުޅެން އެރުވި ގޮތަށް ބްރައިޓަން ދިޔައީ ސިޓީގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ.
ސިޓީގެ ކީޕަރު ޓްރަފޯޑް، ބްރައިޓަންގެ ހަމަލާއެއް ދިފާއުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އެގޮތުން އޭގެ ފަސް މިނިޓު ފަހުން މެތިއުސް ނޫނޭޒް އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީން ބްރައިޓަން އަށް އެއްވަރު ކޮށްދިނީ މިލްނާ އެވެ. މިއާ އެކު ކުރިން ސިޓީ އާއި ލިވަޕޫލަށް ވެސް ކުޅުނު އުމުރުން 39 އަހަރާއި 239 ދުވަހުގެ މިލްނާ ވެފައި ވަނީ ޕްރިމިއާ ލީގުގައި ލަނޑު ޖެހި ދެ ވަނައަށް އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ. ލީގުގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިއަކީ 2007 ގައި އުމުރުން 40 އަހަރާއި 268 ދުވަހުގައި ވެސްޓް ހޭމަށް ކުޅެމުން ލަނޑު ޖެހި ޓެޑީ ޝެރިންގްހަމް އެވެ.
ސިޓީގެ ކީޕަރު ޖޭމްސް ޓްރަފޯޑް ފަހު ވަގުތު ބްރައިޓަންގެ ނުރައްކާތެރި ހަމަލާއެއް ދިފާއު ކުރި ނަމަވެސް ސިކުންތުކޮޅެއްގެތެރޭގައި ސިޓީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، 89 ވަނަ މިނިޓުގައި ބްރައިޓަން މޮޅު ކޮށްދިން ގޯލު ބްރާޔަން ގްރޫޑާ ޖެހީ ކީޕަރު ކައިރިން ވެސް ނައްޓައިފަ އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުމަށް ފަހު ލީިގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭނެ އެވެ.
ކުޅުންތެރިން މާގިނަ، ގާޑިއޯލާ ހުރި އުފަލަކުން ނޫން
ސްކޮޑުގެ ސައިޒު ކުޑަނުކޮށްފި ނަމަ ގާޑިއޯލާ ވަކިވާނެ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ