މެންޗެސްޓާ (ޖޫން 12) - މެންޗެސްޓާ ސިޓީން ރެކޯޑް ޓްރާންްސްފާއަކަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް، އެ ޓީމުން ކްލަބް ވޯލްޑް ކަޕަށް ގެންދާ ސްކޮޑުގައި ނުހިމަނާން ނިންމައިފި އެވެ.
މެންޗެސްޓާ (ޖޫން 12) - މެންޗެސްޓާ ސިޓީން ރެކޯޑް ޓްރާންްސްފާއަކަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް، އެ ޓީމުން ކްލަބް ވޯލްޑް ކަޕަށް ގެންދާ ސްކޮޑުގައި ނުހިމަނާން ނިންމައިފި އެވެ.
ގްރީލިޝް، އެހެން ކްލަބަކަށް ބަދަލު ވުމުގެ ހުއްދަ ސިޓީން ވަނީ ދީފަ އެވެ. އަދި އޭނާ އެއީ ނެތް މީހެއް ކަމަށް ބަލައި ސިޓީން ވަނީ މި ތިން ދުވަސް ތެރޭ ހަތަރު ކުލުންތެރިންގެ ސޮއި ހޯދައިފަ އެވެ.
ވުލްވްސް އަށް ކުޅޭ އަލްޖީރިއާ ލެފްޓްބެކް ރަޔާން އައިޓް ނޫރީ ގެ ސޮއި 31.8 މިލިއަން ޕައުންޑަށް ހޯމަ ދުވަހު ސޮއި ކުރުވި އެވެ. އަދި ލިޔޯން އަށް ކުޅެމުން އައި ރަޔާން ޗާކީ އިއްޔެ ގެންދިޔަ އެވެ. ޗެލްސީގެ ތިންވަނަ ކީޕަރު މާކަސް ބެޓިނެއްލީ ވެސް ވަނީ ސިޓީ އަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އޭސީ މިލާނަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ތެއްޖާނީ ރެއިންޑާސްގެ ސޮއި ވެސް އިއްޔެ ވަނީ ހޯދައިފަ އެވެ.
ސިޓީން ރެއިންޑާސްގެ ސޮއި ހޯދީ 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. މި ހަތަރު ކުޅުންތެރިންނަށް ވެސް ވަނީ ޕެޕް ގާޑިއޯލާ ކްލަބް ވޯލްޑް ކަޕްގައި އިރުޝާދު ދޭ ސިޓީގެ ސްކޮޑުން ފުރުސަތު ދީފަ އެވެ.
އުމުރުން 26 އަހަރުގެ ރެއިންޑާސް އޭސީ މިލާނަށް ބަދަލުވީ 2023 ވަނަ އަހަރު ނެދަލެންޑްސްގެ އަޔެކްސް އިންނެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ އޭސީ މިލާނަށް 15 ގޯލު ޖަހައިދީފަ އެވެ.
ފާއިތުވި ތިން ދުވަސް ތެރޭ ސިޓީން ވަނީ ޖުމްލަ 108.75 މިލިއަން ޕައުންޑް ހޭދަ ކޮށްފަ އެވެ. އެގޮތުން ފްރާންސްގެ ޒުވާން ވިންގާ ޗާކީ ގަނެފައި ވަނީ 30.45 މިލިއަން ޕައުންޑަށެވެ. މީގެ އިތުރުން ސިޓީން ވަނީ މިހާތަނަށް ޖުމްލަ 27.5 މިލިއަން ޕައުންޑްގެ އަގަކަށް ދެ ކުޅުންތެރިން ވިއްކާލައިފަ އެވެ.
ސިޓީގެ ކްލަބް ވޯލްޑް ކަޕް ސްކޮޑުން އުނިވި އިތުރު ކުޅުންތެރިންގެ ތެރޭގައި ކައިލް ވޯކާ ވެސް ހިމެނެ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ފަހު ބައިގައި ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެފަ އެވެ.
މެންޗެސްޓާ ސިޓީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
ބްރެޒިލްގެ ފްލެމިންގޯ އިން ޗެލްސީ ބަލިކޮށްފި
މެސީގެ ގޯލާއެކު މަޔާމީ މޮޅުވި އިރު ޕީއެސްޖީ ބަލިވެއްޖެ
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އޮލޮންސޯގެ ފުރަތަމަ މެޗު ސައުދީ ޓީމާ އެއްވަރުވެއްޖެ
ރާމޯސްގެ މޮންޓެރޭ އާއި އިންޓަ އެއްވަރު
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
އާ ފޯވާޑްގެ ފުރަތަމަ މެޗުން ޗެލްސީއަށް ކާމިޔާބު
ހަމަލާތަކުގެ ސަބަބުން ޓަރެމީ ތެހެރާނުގައި ތާށިވެފައި