މިދިޔަ ހޯމަ ދުވަހު ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރެއް ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ބުނި ނަމަވެސް އެއީ ދަރިވަރު ޓީޗަރު ގައިގައި އިސްވެ ޖެހުމުން ހިނގި ހާދިސާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
28 މެއި 2025
މިދިޔަ ހޯމަ ދުވަހު ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރެއް ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ބުނި ނަމަވެސް އެއީ ދަރިވަރު ޓީޗަރު ގައިގައި އިސްވެ ޖެހުމުން ހިނގި ހާދިސާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ދުވަހު ފުލުހުން ބުނީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ. އަނިޔާ ލިބުނު ކުއްޖާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދިން ކަމަށް ވެސް ބުންޏެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ފެން ފުޅިއަކުން ޖެހި ކަމަށެވެ.
"ޖެހުނީމަ ކުލިއަކަށް އެނބުރިފައި މި ހިފުނީ އެ ދަރިވަރުގެ އިނގިލީގައި އެ ޓީޗަރަށް. އެއީ ވީގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ހާދިސާއަށް ފަހު ދަރިވަރުގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން "ޒުވާބު ކޮށްފައި" ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ މިނިސްޓްރީ އާއި ޕޮލިހުން ބަލަމުން އަންނައިރު، އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ދަރިވަރެއްގެ "އިނގިލި އަނބުރާލި" ޓީޗަރު ދޫކޮށްލައިފި
އެކި ސަބަބުތަކާހެދި ގިނަ ކުދިންތަކަކަށް ސްކޫލަށް ނުދެވޭ
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
އަންނަ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުން
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް