ދިރާސީ އާ އަހަރުގެ ކިޔެވުން 90،000 އެއްހާ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
07 އެޕްރީލް 2025
ދިރާސީ އާ އަހަރުގެ ކިޔެވުން 90،000 އެއްހާ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
ސްކޫލްތަކުގެ ކުދިންނާއި ޓީޗަރުން މިދިޔަ ދިރާސީ އަހަރު ނިންމުމަށް ފަހު، ބޮޑު ޗުއްޓީ އަށް ދިޔައީ މި އަހަރުގެ ފެބްރުއަރީ 27 ގަ އެވެ. ގާތްގަނޑަކަށް 40 ދުވަހުގެ ޗުއްޓީއަކަށް ފަހު 216 ސްކޫލެއްގައި މިއަދު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ސްކޫލެއްގައި ބޭއްވި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު (ވ) އަދި ސްޓޭޓް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިން ކިޔަވާނެ ކަމަށެވެ. އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 އެއްހާ ޓީޗަރުން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގަ އެވެ. މިއަދު ފެށި ދިރާސީ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ފޮޓޯ ނަގަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ދިރާސީ އަހަރަށް ގެނައި ބަދަލު ދާއިމީކުރާނެތޯ ބަލަނީ
އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށޭތޯ ބަލަނީ
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!