28 ޖެނުއަރީ 2024
ސިލަބަސް ކަވަރުކުރަން، އެކަޑަމިކް ކަލަންޑަރުގައިވާ ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސިލަބަސް ކަވަރުކުރަން، އެކަޑަމިކް ކަލަންޑަރުގައިވާ ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމުން ބައެއް ސްކޫލުގައި އިތުރު ގަޑި ނަގައިގެން މިހާރު އަންނަނީ ކިޔަވައިދެމުންނެވެ. އެ ސްކޫލުތަކުގައި ރަސްމީ ދުވަސްތަކުގެ އިތުރުން ހޮނިހިރު ދުވަހު ވެސް އިތުރު ގަޑި ނަގައިދޭ ކަމަށް ބައެއް ސްކޫލުތަކުގެ ޓީޗަރުން ވަނީ ބުނެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައި އެކަނި ކަމަށެވެ.
"އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއް. ހޮނިހިރު ދުވަހު އާންމުކޮށް ކިޔަވައިދޭން މިނިސްޓްރީން އަންގައިފައެއް ނުވާނެ. އަދި އެގޮތަށް ހުއްދައެއް ދީފައެއް ވެސް ނުވާނެ،" މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށް ގެންދާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނަނީ ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމާ ގުޅިގެން، ސިލަބަސް ކަވަރުކުރާ ނަމަ ސްކޫލުގެ ރަސްމީ ވަގުތުގެ އިތުރުން ވެސް ގަޑިތައް ނަގައިދީ، ހޮނިހިރު ދުވަހު ވެސް ކިޔަވައިދޭންޖެހޭ ކަމަށެވެ.
އެކަމަކު، އެގޮތަށް ވަގުތު އިތުރު ނުކޮށް ވެސް ސިލަބަސް ކަވަރުކުރެވޭނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ދިރާސީ އަހަރަށް ގެނައި ބަދަލު ދާއިމީކުރާނެތޯ ބަލަނީ
އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށޭތޯ ބަލަނީ
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!
ތައުލީމީ އާ އަހަރު، އާ އުއްމީދުތަކަކާ އެކު
ތައުލީމީ އާ އަހަރުގެ މެސެޖާއެކު ވަޒީރުން 19 އަތޮޅަށް