އަންނަ މަހު ފަށާ ދިރާސީ އާ އަހަރު ގްރޭޑް 1 އަށް ވަންނަން 5،700 އަށްވުރެ ގިނަ ދަރިވަރަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
24 މާޗް 2025
އަންނަ މަހު ފަށާ ދިރާސީ އާ އަހަރު ގްރޭޑް 1 އަށް ވަންނަން 5،700 އަށްވުރެ ގިނަ ދަރިވަރަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަންނަ މަހުގެ 6 ގައި ފަށާ ދިރާސީ އާ އަހަރަށް، ގްރޭޑް 1 ގެ ޖާގައަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓު 15 ގަ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގިނަ ފޯމުތައް ހުށަހެޅީ މާލެ ސަރަހައްދުގެ ސްކޫލްތަކަށެވެ.
ޕީއެސްއެމްނިއުސްގެ ޕްރޮގްރާމެއްގައި، އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުންނެވި އަލީ މުފީދު ވިދާޅުވީ ގްރޭޑް 1 އަށް އަލަށް ފޯމު ހުށަހެޅި 5،700 އަށްވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދެ ހާހެއްހާ ދަރިވަރުން ޖާގައަށް އެދުނު ކަމަށެވެ.
ގްރޭޑް 1 އިން ކުރިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސް ދިރާސީ އަހަރު އޯގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް 1 އަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މިދިޔަ 2024ގެ ދިރާސީ އަހަރު ނިންމާލީ ފެބްރުއަރީ މަހު އެވެ.
ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން ގްރޭޑް 1 އަށް ވެއްދުމުގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.
އެހެންވެ، 2024-2025 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން މި ދިރާސީ އަހަރު [އޭޕްރިލް 6، 2025] ބަދަލުވާނީ ގްރޭޑް 1 އަށެވެ.
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި