ޕާކިސްތާނަކަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްތަކެއް އައުމަށް ފަހު އެ ގައުމުގެ މެދުތެރެ އާއި އުތުރުގެ ހިސާބުތަކަށް ވައި ގަދަވެ ހިނގި އެކި ހާދިސާތަކުގައި 14 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕާކިސްތާނަކަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްތަކެއް އައުމަށް ފަހު އެ ގައުމުގެ މެދުތެރެ އާއި އުތުރުގެ ހިސާބުތަކަށް ވައި ގަދަވެ ހިނގި އެކި ހާދިސާތަކުގައި 14 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިއްޔެ މެންދުރު ފަހު އަދި ހަވީރު އިރުމަތީ ޕަންޖާބާއި ހުޅަނގު އުތުރު ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ އިތުރުން ވެރިރަށް އިސްލާމްއާބާދަށް ވައިގަދަވެ ގުގުރުމާއި ވިއްސާރައިގެ ސަބަބުން ގަސްތަކާއި ކަރަންޓު ހޮޅިތައް ވެސް ވެއްޓިފައިވެ އެވެ.
ގިނަ މީހުން މަރުވެފައިވަނީ ފާރުތަކާއި ފުރާޅުތައް ވެއްޓުމުގެ ސަބަބުންނެވެ. ގަދަ ވަޔާ އެކު ސޯލާ ޕެނަލްތަކެއް ވިއްސައިގެން ގޮސް ޖެހުމުގެ ސަބަބުން ވެސް ދެ މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
މީގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ވެސް އެކަކު މަރުވެ ތިން މީހަކު ޒަހަމްވެފައިވެ އެވެ.
ޕަންޖާބު ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮފިޝަލެއް ކަމަށްވާ މަޒްހަރު ހުސައިން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިހާ ވައި ގަދަވީ ހޫނުގަދަވުމުގެ ސަބަބުން ކަމަށާއި ފަހަކަށް އައިސް 45 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ހޫނުމިން ގޮސްފައިވާ ކަމަށެވެ.
"ދާދި ފަހުން ހޫނު ގަދަވި ދުވަސްވަރު ތިން ހަތަރު ދުވަސް އޮތީ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައި،" ޕަންޖާބުން 14 މީހުން މަރުވެ، 100 މީހުން ޒަހަމްވިކަން ޔަގީންކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.
"މި ގަދަވި ވައިގެ ގެއްލުން ވަރަށް ބޮޑު. ވައި ވަރަށް ގަދަ. ވަޔާ އެކު ކުނިބުނި ވައިގެ ތެރެއަށް ގޮސް ފުސްކަން ވަރަށް ބޮޑު."
ޕާކިސްތާންގެ މީޓިއޮރޮލިޖިކަލް ޑިޕާޓްމަންޓުން ބުނީ މިއަދުވެސް ވައި ގަދަވެ ކޮޅިގަނޑުތައް ޖެހޭނެ ކަމަށެވެ.
ޕާކިސްތާނު މީހުން އިއްޔެ ވަނީ ގަދަ ވައިގެ ސަބަބުން ލިބެމުން ދިޔަ ގެއްލުންތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނައިން ޕޯސްޓުކޮށްފަ އެވެ.
އޭޕްރީލް މަހާއި މެއި މަހުގެ ތެރޭގައި އިސްލާމްއާބާދަށް ވަނީ ހެއިލް ސްޓޯމް [ގަނޑުފެނުގެ ވާރޭ] ވެސް ވެހި ވެހިކަލްތަކާއި ބައެއް އިމާރާތަކަށް ވެސް ގެއްލުން ވެފަ އެވެ. މިއީ އެ ސަރަހައްދަށް ވަރަށް ނާދިރު ކަމެކެވެ.
ޕާކިސްތާނުގައި އޭޕްރީލް އަދި މެއި މަހު ފިނިހޫނުމިން މައްޗަށް ދިއުން އާންމުވެފައި ވާއިރު އެއީ އާންމުކޮށް ޖޫން މަހުގެ ކުރީކޮޅު ހޫނު މޫސުން ފެށޭ ގައުމެކެވެ.
އޭޕްރީލް މަހު ފިނިހޫނުމިން ގާތްގަނޑަކަށް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު ޕަންޖާބުގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން ހުރީ 46.5 ޑިގްރީ ސެލްސިއަސް އަށް އަރާފައިވެ އެވެ.
ވައި ނުސާފުވެގެން ޕާކިސްތާނުގައި ސްކޫލްތައް ބަންދު
ޕާކިސްތާނުގައި ހޮނުއަޅައިގެން 28 މީހުން މަރުވެއްޖެ
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ
ފެން ބޮޑުވުމާއެކު ޕާކިސްތާނުގައި ޑެންގޫ އާއި މެލޭރިއާ
ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ޕާކިސްތާނުގައިތިބި ދިވެހިންގެ ހާލު ރަނގަޅު: މިނިސްޓްރީ