04 ނޮވެމްބަރ 2024
ޕާކިސްތާންގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ލާހޫރުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައި ވާތީ ޕްރައިމަރީ ސްކޫލްތައް ހަފްތާއަކަށް ބަންދުކޮށްފި އެވެ.
ޕާކިސްތާންގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ލާހޫރުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައި ވާތީ ޕްރައިމަރީ ސްކޫލްތައް ހަފްތާއަކަށް ބަންދުކޮށްފި އެވެ.
އާބާދީ 14 މިލިއަނަށް އަރާ މި ސިޓީގައި ވައިގެ ނުސާފުކަން ބޮޑުވެފައި ވާތާ ދުވަސްތަކެއް ވެފައި ވާއިރު މިހާރު ނުސާފުކަން ހުރީ އިންސާނުންނަށް ނުރައްކާވާ ކަމަށް ބަލާ މިންގަނޑުގެ ވެސް އެތައް ގުނައެއް މަތީގަ އެވެ.
މިހާ ބޮޑަށް ވައި ތަޣައްޔަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ހިރަފުހާއި ފެންވަރު ދަށް ޑީސަލް އަޅާ އިންޖީނުތަކުން އަރާ ދުމާއި ދަނޑުވެރިކަމުގެ ބޭނުމަށް ތަންތަނުގައި ރޯކުރުމާއި ފިނި މޫސުމާ ދިމާކޮށް އަލިފާން އެންދުން އިތުރުވުން ހިމެނޭ ކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެއާ ކޮލިޓީ އިންޑެކްސް ވަނީ 1،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި މިންގަނޑުގައި ނުރައްކާ ކަމަށް ބަލަނީ 300 އަށް އެރުމުންނެވެ. ޕަންޖާބު ސަރުކާރުން ވެސް އާދީއްތަ ދުވަހު ވަނީ އެއާ ކޮލިޓީ އިންޑެކްސް 1،000 އަށް އަރާފައިވާ ކަމަށާއި މިއީ ރެކޯޑެއް ކަމަށް ބުނެފަ އެވެ.
"މޫސުން ލަފާކުރެވޭ ގޮތުން ކުރިއަށް އޮތް ހަ ދުވަހު ވެސް ވައިގެ މިސްރާބާކަށް މާބޮޑު ބަދަލެއް ނާންނާނެ. އެހެންވެ ލާހޫރު ސަރުކާރުގެ އަދި އަމިއްލަ ޕްރައިމަރީ ސްކޫލްތައް އެއް ހަފްތާއަށް ބަންދުކުރަން ނިންމީ،" ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާއި އަމިއްލަ ސްކޫލްތަކުގެ ވެސް އުމުރުން 10 އަހަރުން ދަށުގެ ކުދިން އުޅޭ ހުރިހާ ކްލާސްތަކެއް ބަންދުކުރަން ޖެހޭނެ ކަމަށެވެ.
ހަފްތާއަކަށް ސްކޫލްތައް ބަންދުކުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ވައިގެ ނުސާފުކަން ރަނގަޅު ނުވާ ނަމަ ސްކޫލްތައް ހުޅުވުން ފަސްކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޕާކިސްތާނުގައި ހޮނުއަޅައިގެން 28 މީހުން މަރުވެއްޖެ
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ
ފެން ބޮޑުވުމާއެކު ޕާކިސްތާނުގައި ޑެންގޫ އާއި މެލޭރިއާ
ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ޕާކިސްތާނުގައިތިބި ދިވެހިންގެ ހާލު ރަނގަޅު: މިނިސްޓްރީ
ފެން ބޮޑުވުމުން ދުނިޔޭގެ އެހީއަށް ޕާކިސްތާނުން އެދިއްޖެ