15 ސެޕްޓެމްބަރ 2022
ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ބޮޑު ބައެއްގައި ފެން ބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ އިރު، އެމީހުންގެ މެދުގައި ސިއްހީ އެތައް މައްސަލަތަކެއް ފެންމަތިވެ، ޑެންގޫ އާއި މެލޭރިއާ ފެތުރެން ފަށާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ބޮޑު ބައެއްގައި ފެން ބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ އިރު، އެމީހުންގެ މެދުގައި ސިއްހީ އެތައް މައްސަލަތަކެއް ފެންމަތިވެ، ޑެންގޫ އާއި މެލޭރިއާ ފެތުރެން ފަށާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން، 1500 އެއްހާ މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.
ގާތްގަނޑަކަށް 33 މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ އިރު، އެ މީހުންގެ މެދުގައި ސިއްހީ އެތައް މައްސަލަތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފެތެރުމުން ދަނީ ޑެންގޫ އާއި މެލޭރިއާ ކަމަށް ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.
#PakistanFloods affected ppl fight for food on streets... #JagoKashmir #SaveDal #SaveJehlum
— Varun (@Varun83086413) September 15, 2022
#Pakistan #KanhaiyaLal #TMKOC #Karachi pic.twitter.com/98PI9JhBRG
ހާލުގައި ޖެހިފައިވާ ގިނަ މީހުން މިވަގުތު ވެސް ދިރިއުޅެމުން ދަނީ ބޮޑުވެފައިވާ ފެންގަނޑާ ކައިރި ހިސާބުތަކުގައި ހަދާފައިވާ ވަގުތީ ހިޔާތަކުގައި ކަމަށްވާތީ، އެމީހުންގެ މެދުގައި ވަރަށް ހަލުވިކަމައެކު މެލޭރިއާ ފެތުރެމުން ދާތީ، ޕާކިސްތާނު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މެލޭރިއާ ޖެހިގެން މިހާރު ވެސް އެތައް ބަޔަކު މަރުވެފައިވާ އިރު، އެކަށީގެންވާ އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ އިތުރު އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ޕާކިސްތާނުން ބުނެ އެވެ.
ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ ސިންދު ޕްރޮވިންސުން އެކަނިވެސް، 3800 އަށް ވުރެ ގިނަ މީހުންނަށް ޑެންގޫ ޖެހިފައިވާ ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވެ އެވެ. އޭގެ ތެރެއިން މަދުވެގެން ނުވަ މީހަކު މަރުވެ އިތުރު އެތައް ބަޔަކަށް މިހާރު ވެސް އަންނަނީ ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދެމުންނެވެ.
ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރެއިން ޑެންގޫގެ ނުރައްކާ އެންމެ ބޮޑީ ސިންދު ޕްރޮވިންސްގަ އެވެ. އެހެންކަމުން، އެ ޕްރޮވިންސްގެ އެކި ހިސާބުތަކުގައި ސިއްހީ ފަރުވާ ދޭނެ ފޭލިގެތައް މިހާރު ޖަހަމުން އަންނަ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ. އެ ސަރަހައްދުން ޑެންގޫ އަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ޑެންގޫ ޖެހިފައިވާ ކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
ޕާކިސްތާނުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވާން ފެށިތާ ދެ މަސްދުވަސް ފާއިތުވެގެން ދިޔައިރު، ބައެއް ސަހަރުތަކާއި ބައެއް އަވަށްތައް އަދިވެސް އޮތީ ފެނު އަޑީގަ އެވެ. ފަރުބަދަތަކާއި މަތީ ސަރަހައްދުތަކުން ބާރު އޮއިވަރާ އެކު ފައިބައިގެން އައި ފެންގަނޑުގެ ސަބަބުން، ބައެއް ސަރަހައްދުތަކުގެ މަގުތައް ވެސް ވަނީ، ތާރުގަނޑު ކަނޑައިގެން ގޮސް ބޮޑެތި ވަޅުގަނޑުތައް ހެދި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އެހެންކަމުން، ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ރަޖާ ފަދަ ތަކެތި ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް، އެހީދޭ ޖަމިއްޔާތަކުން ބުނެ އެވެ.
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ
ޗައިނާއަށް ކުރާ ވިއްސާރައިގައި 20 މީހަކު މަރުވެއްޖެ
ބަންގްލަދޭޝްގައި ޑެންގޫ ފެތުރި 176 އަށްވުރެގިނަ މަރު
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
ނޯރޫ ތޫފާނުގައި ފިލިޕީންސުން 5 މީހަކު މަރުވެއްޖެ
ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް