ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54 މީހުން މަރުވެ، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މޫސުމީ ހާދިސާތަކުގައި މަރުވި އަދަދު 180 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ޑިޒާސްޓާ އެޖެންސީން މިއަދު ބުނެފި އެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54 މީހުން މަރުވެ، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މޫސުމީ ހާދިސާތަކުގައި މަރުވި އަދަދު 180 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ޑިޒާސްޓާ އެޖެންސީން މިއަދު ބުނެފި އެވެ.
ޕަންޖާބް ޕްރޮވިންސްގެ އެކި ހިސާބުތަކަށް އިއްޔެއިން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުން ދާއިރު ގިނަ ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.
ވެރިރަށް އިސްލާމްއާބާދާ ޖެހިގެން އޮންނަ ރާވަލްޕިންޑީ ސިޓީގެ ތެރެއިން ދެމިގެންދާ ކޯރެއްގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވުމާ ގުޅިގެން މިހާރު ވަނީ އެތަނާ ކައިރީގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ދާން އަންގައިފަ އެވެ.
"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ޕާކިސްތާނުގައި 54 މީހެއްގެ ފުރާނަ ގެއްލި، 227 މީހުން ޒަހަމްވެފައި ވާއިރު، އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕަންޖާބުން،" ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮފިޝަލަކު، ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އާ ހިސާބަށް ހުރި މައުލޫމާތާ ހަވާލާދީ ވިދާޅުވި އެވެ.
ޕާކިސްތާނުގައި ފެން ބޮޑުވެފައިވާ ސަރަހައްދަކުން މީހުން ސަލާމަތްކޮށްގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި 180 ދުވަހުގެ މުއްދަތަށް ފަހު، އެ އަތޮޅުގެ 26 ވަނަ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވަނީ ނިމިފަ އެވެ. އަދި އިމާރާތް ކުރުމުގެ ތެރޭގައި ކުދި ކުދި އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް 70 ހާދިސާއެއް ހިނގާފައިވާއިރު، ގާތްގަނޑަކަށް 500 އެއްހާ މަސައްކަތްތެރިން މި މަސައްކަތުގައި ބައިވެރިވެފައިވެ އެވެ.
އޭނާ ވިދާޅުވީ ޖޫން މަހުގެ 26 ވަނަ ދުވަހު ވިއްސާރަ މޫސުން ފެށުނު ފަހުން ގާތްގަނޑަކަށް 180 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 70 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި ގާތްގަނޑަކަށް 500 އެއްހާ މީހުންނަށް އެކި އަނިޔާތައް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ހުކުރު ދުވަހާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ރާވަލްޕިންޑީގެ ސަރުކާރުން މިއަދު ވަނީ އާންމުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރު ބަންދު ދުވަހެއް އިއުލާނުކޮށްފަ އެވެ.
ސަރުކާރުން ވަނީ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އިމަޖެންސީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެ ތިބުމުގެ ގޮތުން 3-5 ދުވަހަށް އެކަށީގެންވާ ވަރަށް ކާބޯތަކެއްޗާއި ފެނާއި ޒަރޫރީ ބޭހާއި އިމަޖެންސީ ކިޓްތައް ތައްޔާރަށް ބެހެއްޓުމަށް އެދިފަ އެވެ.
ޕާކިސްތާނުގައި 2022 ވަނަ އަހަރު މޫސުމީ ވިއްސާރައިގައި ގައުމުގެ ތިންބައިކުޅަ އެއްބައިގައި ފެންބޮޑުވެ 1700 މީހުން ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ
ޕާކިސްތާނުގައި ފެންބޮޑުވެ 200 މީހުން ގެއްލިފައި
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ
ފެން ބޮޑުވުމާއެކު ޕާކިސްތާނުގައި ޑެންގޫ އާއި މެލޭރިއާ
ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ފެން ބޮޑުވުމުން ދުނިޔޭގެ އެހީއަށް ޕާކިސްތާނުން އެދިއްޖެ
ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް