ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވެ އެތައް ބަޔަކު މަރުވެފައި ވާއިރު އެއް ޑިސްޓްރިކްޓަކުން 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވެ އެތައް ބަޔަކު މަރުވެފައި ވާއިރު އެއް ޑިސްޓްރިކްޓަކުން 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިދިޔަ ދުވަސްތަކުގައި ޕާކިސްތާނާއި ކަޝްމީރުގެ ޕާކިސްތާން ސަރަހައްދުގައި ވެސް ފެން ބޮޑުވެ މަރުވި މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފަރުބަދަމަތީ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުންނެވެ.
އެންމެ ބޮޑަށް ގެއްލުންވި ބުނޭރު ޑިސްޓްރިކްޓްގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ، 209 މީހަކު އަދިވެސް ނުފެންނަ ކަމަށާއި މި އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ބުނޭރުގެ ޑެޕިއުޓީ ކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު ޖަހަންގީރު ޚާން ވިދާޅުވީ، ރެސްކިއު ޓީމުތަކުން ހޯދި ހަށިތަކުގެ ތެރެއިން އަށް ހަށިގަނޑެއް އެއީ ކޮން ބައެއްކަން ނޭނގޭތީ މިހާރު ވަޅުލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަށިތައް ހޯދަން އެއްވެސް މީހަކު ނާންނަ ކަމަށާއި އެއީ ކޮން ބައެއްކަން ދަންނަ މީހަކު ވެސް ފެނިފައިނުވާ ކަމަށެވެ.
ޕާކިސްތާނުގައި ފެންބޮޑުވި އަވަށެއްގައި ހަލާކުވެފައިވާ ކާރެއްގެ އެތެރެ ބަލަން ބަޔަކު މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
މަރުވި ބައެއް މީހުންގެ ހަށިތަކާ ހަވާލުވާން ބައެއް އާއިލާތަކަށް ދެވޭނެ ގޮތެއް ވެސް ނެތް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެއީ މަގުތައް ހަލާކުވެ ދަތުރުކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައި ވާތީ އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އިދާރާއެއްގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުނި ގޮތުގައި 10-12 އަވަށެއްގެ ބޮޑު ބައެއް ވަނީ ވަޅުލެވިފައި ކަމަށެވެ.
މުޅި އަހަރު ދުވަހު ދެކުނު އޭޝިއާ ސަރަހައްދަށް ވެހޭ ވާރޭގެ ގާތްގަނޑަކަށް 75 ޕަސެންޓަކީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ ވިއްސާރަ އެވެ. ވިއްސާރަ މޫސުމުގައި މި ސަރަހައްދުގެ ގައުމުތަކުގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކަކީ އާންމު ކަމަކަށް ވިޔަސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު މި ހާދިސާތައް އާންމުވެ އަދި ނުރައްކާތެރިކަން ބޮޑުވަމުންދާ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ.
ވިއްސާރާގައި 24 ގަޑިއިރުތެރޭ ޕާކިސްތާނުން 54 މަރު
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ
ފެން ބޮޑުވުމާއެކު ޕާކިސްތާނުގައި ޑެންގޫ އާއި މެލޭރިއާ
ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ފެން ބޮޑުވުމުން ދުނިޔޭގެ އެހީއަށް ޕާކިސްތާނުން އެދިއްޖެ
ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް