ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.
20 މެއި 2025
ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.
ޑިސެމްބަރު 2019 ގައި ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 ގެ މަތިންދާބޯޓެކެވެ.
ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަރަހައްދުގައި ހަދާފައިވާ މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑްބޮޑީ މަތިންދާބޯޓެއް މި ޖެއްސީ އެ އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ވަޒަން ކުރުމަށް ކުރިއަށް ގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއްގެ ގޮތުންނެވެ.
އެގޮތުން ބެލި ކަންކަމަކީ:
- މަތިންދާބޯޓު ރަނގަޅަށް ޖެއްސުމާއި ފުރުމަށް ރަންވޭގެ ގާބިލުކަން.
- ތެޔޮ އެޅުމާއި ފަސިންޖަރުންނަށް ހިދުމަތް ދިނުމާއި ކާގޯ އޮޕަރޭޝަންތަކަށް ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތައް.
- އިންޓަނޭޝަނަލް އޭވިއޭޝަން މިންގަނޑުތަކާ އެއްގޮތަށް ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް.
އެމިރެޓްސްގެ ބޮއިންގް 777 ބޯޓެއް މާފަރު އެއާޕޯޓަށް ޖައްސާފައި--- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
އޭވިއޭޝަނާ ގުޅޭ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްގައި ބުނެފައިވާ ގޮތުން ބޮއިންގެ ބޯޓެއް މާފަރު އެއާޕޯޓަށް ޖެއްސުމަކީ އޭވިއޭޝަން ހަބެއްގެ ގޮތުގައި ހަރުދަނާވެ، އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގައި މުހިންމު ހަރުފަތެއް ހާސިލުވި ކަމެކެވެ.
އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު 1، 2019 ގަ އެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އެހީއާ އެކު ހެދި މާފަރު އެއާޕޯޓު މިދިޔަ އަހަރު މޭ މަހު، އަޕްގްރޭޑް ކުރުމަށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް އެ މަސައްކަތް ނިމުމާ އެކު މިދިޔަ އަހަރު އޮކްޓޫބަރުގައި ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ.
މިހާރު ވަނީ އެ ތަނުގެ ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ބޮޑުކޮށްފަ އެވެ. އެއީ ބޮއިން 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށެވެ.
ނ. އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށް ވެފައި މާފަރު އެއާޕޯޓުގެ އަޕްގްރޭޑާ އެކު ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެއީ ބޭރުގެ ޓޫރިސްޓުން ދަތުރު ކުރުމަށް ހޭދަވާ ވަގުތު މަދުވެ، ފަސޭހައިން ގުޅުންތައް ގާއިމު ކުރެވޭނެތީ އާއި އެ އެއާޕޯޓުން ފަސިންޖަރުންނާއި މުދާ އުފުލުމުގައި ފަސޭހަ ވާނެތީ އެވެ.
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް، ރައްޔިތުން ބިރުން
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
މާފަރުގައި އެކްސްކަވޭޓަރު ފުރޮޅާލައި މީހަކު މަރުވެއްޖެ
މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރަނީ
މާފަރު އެއާޕޯޓް ބޮޑުކުރަނީ، 443 މިލިއަން ހަރަދުވޭ!
މާފަރު އެއާޕޯޓުގައި 4 ލައްކަ ލީޓަރުގެ ފިއުލް ފާމެއް
މާފަރަށް 300 ޖެޓް ޖައްސައިފި، އަންނަން އިތުރު 80
"ބޮއިން 737 މެކްސް" އަށް އިންޑޮނީޝިއާއިން ހުއްދަ