އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ނ. އަތޮޅު ވިހަފަރުގައި އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
22 ޖުލައި 2025
އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ނ. އަތޮޅު ވިހަފަރުގައި އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު އޮތް މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުން އެކަމުގެ ފައިދާ އެ ރަށަށް ވެސް ކުރާނެ ކަމަށެވެ.
ނަމަވެސް ހޮޅުދޫ އާއި ފޮއްދޫގެ އިތުރުން ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑަޑްގައި ވެސް އިތުރު އެއާޕޯޓެއް އޮންނަން ޖެހޭ. އެއީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރު ކުރެވޭ ހިސާބުގައި އަޅުގަނޑުމެންގެ ސިޔާސަތަކީ އެއާޕޯޓުތައް ގާއިމް ކުރެވިގެން ދިއުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އަތޮޅު ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނެ ކަމަށެވެ.
މިހާރު ވެސް ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ މަސައްކަތްތައް ހިނގަމުން އަންނަ ސަރަހައްދަށް މި އެއާޕޯޓާ އެކު އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ވިހަފަރަކީ ވެލިދޫއާ ވަރަށް ކައިރީގައި އޮންނަ ފިނޮޅެކެވެ. އެއީ ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވޭ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގޭނެ މުހިންމު މަޝްރޫއުތަކުގެ ތެރެއިން އެއާޕޯޓު އަޅަން ރާވާފައިވާ ނުވަ ތަނުގެ ތެރޭ ހިމެނޭ ތަނެކެވެ. ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ބަލާއިރު މިއީ އަތޮޅުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި އެއާޕޯޓަކަށް ވާނެ ކަމަށެވެ.
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި
ހޮޓަލަކާ އެކު މާފަރު އެއާޕޯޓު އިތުރަށް ތަރައްގީ ކުރަނީ
ފަރުމުލި، މާފަރު ބައެއް ނޫން ކަމަށް ކަނޑައަޅުއްވައިފި
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރު ގޮވައިގެން ކޯޓަށް
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް
މާފަރު އެއާޕޯޓު މަޝްރޫއުގެ އޮޑިޓެއް ހަދަން ފަށައިފި
މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ