16 ޑިސެމްބަރ 2018
ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ޓަފް ކުންފުނިން ހިންގާ ބޮޑު މަޝްރޫއާ ގުޅޭ އޮޑިޓެއް ހަދަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ޓަފް ކުންފުނިން ހިންގާ ބޮޑު މަޝްރޫއާ ގުޅޭ އޮޑިޓެއް ހަދަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މާފަރުގައި ސިޓީ ހޮޓަލަކާއި ވީއައިޕީ ޓާމިނަލަކާ އެކު، އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މަޝްރޫއު ހަވާލު ކުރީ ސިންގަޕޫރުގެ ޓަފް ކުންފުންޏާ އެވެ. އެކަމަކު، ލިޔެކިޔުންތަކުން ފަޅާ އެރި ގޮތުގައި ޓަފުން ވަނީ އޮޅުވާލައިގެން އެތައް މިލިއަން ޑޮލަރުގެ ފައިދާ ނަގައިފަ އެވެ.
އޭޑީއެފްޑީން އެންމެ ފުރަތަމަ އެ މަޝްރޫއަށް 52 މިލިއަން ޑޮލަރު (801 މިލިއަން ރުފިޔާ) ދޭން ނިންމިޔަސް، ޓަފްއާ މަޝްރޫއު ހަވާލު ކުރި ފަހުން، އިތުރަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދިނުމަށް އޭޑީއެފްޑީގައި އެދިފައިވާ ކަން "މިހާރު" އަށް ލިބުނު ލިޔެކިޔުންތަކުން އެނގެ އެވެ. އެކަމަކު، މަޝްރޫއުގެ އަގު މާ ބޮޑު ކަމަށް ބުނެ، ޓަފުން އެދުނު އަދަދު ދޭން އޭޑީއެފްޑީން ދެކޮޅު ހެދި އެވެ. އަދި އެއާޕޯޓު މަޝްރޫއުން ސިޓީ ހޮޓަލާއި ވީއައިޕީ ޓާމިނަލް އުނިކުރަން އޭޑީއެފްޑީން އެންގި އެވެ.
މިހާތަނަށް އައިއިރު، ޓަފުން 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހަދައި ނިންމިޔަސް، އެ ކުންފުންޏަށް 40 މިލިއަނަށްވުރެ ގިނަ ޑޮލަރު (616 މިލިއަން ރުފިޔާ) އޭޑީއެފްޑީން ވަނީ ދީފަ އެވެ. ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނި ގޮތުނަމަ، މިއީ އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް މާ ބޮޑު ހޭދައެކެވެ. އަދި އެންމެ ބޮޑު ޝަކުވާއަކީ މަޝްރޫއުގައި އަމަލީ ގޮތުން ބައިވެރިވި ކުންފުނިތަކަށް ޓަފުން ބައެއް ފައިސާ ނުދީ އޮތުމެވެ.
ރަސްދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވި ފަހުން، ބޮޑެތި ބައެއް ކަންކަމާއި ރައްޔިތުންނާ ގުޅުން ހުރި، އިންސާފު ލިބެން ޖެހޭ ކަންކަމުގެ އޮޑިޓްތައް ހަދަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މާފަރު އެއާޕޯޓާއި ނަސަންދުރާ ދިން ގޮތާއި އެހެން މައްސަލަތަކެއް ވެސް ހިމެނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީ އޮޑިޓް ކުރަން ޖެހޭ ބައެއް މައުލޫމާތުތައް ހުރިއިރު، ގިނަ މައުލޫމާތުތަކެއް އޮޑިޓްކޮށް ނިމިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިދިޔަ ހަފްތާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ހޯދުންތަކުން އިންސާފާއި ހައްލު ހޯދަން ޖެހޭ ކަންކަން މި ހަފްތާގެ ތެރޭގައި ބަންޑާރަ ނައިބް އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"އޭގެ ބޭނުމަކީ ދައުލަތް ޖާމިނުވާ، ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމާއިރު، ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފައާ އެއްގޮތަށް ކުރިއަށް ދިއުން،" އަލީ ވަހީދު ވިދާޅުވި އެވެ.
"މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޓަފުން ބިޑް ކާމިޔާބު ކުރީ މަކަރާއި ހީލަތް ހަދައި ދޮގު މައުލޫމާތުތަކެއް ހުށަހަޅައިގެން ބޮޑު އަގުގަ އެވެ.
ސަރުކާރާއި ޓަފް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ސަބް ކޮންޓްރެކްޓަރުންނާ ލައްވައި ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދައިގެންނެވެ. އެކަމަކު، މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރީ ސަބް ކޮންޓްރެކްޓަރުން ބޭނުންކޮށްގެން ކޮންޓްރެކްޓާ ހިލާފަށެވެ.
މާފަރުގެ އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން އަންނަނީ ޓަފުން ބިޑް ކާމިޔާބު ކުރުމުގައި އޮޅުވާލާފައި އޮތުމުންނާއި މަކަރު ހަދައިގެން އެތައް މިލިއަން ރުފިޔާ ނަގަމުން ދިއުމާއި ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރި މަސައްކަތަށް ފައިސާ ނުދީ އޮތުމުންނެވެ.
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރު ގޮވައިގެން ކޯޓަށް
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް
މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ
މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސްއަށް ދީފި
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް
މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި
މާފަރު އެއާޕޯޓުގެ ކަންކަން ހުއްޓުވަން އަމުރެއް ނުދިން