02 އެޕްރީލް 2019
ނ. މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރިޝްވަތު ނަންގަވާފައި އޮތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ނ. މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރިޝްވަތު ނަންގަވާފައި އޮތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ހާރޫންގެ ކެމްޕެއިނަށް މާފަރަށް ވަޑައިގެން ނަޝީދު ވިދާޅުވީ ރިޝްވަތު ނެގުމަކީ ރާއްޖޭގައި މަޝްރޫއުތައް ކާމިޔާބު ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.
ބޭރުގެ އިންވެސްޓަރުން ރާއްޖެ އައިސް، އެކިއެކި ކަންކަމަށް އިންވެސްޓްކޮށް ދިވެހިންނަށް ވަޒީފާ ފަހި ނުވެގެން އުޅޭ އެއް ކަމަކީ ރިޝްވަތުގެ ހުތުރު ފައިސާ އަށް އެދޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނ. މާފަރުގައި. --- ފޮޓޯ: އެމްޑީޕީ
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާފަރުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ހެދުމަށް ކުރީގެ ސަރުކާރުން ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލުކުރިއިރު، އެ ކުންފުންޏާ މިދިޔަ ފަސް އަހަރު ވާހަކަ ދައްކަމުން ދިޔަ ކަމަށެވެ. އަދި އެ ކުންފުންޏާ އެކީ ސާބިތުކަން މަތީގައި ތިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުބުނާނަން އެ ކުންފުނީގެ ވެރިންގެ ގާތުގައި ރިޝްވަތެއް ދޭކަށް. އެ ކުންފުނީގެ ވެރިން އަޅުގަނޑުމެންގެ ސަރުކާރުގެ މީހަކަށް ދޭން ޖެހޭނެ ހަމަ ލޯ ލާރިއެއް ވެސް ނޯންނާނެ،" އެއާޕޯޓު މަސައްކަތް ނުނިމި އޮތް ސަބަބު ހާމަކޮށްދެއްވައި ނަޝީދު ވިދާޅުވި އެވެ.
"އެބޭފުޅުން ހަގީގަތުގައި ބޭނުންވާ ހަލުއިމިނުގައި އެކަން ނުގެންގޮސް ތިބެނީ ސަބަބެއް ނެތިއެއް ނޫން. ރިޝްވަތުގެ ހުތުރު ފައިސާ އަށް ސަރުކާރުގެ އެކިއެކި ވެރިން، ރައީސް އިން ފެށިގެން އެންމެ އާދައިގެ ކާތިބާ ހަމައަށް މި އޮންނަނީ އެކި ބާވަތުގެ ނާޖައިޒު ފައިދާ އަށް، ރިޝްވަތުގެ ހުތުރު ފައިސާ އަށް އެދި އެދި."
ޔާމީންގެ ސަރުކާރުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ހެދުމަށް ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓްގައި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމަން އެއްބަސްވިޔަސް، އެތަނުގެ އޮޕަރޭޝަންސްތައް އަދިވެސް ފެށޭވަރެއް ނުވެ އެވެ. އެގޮތުން އެއާޕޯޓަށް ބޭނުންވާ މުހިންމު އިމާރާތްތައް ވެސް ނިމުމަކާ ގާތަށް ވެސް ނުދެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނ. މާފަރަށް ވަޑައިގެން އެ ރަށުގައި ދިރިއުޅޭ އެމްޑީޕީގެ ސަޕޯޓަރަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
ޓަފް ކުންފުނިން ބީލަން ކާމިޔާބު ކުރުމުގައި އޮޅުވާލުމާއި ސަބް ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުވާފައި، އެ މީހުންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމާއި އޮޅުވާލައިގެން އެތައް މިލިއަން ޑޮލަރުގެ ފައިދާއެއް ނެގި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.
މާފަރު އެއާޕޯޓު ނިންމުމަށް ސަރުކާރުން ދެ ވަނަ ފަހަރަށް ދިން މުއްދަތު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. އަދި ޓަފް ކުންފުނިން ވަނީ ތަފާތު އެކި ސަބަބުތައް ދެއްކުމަށް ފަހު، މެއި 31 ގެ ނިޔަލަށް މަޝްރޫއު ނިންމައި ދޭނެ ކަމަށް ބުނެ، މުއްދަތު އިތުރުކޮށް ދޭން އެދިފަ އެވެ.
މާފަރުގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. އެކަމަކު، މާފަރުގައި 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއް އެޅުމާއި އޭޕްރެން ހެދުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް އައިއިރު، ނުނިމެ އެވެ. އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ބޭނުންވާ ޓަވަރާއި ޓާމިނަލް ފަދަ ތަންތަނުގެ މަސައްކަތް ނިމުމަކާ ހަމައަށް ވެސް ނާދެ އެވެ.
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް
މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި
މާފަރު އެއާޕޯޓް ބޮޑުކުރަނީ، 443 މިލިއަން ހަރަދުވޭ!
އަމިއްލަ މެމްބަރުންނަށް ކުރެވޭނެ ކަމެއް ނެތް: ނަޝީދު
ވެށިފަހިން ފްލެޓަށް އެދުނު އެންމެންނަށް ފްލެޓު ލިބޭނެ
މާލެ-ގުޅިފަޅު ގުޅާލުމުގެ ވިސްނުން އެބައޮތް: ފައްޔާޒް
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރު ގޮވައިގެން ކޯޓަށް
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް