08 ޑިސެމްބަރ 2022
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީިގެ މަސައްކަތް 443 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީިގެ މަސައްކަތް 443 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އެ މަޝްރޫއަށް ހަރަދުކުރާ 443 މިލިއަން ރުފިޔާގެ ތެރެއިން 418 މިލިއަން ހޭދަކުރަނީ އަބޫދާބީ ފަންޑުންނެވެ. ބާކީ 25 މިލިއަން ހޭދަކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.
އެއް އަހަރުގެ ތެރޭގައި ނިންމަންޖެހޭ އެ މަޝްރޫއުގެ ދަށުން ރަންވޭ އިތުރު 650 މީޓަރަށް ދިގުކޮށް، ސްޓްރިޕް ފުޅާކުރަން ވަނީ ހަމަޖެހިފަ އެވެ. އެކަން ކުރާނީ އިތުރު ސަރަހައްދެއް ހިއްކައިގެންނެވެ. އެ ސަރަހައްދުގެ ގޮނޑުދޮށް ވެސް ހިމާޔަތް ކުރާނެ އެވެ.
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ލިޔުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، އެމްޓީސީސީގެ އެމްޑީ އާޒިމް އާއި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޝާނާ އެއްބަސްވުމާއެކު ފޮޓޯއެއް ނަންގަވަނީ.
މާފަރު އެއާޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭގެ ޕޭވްމެންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި ޕަވާ ސިސްޓަމާއި އޭޖީއެލް އަޕްރޭޑް ކުރުމަށް ވެސް އެ ޕްރޮޖެކްޓްގައި ވަނީ ކަނޑައަޅައިފަ އެވެ.
އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ ޑިސެމްބަރު 2019 ގަ އެވެ.
އެ އެއާޕޯޓު އޮންނަ ސަރަހައްދަކީ އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ. އެހެންވެ، އެ އެއާޕޯޓުން ދަތުރުކުރާ މީހުން ވެސް އިތުރެވެ.
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
ޖަޒީރާ ރަށްތަކަކީ ތަރައްގީއަށް ހުރަހެއް ނޫން: އަސްލަމް
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން އެމްޓީސީސީއަށް
މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ދީފި
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު
ފުވައްމުލަކު ރިންގްރޯޑް ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި
ހިމަންދޫ ބަނދަރު ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި