28 ޑިސެމްބަރ 2021
ކ. މާފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކި ބޮޑު ސަރަހައްދާއި މި ރަށުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހިއްކި ބިން ރަށު ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ. މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕިކްނިކް އައިލެންޑާއި މާފުށީ ކައިރިން ހިއްކި ބިން ހަވާލު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
ކ. މާފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކި ބޮޑު ސަރަހައްދާއި މި ރަށުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހިއްކި ބިން ރަށު ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ. މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕިކްނިކް އައިލެންޑާއި މާފުށީ ކައިރިން ހިއްކި ބިން ހަވާލު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
މާފުއްޓާ ކައިރިން ވަކި ރަށެއްގެ ގޮތުގައި 25 ހެކްޓަރުގެ ބިމެއް ހިއްކާފައިވެ އެވެ. އެ ރަށުގެ މިހާރުގެ ބޮޑު މިނަކީ 36 ހެކްޓަރެވެ.
އަލަށް ހިއްކި ސަރަހައްދާއި މާފުށި ގުޅާލުމަށް 35.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވެ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.
އޮގަސްޓް 27، 2019 ގައި ހަވާލުކުރި އެ މަޝްރޫއަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީ ކޮށްފައި ވަނީ، ފިނޮޅެއްގެ ގޮތުގައި މީގެ ކުރިން "ވަށް މާފުށި" އޮތް ސަރަހައްދެވެ. މީގެ 17 އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގައި އެ ރަށް އެއްކޮށް ގެއްލިގެން ދިޔައީ އެވެ. އެހެންވެ، އެތައް އަހަރަކަށް ފަހު، ދެ ހެކްޓަރު ހިއްކައި "ވަށް މާފުށި" އަލުން ހޯދައިދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވި އެވެ.
އެ މަޝްރޫއު ދަށުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ.
އެ ކުޑަ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބިމުގެ ދަތިކަމާއި ޕިކްނިކް އައިލެންޑް ހެދުމަށް 128 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ބިމުގެ މައްސަލަ މިހާރު ހައްލު ކޮށްދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެެނެސް، ކައުންސިލްތަކަށް ބާރު ދީފައިވާތީ ރައްޔިތުންނަށް ވީހާ ވެސް ބޮޑަށް ފައިދާވާނެ ގޮތަށް އެ ބިންތައް ބޭނުންކުރުމަށް ރައީސް އެދިވަޑަތެވެ.
އެންމެ ފުޅާދާއިރާގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުން އަންނަ މާފުށީގައި، އެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސިއްހީ ނިޒާމު ރަނގަޅުވާން އެބަޖެހޭ. ކުނި މެނޭޖް ކުރެވެން އެބަޖެހޭ. ބަނދަރު މިއަށްވުރެ ފުރިހަމަވާން އެބަޖެހޭ. މިއަދުވެސް އަޅުގަނޑު ބަލައިލިއިރު މި ރަށުގައި 1،600 އަށްވުރެ ގިނަ ޓޫރިސްޓުން މިވަގުތު ވެސް ރަށުގައި އެބަތިބި. ފުރާދުއްވާ އުޅަނދުފަހަރު އެހާ ގިނަ. ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ މި ރަށުގެ ބަނދަރު ބޮޑުކުރުމަށް ހިމަނާފައި،" ރައީސް ވިދާޅުވި އެވެ.
ސިއްހީ މަރުކަޒު ތަރައްގީކޮށް، ތަފާތު ހިދުމަތްތައް ލިބޭ ތަނަކަށް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ބަދަލު ފެނިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާފުށީ ސިއްހީ މަރުކަޒުގައި އީއާރާއި ޕްރައިވެޓް ރޫމްތައް ތަރައްގީ ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މިހާރު ވެސް ދަތުގެ ފަރުވާއާއި އެކްސްރޭގެ ހިދުމަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ސޮލާހު ވިދާޅުވީ މާފުށިން ބިން ހުސްވެ، އެ ރަށުން ގޯތި ދޫނުކުރާތާ ވިއްސަކަށް އަހަރުވެއްޖެ އެވެ. ނަމަވެސް އެކަމުގެ ހައްލަކަށް ހިއްކައިދީފައިވާ ބިން ބޭނުންކުރާނީ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
ރައީސް އިތުރު ދައުރެއްގައި ހުންނަވާނެ: އަސްލަމް
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
މާފަރު އެއާޕޯޓް ބޮޑުކުރަނީ، 443 މިލިއަން ހަރަދުވޭ!
ޖަޒީރާ ރަށްތަކަކީ ތަރައްގީއަށް ހުރަހެއް ނޫން: އަސްލަމް
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން އެމްޓީސީސީއަށް
ތާހިރުވުމުގެ ވައުދު ފުއްދައި ތަރައްގީގެ އިންގިލާބަށް