04 އޯގަސްޓް 2018
ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު އަންނަ ހަފުތާގައި ޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.
ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު އަންނަ ހަފުތާގައި ޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލް "މިހާރު" އަށް މިއަދު ވިދާޅުވީ، މާފަރުގެ އެއާޕޯޓުގެ 2،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިންމުމަށް ފަހު، މިހާރު ކުރަނީ ރަންވޭ ގައި ބޭނުން ކުރާ ނިޝާންތައް ކުރެހުމުގެ ކަންކަން ކަމަށެވެ.
"ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައި ވަނީ. އަޅުގަނޑުމެން މި ބަލަނީ އަންނަ ހަފުތާ ގައި ޓެސްޓް ފްލައިޓް ޖެއްސޭތޯ،" އޭނާ ވިދާޅުވި އެވެ.
މާފަރު އެއާޕޯޓް ހަދަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ތަރައްގީ ކުރާ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް އެއާޕޯޓުގައި ހުންނާނެ ކަމަށް ވެ އެވެ.
މާފަރު އެއާޕޯޓު ހަދަނީ އަބޫދާބީ ފަންޑުން ފައިސާ ހޯދައިގެން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ.
"އެއާޕޯޓަކީ އެ [ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ] ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒު ކޮށްދޭނެ ހަދިޔާއެއް. އެއާ އެކު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ވިދާޅުވެފައި ވެ އެވެ.
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރު ގޮވައިގެން ކޯޓަށް
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި
މާފަރު އެއާޕޯޓަކީ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް
މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސްއަށް ދީފި
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް
މާފަރު އެއާޕޯޓު މަޝްރޫއުގެ އޮޑިޓެއް ހަދަން ފަށައިފި
މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް