28 މެއި 2023
ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ބޮޑެތި މަތިންދާބޯޓު އުފެއްދުމުގައި އެމެރިކާ އާއި ޔޫރަޕުން ހިފަހައްޓަމުން އައި ކޮންޓްރޯލް އަތުލުމަށް ޗައިނާ އިން ކުރަމުން އައި މަސައްކަތުން އުފެއްދި ފުރަތަމަ މަތިންދާބޯޓުގެ އަލަތު ދަތުރު އިއްޔެ ކާމިޔާބުކަމާއެކު ކޮށްފި އެވެ.
ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ބޮޑެތި މަތިންދާބޯޓު އުފެއްދުމުގައި އެމެރިކާ އާއި ޔޫރަޕުން ހިފަހައްޓަމުން އައި ކޮންޓްރޯލް އަތުލުމަށް ޗައިނާ އިން ކުރަމުން އައި މަސައްކަތުން އުފެއްދި ފުރަތަމަ މަތިންދާބޯޓުގެ އަލަތު ދަތުރު އިއްޔެ ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މިއީ އެމެރިކާގެ ބޮއިން ކުންފުންޏާއި ޔޫރަޕްގެ އެއާބަސް ކުންފުނިން އުފައްދަމުން އަންނަ ބޮޑެތި މަތިންދާބޯޓުތަކުގެ ބަދަލުގައި ބޭނުންކުރާނެ، އެއަށް ވުރެ އަގުހެޔޮ މަތިންދާބޯޓަކަށް އެދިއެދި ތިބި އެއާލައިންތަކަށް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެ އެވެ.
First COMAC #C919 commercial flight, China Eastern MU9191, took off from Shanghai Hongqiao Intl Airport. pic.twitter.com/8au49e73ye
— ChinaAviationReview (@ChinaAvReview) May 28, 2023
ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ (ކޮމެކް) އިން އުފެއްދި މަތިންދާބޯޓަށް ދީފައިވާ ނަމަކީ ސީ919 އެވެ. ކޮމެކް ކުންފުނިން ސީ916 އުފެއްދުމުގެ މަސައްކަތް ފެށީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ ދަށުން އުފެއްދި ފުރަތަމަ މަތިންދާބޯޓު، އަޖުމަބެލުމުގެ ގޮތުން އުދުއްސީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެ ދަތުރުގައި ކުރެވުނު ތަޖުރިބާއިން ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ފަހު، ވިޔަފާރި އުސޫލުން ކުރި ފުރަތަމަ ދަތުރުގައި 130 މީހުންނާއެކު އިއްޔެ ދަތުރުކުރީ، ޝަންހާއީ އިން ފުރައިގެން ވެރިރަށް ބެއިޖިންގް އަށެވެ. ޗައިނާ ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ކުންފުނި ޗައިނާ އީސްޓަން އެއާލައިންގެ މަތިންދާބޯޓެއްގެ ގޮތުގައި ކުރި މި ދަތުރު ވަރަށް ކާމިޔާބުކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ.
China-made Comac C919 completes its first commercial flight from Shanghai to Beijing. pic.twitter.com/0TwbHe5W0l
— Breaking Aviation News & Videos (@aviationbrk) May 28, 2023
ޗައިނާ އިން ބުނި ގޮތުގައި އަމިއްލަ މަތިންދާބޯޓެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި ހުޅަނގުގެ ގައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމެވެ. އާންމު ގޮތެއްގައި 5555 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ސީ919 އަކީ، ވިޔަފާރީގެ އުސޫލުން ކުރާ ވައިގެ ދަތުރުތަކުގައި، ގިނަ ގައުމުތަކުގައި އާންމުކޮށް ބޭނުންކުރާ ބޮއިން 737 އާއި އެއާބަސް އޭ320 އާ ވާދަކުރާނެ އުޅަނދެކެވެ.
އެވްރެޖް ގޮތެއްގައި 156-168 މީހުން ގޮވައިގެން ދަތުރުކުރުމަށް އުފައްދާފައިވާ މި މަތިންދާބޯޓުގައި، ހިމެނޭނީ ބިޒިނަސް ކްލާހާއި އިކޮމިނިކް ކްލާހެވެ. ޗައިނާ ސަރުކާރުން އާންމުކުރާ، ޗަންހާއީ ސައެންސް އެންޑް ޓެކްނޮލޮޖީ ޕްރޮގްރެސް ރިޕޯޓްގައި ބުނެފައިވާ ގޮތުން، ވިޔަފާރީގެ އުސޫލުން އުފައްދަން ހަމަޖެހިފައިވާ ސީ919ގެ ބޯޓުފަހަރު ގަތުމަށް 32 ކުންފުންޏަކުން 1035 އޯޑަރު މިހާރުވެސް ލިބިފައި އެބައޮތެވެ.
މި ބޯޓަކީ ޗައިނާގެ އަމިއްލަ ފަރުމާއަކަށް ބަނދެފައިވާ ބޯޓެއް ކަމަށް ވިޔަސް، މި ބޯޓުގައި ބޭނުންކޮށްފައި ހުރި ބައެއް ބައިތައް އުފައްދާފައިވަނީ ކޮންޓްރެކްޓް އުސޫލުން ޔޫރަޕްގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި މަތިންދާބޯޓުގެ އިންޖީނާއި ނިޔަމިކަމުގެ ބައެއް ބައިތައް ހިމެނެ އެވެ.
ބޮއިން ކުންފުނީގެ އުމުރުން 100 އަހަރަށް ވުރެ ދޮށިވެފައިވާ އިރު، އެއާބަސް ކުންފުނީގެ އުމުރުން އަދި މިވީ 53 އަހަރެވެ. ޗައިނާގެ ކޮމެކް ކުންފުނި އުފެއްދީ 2008 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
"ބޮއިން 737 މެކްސް" އަށް އިންޑޮނީޝިއާއިން ހުއްދަ
ކްއަންޓަސް އިން ބޮއިންއާ ދުރަށް
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާ ހުއްޓާލަނީ
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް
ޓޫރިޒަމް ޕްރޮމޯޝަނަށް އެއާލައިނެއް ޕޯކެމަން ތީމަށް
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
ބްރިޓިޝް އެއާވޭޒުން ބޮއިން 747ގެ ބޯޓުތައް ދޫކޮށްލަނީ