30 ޑިސެމްބަރ 2021
އިންޑޮނީޝިއާގެ ލަޔަން އެއާގެ މަތިންދާބޯޓެއް މީގެ ތިން އަހަރު ކުރިން ވެއްޓި ދަތުރުވެރިން މަރުވި ހާދިސާގެ ފަހުން އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފައި އޮތް "ބޮއިން 737 މެކްސް" މަރުކާގެ ބޯޓްތަކަށް އަލުން ހުއްދަ ދީފި އެވެ.
އިންޑޮނީޝިއާގެ ލަޔަން އެއާގެ މަތިންދާބޯޓެއް މީގެ ތިން އަހަރު ކުރިން ވެއްޓި ދަތުރުވެރިން މަރުވި ހާދިސާގެ ފަހުން އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފައި އޮތް "ބޮއިން 737 މެކްސް" މަރުކާގެ ބޯޓްތަކަށް އަލުން ހުއްދަ ދީފި އެވެ.
އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "ބޮއިން 737 މެކްސް" ބޯޓްތައް އަލުން ބޭނުން ކުރަން ހުއްދަ ދިނީ، ބޯޓްތަކަށް ގެނައި ހެޔޮ ބަދަލުތަކާ ގުޅިގެން ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެ މަރުކާގެ ބޯޓްތައް އެ ގައުމުގެ އެއާލައިންތަކަށް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ހުއްދަ އަލުން ދިނުމަށް ފަހު، ކުރިއަށް އޮތް ތަނުގައި ބޯޓްފަހަރު ވަރަށް ބޮޑަށް އިންސްޕެކްޓް ކުރަމުން ގެންދާނެ އެވެ. އެގޮތުން އެއާލައިންތަކުން ވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީ ދަތުރުތަކަށް ނުކުތުމުގެ ކުރިން ބަލަން ޖެހޭ ކަންކަމަށް ސަމާލުކަން ދޭން އެދިފައިވެ އެވެ.
ތިން އަހަރު ފަހުން އިންޑޮނީޝިއާ އިން "ބޮއިން 737 މެކްސް" މަރުކާގެ ބޯޓްތައް ބޭނުން ކުރަން ހުއްދަ ދިނުމާ އެކު، މިހާރު އެ ހުއްދަ ދީފައިވާ ގައުމުތަކުގެ އަދަދު ވަނީ 180 އިން މައްޗަށް އަރައިފަ އެވެ. އަލުން ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޖަޕާން، އިންޑިއާ މެލޭޝިއާ އަދި ސިންގަޕޫރް ހިމެނެ އެވެ.
އިންޑޮނީޝިއާ އިން "ބޮއިން 737 މެކްސް" މަރުކާ މަނާކުރީ ލަޔަން އެއާގެ ބޯޓެއް އޮކްޓޯބަރު 29، 2018 ގައި ވެއްޓި 189 ދަތުރުވެރިން މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ މަރުކާ އަށް އަލުން ހުއްދަ ދިން ނަމަވެސް މިކަމާ ބެހޭ ގޮތުން ލަޔަން އެއާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެތަނުގެ ފްލީޓްގައި "ބޮއިން 737 މެކްސް" ގެ 10 ބޯޓް އޮވެ އެވެ. އިންޑޮނިއާޝިއާގެ ގައުމީ އެއާލައިން، ގަރޫޑާ އިން ބުނި ގޮތުގައި "ބޮއިން 737 މެކްސް" އަށް ހުއްދަ ދިނަސް، އެ އެއާލައިނުން އެ މަރުކާގެ ބޯޓް އަލުން ބޭނުންކުރުމުގެ ވިސްނުމެއް މިހާރަކު ނެތެވެ.
"ބޮއިން 737 މެކްސް" އަކީ ބޮއިން 737 ގެ ހަތަރު ވަނަ ޖީލެވެ. އެ ބޭނުންކުރަން ފެށީ 2016 ގަ އެވެ.
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް
ކްއަންޓަސް އިން ބޮއިންއާ ދުރަށް
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާ ހުއްޓާލަނީ
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް
ޓޫރިޒަމް ޕްރޮމޯޝަނަށް އެއާލައިނެއް ޕޯކެމަން ތީމަށް
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
ބްރިޓިޝް އެއާވޭޒުން ބޮއިން 747ގެ ބޯޓުތައް ދޫކޮށްލަނީ