18 ޑިސެމްބަރ 2020
ހައިޑްރޮޖެން-އިލެކްޓްރިކް ޓެކްނޮލޮޖީ ނުވަތަ ފެނުން އުފައްދާ ހަކަތައިން އުދުހޭ މަތިންދާބޯޓް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ "ޒީރޯއޭވިއާ" އަށް ބޮޑެތި ކުންފުނިތަކާއި މަހުޖަނުންގެ ފަރާތުން ވެސް ފައިސާގެ އެހީ ލިބެން ފަަށައިފި އެވެ.
ހައިޑްރޮޖެން-އިލެކްޓްރިކް ޓެކްނޮލޮޖީ ނުވަތަ ފެނުން އުފައްދާ ހަކަތައިން އުދުހޭ މަތިންދާބޯޓް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ "ޒީރޯއޭވިއާ" އަށް ބޮޑެތި ކުންފުނިތަކާއި މަހުޖަނުންގެ ފަރާތުން ވެސް ފައިސާގެ އެހީ ލިބެން ފަަށައިފި އެވެ.
އެ ކުންފުނިން ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނީ އެ މީހުންގެ މަސައްކަތްތަކަށް އެމެޒޯން އާއި އިނގިރޭސި ތެޔޮ ކުންފުނި ޝެލް އާއި ބްރިޓިޝް އެއާވޭޒްގެ އިތުރުން ބިލް ގޭޓްސްގެ ބްރޭކްތުރޫ އެނަޖީ ވެންޗާޒް އިން ފަންޑުގެ ގޮތުގައި 21.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެ ކުންފުނިތަކުން ލިބުނު އެހީތަކަށް "ޒީރޯއޭވިއާ" އިން ވަނީ ވަކިވަކިން ޓްވީޓްކޮށް ޝުކުރު އަދާކޮށްފަ އެވެ.
Thank you to @amazon Climate Pledge Fund for investing in our recently-closed $21.4 million Series A funding round! Without you and our other top-tier investors, decarbonizing an important but challenging sector like aviation would take much longer. #climatepledge pic.twitter.com/rPeDRRi6n9
— ZeroAvia (@ZeroAvia) December 16, 2020
ފެނުން އުފައްދާ ހަކަތައިން އުދުހޭ މަތިންދާބޯޓް މަޝްރޫއަށް އިނގިރޭސި ސަރުކާރުން ވެސް 16.3 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސާފައިވެ އެވެ، "ޒީރޯއޭވިއާ" އިން ބުނި ގޮތުގައި މިހާތަނަށް ވަނީ ޕްރޮޖެކްޓަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި 37.7 މިލިއަން ޑޮލަރުގެ ފަންޑް ލިބިފަ އެވެ.
Episode 2 of #ScalingtoZero just dropped!??Tune in to hear Val Miftakhov, CEO of @ZeroAvia, talk about building trust in a changing aviation industry, exiting prior startups, and his love of planes as a child.?:https://t.co/OwxZArctIxhttps://t.co/Bfpx2Uq0Ak
— ElementalExcelerator (@elementalexcel) December 11, 2020
މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ވަލް މިފްތަކޯވް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަން ކުރާ މަސައްކަތަކަށް ފަންޑް ލިބެމުން ދިއުމަކީ ކާމިޔާބީއެއް ކަމަށެވެ.
"މި ކާމިޔާބީގެ އަސްލު ނަތީޖާއަކަށް ވާނީ ވައިގެ ދަތުރުތަކުން އަހަރެމެން މިހާރު ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުވުން. ނުވަތަ ކޮންޓްރޯލްވުން،" އޭނާ ވިދާޅުވި އެވެ. "މީގެ ހަގީގީ ޓާގެޓަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަކީ މުސްތަގުބަލުގައި މުޅިން އެއްކޮށް ސާފު ހަކަތަ ބޭނުންކުރާ ދާއިރާއަކަށް ހެދުން."
Thank you, @Breakthrough for co-leading in our $21.4 million Series A funding! Together we will bring in a new golden age of #aviation powered by hydrogen! pic.twitter.com/AvvR9hKxkL
— ZeroAvia (@ZeroAvia) December 16, 2020
"ޒީރޯއޭވިއާ" އިން ބުނި ގޮތުގައި ޒީރޯ-އެމިޝަން ކޮމާޝަލް ވައިގެ ދަތުރުތަކަށް ކުރިމަގުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ފެނުގެ ހަކަތައިން ބޯޓުތައް އުދުއްސުއްކަން މިހާރު އޭވިއޭޝަން ދާއިރާ އާއި ފައިނޭންޝަލް މާކެޓް ވެސް ގަބޫލުކުރާ ކަމަށެވެ.
"އެހެންވީމަ މިކަމަށް ލޯ ހުޅުވުމަކީ އަމާޒަށް ވާސިލުވާން ލިބޭ ހިތްވަރެއް." މިފްތަކޯވް ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ޒީރޯއޭވިއާ" އިން ވަނީ ދުނިޔޭގެ ފުރަތަމަ ހައިޑްރޮޖެން-އިލެކްޓްރިކް ކޮމާޝަލް ދަތުރެއް ތަޖުރިބާ ވެސް ކޮށްފަ އެވެ. ހަ މީހުންގެ ޖާގައިގެ އެ ފްލައިޓްގެ ޓެސްޓްތައް ކުރިއަށް ގެންދިޔައީ އިނގިރޭސިވިލާތުގެ ކްރޭންފީލްޑްގައި ހުންނަ "ޒީރޯއޭވިއާ" ގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީގަ އެވެ.
އަމާޒަކީ މިފަދަ ފްލައިޓްތަކުގެ ދަތުރުތައް 2023 ހިސާބުގައި ތައާރަފުކުރުމެވެ.
"ޒީރޯއޭވިއާ" އިން ބުނި ގޮތުގައި މިކަމަށް ޝައުގުވެރިވެގެން މިހާރު ވެސް 10 އެއާލައިނަކުން އޮތީ ފެނުގެ ހަކަތައިން އުދުހޭ މަތިންދާބޯޓްތަކުގައި ދަތުރުތައް ކުރަން ހުށަހަޅައިފަ އެވެ.
އީޒީޖެޓް ކާބަން ނިއުޓްރަލްވެއްޖެ
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް
ޑެންމާކުގެ އެތެރޭގެ ވައިގެ ދަތުރު ސާފު ހަކަތަ އަށް
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ބްރިޓިޝް އެއާވޭޒަށް ކާނާ ތައްޔާރުކުރުން ޓޮމް ކެރިޖަށް
ބްރިޓިޝް އެއާވޭސްގެ "ތެލިތަށި" ވިއްކަނީ
ބެންޓްލީން 2030 ގައި ކާބަން ނިއުޓްރަލް ވަނީ
ބްރިޓިޝް އެއާވޭޒުން ބޮއިން 747ގެ ބޯޓުތައް ދޫކޮށްލަނީ
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް