03 ޖެނުއަރީ 2022
ޑެންމާކްގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ބޯޓުތަކުގައި 2030 ވަނަ އަހަރުން ފެށިގެން ހަމައެކަނި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރަން އަމާޒު ހިފާފައިވާ ކަމަށް އެ ގައުމުން އިއުލާންކޮށްފި އެވެ.
ޑެންމާކްގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ބޯޓުތަކުގައި 2030 ވަނަ އަހަރުން ފެށިގެން ހަމައެކަނި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރަން އަމާޒު ހިފާފައިވާ ކަމަށް އެ ގައުމުން އިއުލާންކޮށްފި އެވެ.
އާ އަހާރާ ދިމާކޮށް މިކަން އިއުލާންކޮށް، އެ ގައުމުގެ ބޮޑުވަޒީރު މެޓީ ފްރެޑެރިކްސަން ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ޑެންމާކްގެ އެތެރޭގެ ވައި ދަތުރުތަކުގައި "ފޮސިލް ފިއުލް ފްރީކޮށް" މުޅިން "ސާފު ހަކަތަ" އަށް އެއްކޮށް ބަރޯސާވުން ކަމަށެވެ. އެގޮތުން އެކަމަށް ކުރާ މަސައްކަތުގެ ތެރެއިން 2030 ގެ ފަހުން ޑެންމާކްގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ 70 ޕަސެންޓް ހިދުމަތް ދޭނީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފައްދާ ބޯޓުތަކުގައި ކަމަށެވެ.
ނަމަވެސް މި ޓާގެޓަށް ވާސިލުވާން ކުރާނެ މަސައްކަތުގެ މާ ބޮޑު ތަފުސީލުތަކެއް އެ ގައުމުގެ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތައިގެ ތެރެއިން ހައިޑްރޮޖެން އަކީ ވެސް މިކަމުގައި ވަރަށް ފުޅާކޮށް ބޭނުން ކުރެވިދާނެ ވަސީލަތެކެވެ.
"ދަތުރުފަތުރަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. އެހެންވީމަ އެބަޖެހޭ ގްރީން ހަކަތަ އަށް އިސްކަން ދޭން. ދުނިޔޭގެ ގިނަ ގައުމުތަކުގެ ދުވެލި މިކަމުގައި މަޑަސް އަހަރެމެން [ޑެންމާކުން] ބޭނުނުންވޭ ސާފު ހަކަތައިގެ ޓާގެޓްތަކަށް ކުރާ މަސައްކަތްތައް ހަލުވިކުރަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
"މިކަމުގައި އަހަރެމެން ހޯދާ ކުރިއެރުންތަކުގެ ފަހަތުން އެހެން ގައުމުތައް ވެސް ދާނެ ކަމަށް އުންމީދުކުރަނީ."
ޑެންމާކްގެ ބޮޑުވަޒީރު.
އެތެރޭގެ އުދުހުންތަކަށް ސާފު ހަކަތައިގެ ޕްލޭނަކަށް ޑެންމާކުން އަމާޒު ހިފާފައިވާ އިރު، ސްކެންޑެނޭވިއަން ގައުމުތަކުގެ ތެރެއިން ސްވިޑްން އަކީ ވެސް 2030 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުން ކުރުން ހުއްޓައިލަން ނިންމާފައިވާ ގައުމެކެވެ. އަދި އަމާޒަކީ އެކަން 2045 ގައި އިންޓަނޭޝަނަލް ދަތުރުތަކަށް ވެސް ފުޅާކުރުމެވެ.
އެއާބަސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން މިހާރު އަންނަނީ ހައިޑްރޮޖެން ހަކަތަ ބޭނުންކުރާ ބޯޓް އުފައްދަމުންނެވެ. އަދި އަމާޒަކީ 2035 ގައި މިފަދަ ބޯޓްތައް އޮޕަރޭޝަނަށް ނެރެވޭވަރު ކުރުމެވެ.
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
އީޒީޖެޓް ކާބަން ނިއުޓްރަލްވެއްޖެ
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު
މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް
ތިމާވެއްޓަށްޓަކައި ފްރާންސުން ވައިގެ ދަތުރު މަދުކުރަނީ
ފެނަށް ޖެހުމުގެ ބޮޑު ކާރިސާއެއް ކުރިމަތިވަނީ