09 އޯގަސްޓް 2023
ރީޑިން، އިންގްލެންޑް (އޯގަސްޓް 9) - ސިނާއީ އިންގިލާބުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ ބޮޑަށް ދުނިޔެ ހޫނުވެއްޖެ ނަމަ، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް ނުރައްކާވާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ސައެންސްވެރިން އިންޒާރުކުރި އެވެ. ނަމަވެސް ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން އެ އިންޒާރުތަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
ރީޑިން، އިންގްލެންޑް (އޯގަސްޓް 9) - ސިނާއީ އިންގިލާބުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ ބޮޑަށް ދުނިޔެ ހޫނުވެއްޖެ ނަމަ، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް ނުރައްކާވާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ސައެންސްވެރިން އިންޒާރުކުރި އެވެ. ނަމަވެސް ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން އެ އިންޒާރުތަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
އެ އިންޒާރު ދިންތާ ތިރީހަކަށް ވާން ކައިރިވެފައިވާ އިރު، ހުސްވި ޖުލައި މަހަކީ، އެ މިންވަރަށް ދުނިޔެ ހޫނުވެއްޖެ ނަމަ، އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވާނެ ނުރައްކާތަކުގެ ވަރަށް ކުޑަ މިންވަރެއް ފެނިގެން ދިޔަ މައްސަރެއް ކަމަށް ސައެންސްވެރިން ބުނަން ފަށައިފި އެވެ. ދުނިޔޭގެ އެކި ގައުމުތަކުން ރެކޯޑްކޮށްފައިވާ ފިނިހޫނުމިނުގެ ހިސާބުތައް ދައްކާ ގޮތުން، ހުސްވި ޖުލައި މަހަކީ، ދުނިޔޭގެ ދެބައި ރޮނގުން ފެށިގެން އުތުރުގެ ސަރަހައްދުތަކަށް ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ދިޔަ މައްސަރެވެ.
ވިލާތުގެ އިއްތިހާދުގެ ކޯޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް) އިން އިއްޔެ އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހުގެ އެވްރެޖް ހޫނުމިން ހުރީ، ސިނާއީ އިންގިލާބު (1750-1850) ފެށުމުގެ ކުރިން، އެ ސަރަހައްދުގެ ހޫނުމިން ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 1.5 ޑިގްރީ ސެލްސިއަސް މަތީގަ އެވެ.
އެ ޖަމާއަތުން މިހެން ބުނި އިރު، މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ވިލާތުގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކަށް ވަނީ އާދަޔާ ޚިލާފު ހޫނު ދުވަސްތަކެއް ތަޖުރިބާ ކުރަންޖެހިފަ އެވެ. އަދި ގިނަ ސަރަހައްދުތަކެއްގެ ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވެސް ރެކޯޑް މިންވަރަކަށް މަތިވެފައިވާކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ހޫނުމިން 1.5 ޑިގްރީ އިތުރުވެއްޖެ ނަމަ، ހޫނު ރޯޅިތަކާއި ފެންބޮޑުވުންތަކާއި ހަނަފަސްކަމާއި ޖަންގަލިތަކުގައި ރޯވުން ފަދަ ގުދުރަތީ މުސީބާތްތައް ކުރިމަތިވާނެ ކަމަށް ސައެންސްވެރިން ކުރިން ވެސް އިންޒާރުކުރި އެވެ. އޭގެ އިތުރުން ދަނޑުވެރިކަމަށް ހުރަސްއެޅި ގޮވާމުގެ ބާވަތްތައް ލިބުން ދަތިވާނެ ކަމަށާއި ބައެއް ސަރަހައްދުތައް ބޯފެނަށް ޖެހުމުގެ ބިރު ވެސް އޮތް ކަމަށް ސައެންސްވެރިން މީގެ އަހަރުތަކެއް ކުރިން އިންޒާރުކުރި އެވެ.
ސިނާއީ މަސައްކަތްތަކަށްޓަކައި ތެލާއި ގޭސް އަދި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުމަކީ، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ވިހަ ދުންތައް ގިނަވެ، ދުނިޔޭގެ މާހައުލީ ނިޒާމު ހަލާކުވެ ދުނިޔެ ހޫނުވާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންކަމުން، 2016 ވަނަ އަހަރު އަމަލުކުރަން ފެށި ޕެރިސް އެގްރީމެންޓްގައި ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައިވަނީ، ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު ކޮންޓްރޯލްކޮށް، ސިނާއީ އިންގިލާބުގެ ކުރިން، ހޫނުމިން ހުރި މިންވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.
"އެންމެ ދުވަހަކަށް ނުވަތަ ހަފުތާއަކަށް ނުވަތަ މަހެއްހާ ދުވަހަށް 1.5 ޑިގްރީ އަށް ހޫނުމިން މަތިވުމަކީ، ދިގު މުއްދަތަކަށް އެ މިންވަރަށް ހޫނުމިން މަތިވުމާ އެއްފަދަ ކަމެއް ނޫން. މިހާރު ދެން ބަލަމުން ދާންވީ، އެ މިންވަރަށް ހޫނުމިން މަތިވަމުން ދަނީ ކިހާ ވަރަކަށްތޯ އާއި ކިހާ މުއްދަތަކަށް އެ ވަރަށް ހޫނުމިން މަތިވެފައި ހުރެދާނެތޯ،" ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި، ސީ3އެސްގެ ސައެންސްވެރިއެއް ކަމަށްވާ ރެބެކާ އެމާޓަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވުމުން މޫސުމަށް އަންނަ ބަދަލުތައް ދުނިޔެ އިހްސާސްކުރަން ފެށިތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ދުނިޔެ މި ގޮތަށް ހޫނުވަމުން އަންނަ ނަމަ، ހޫނު މޫސުންތަކުގެ ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލެނީ، ހުއްޓުވޭނެ ގޮތެއް ނެތް
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
އަލިފާނުގެ ހާދިސާ އަށް ފަހު ތުރުކީގައި ފެންބޮޑުވަނީ
ޔޫރަޕުގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް
މިހާރު ފިޔަވަޅު އަޅައިފިއްޔާ ތިމާވެށި ސަލާމަތްކުރެވިދާނެ
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް