30 އޯގަސްޓް 2022
ދުނިޔޭގެ އުތުރު ތަނޑިޔާ ދާދި ކައިރީގައި އޮންނަ ގްރީންލޭންޑްގައި ހުރި ގަނޑުފެންތައް އާދަޔާ ޚިލާފަށް އަވަހަށް ވިރެމުން ދާތީ، ވަރަށް އަވަސް ކުރިމަގެއްގައި، ކަނޑުގެ ލޮނުގަނޑު މިހާރު ހުރި މިންވަރަށް ވުރެ ފޫޓެއްހާ މިންވަރަށް އުފުލޭނެ ކަމަށް ސައެންސްވެރިން އިންޒާރުކޮށްފި އެވެ.
ދުނިޔޭގެ އުތުރު ތަނޑިޔާ ދާދި ކައިރީގައި އޮންނަ ގްރީންލޭންޑްގައި ހުރި ގަނޑުފެންތައް އާދަޔާ ޚިލާފަށް އަވަހަށް ވިރެމުން ދާތީ، ވަރަށް އަވަސް ކުރިމަގެއްގައި، ކަނޑުގެ ލޮނުގަނޑު މިހާރު ހުރި މިންވަރަށް ވުރެ ފޫޓެއްހާ މިންވަރަށް އުފުލޭނެ ކަމަށް ސައެންސްވެރިން އިންޒާރުކޮށްފި އެވެ.
ނޭޗާ ކްލައިމެޓް ޗޭންޖް ކިޔާ މަޖައްލާގައި އިއްޔެ ޝާއިއުކުރި ދިރާސާގައި ބުނެފައިވާ ގޮތުން ގްރީންލޭންޑްގެ ގަނޑުފެންތައް މިހާރު ވިރެމުންދާ ހަލުވިމިނުގައި ވިރެމުން ދިއުން ހުއްޓުވުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ގަނޑުފެންތައް ވިރިގެން ދިއުމުން ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަކީ ވެސް މިހާރުގެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫނެވެ.
Having wandered Greenland's ice sheets with the lead author of this study, @climate_ice, I can attest that he's a careful researcher, and hence this is awfully bad newshttps://t.co/Faj5vNQxEg
— Bill McKibben (@billmckibben) August 29, 2022
މި ދިރާސާގައި ސައެންސްވެރިން ބުނެފައިވާ ގޮތުން ގްރީންލޭންޑްގެ ގަނޑުފެންތައް ވިރެމުން ދާތީ، މިހާރު ކަނޑުގެ ލޮނުގަނޑު ހުރި އެވްރެޖް އުސްމިނަށް ވުރެ، މަދުވެގެން 10 އިންޗި އިތުރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ އެވެ. އަދި ދުނިޔެ މި ހާލަތާ ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން އޯޒޯން ފަށަލަ ތުނިވެ، ދުނިޔެ ހޫނުވަމުން ދާތީ، ދުނިޔޭގެ އުތުރު ތަނޑި އާއި ދެކުނު ތަނޑީގައި ހުރި ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ސައެންސްވެރިން ވަނީ މީގެ އެތައް އަހަރެއް ކުރިން އިންޒާރުކޮށްފަ އެވެ. އެ ގޮތުން ގްރީންލޭންޑާއި އެންޓާޓިކާގައި ހުރި ބިޔަ ގަނޑުފެންތަކުގެ ވަރަށް ބޮޑު ބައެއް މިހާރު ވިރި ހުސްވެފައިވާ ކަމަށް ސައެންސްވެރިން ބުނެ އެވެ.
މިފަހަރު ކުރި ދިރާސާގައި ބައިވެރިވި، ޖިއޮލޮޖިކަލް ސާވޭ އޮފް ގްރީންލޭންޑް އެންޑް ޑެންމާކްގެ ސައެންސްވެރިންނަށް ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ، ގްރީންލޭންޑާއި އެ ޖަޒީރާގެ ވަށައިގެންވާ ސަރަހައްދުތަކުގައިވާ ގަނޑުފެންތަކަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމެވެ. ވިރިގެން ފައިބާ ފެންތައް އޮޔާއެކު ދަތުރުކުރަމުން ދާވަރަކަށް، އިތުރު ގަނޑުފެންތައް ވިރެން މެދުވެރިވާކަން ވެސް ސައެންސްވެރިންނަށް ފާހަގަކުރެވުނެވެ.
ގްރީންލޭންޑަށް މިހާރު އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކުރާއިރު، އެ ޖަޒީރާގައިވާ ގަނޑުފެނުގެ 3.3 ޕަސެންޓް – ގާތްގަނޑަކަށް 110 ޓްރިލިއަން ޓަނުގެ ގަނޑުފެން - ވިރިގެން ކަނޑު ތެރެއަށް ފައިބައިގެން ދާނެ އެވެ. ސައެންސްވެރިން ބުނާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގެ ދެ ދުވަހުގެ ތެރޭގައި ގްރީންލޭންޑުން ވިރިގެން ފޭބި ފެނުން އެކަނިވެސް، އެމެރިކާގެ މުޅި ވެސްޓް ވަރްޖީނިއާގައި ފޫޓެއްގެ އުސްމިނަށް ފެންބޮޑުކޮށްލެވޭނެ އެވެ.
Zombie ice from Greenland's ice sheet will raise global sea levels by 10 inches, a new study says. The frozen water is doomed to melt but is still solid right now.https://t.co/DjSl5uxAQE pic.twitter.com/Bbojg2WhFz
— The Associated Press (@AP) August 29, 2022
ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ކޮންމެ ފިޔަވަޅުތަކެއް އެޅިޔަސް، ގްރީންލޭންޑުން މިހާރު ވިރެމުންދާ ގަނޑުފެންތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވޭނެ ގޮތެއް ނެތެވެ. އެ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނީ ކޮން ދުވަސްވަރެއްގައި ކަން ސާފުކޮށް ނުބުނި ނަމަވެސް، މިހާރުން ފެށިގެން މި ގަރުނު ނިމޭހާ ތަނާ ދެމެދު، ގާތްގަނޑަކަށް ފޫޓެއްގެ އުސްމިނަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ސައެންސްވެރިން ބުނެ އެވެ.
ވައިގެ ހޫނުމިން މަތިވާ މިންވަރަކަށް ގަނޑުފެންތައް ވިރޭ މިންވަރު އަވަސްވެ އެވެ. އޭގެ އިތުރުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުން ވެސް، ގަނޑުފެންގަނޑު ކަނޑުގައި ޖެހިފައި ހުންނަ ސަރަހައްދު ވިރޭ މިންވަރު އަވަސްވެ އެވެ.
ސައެންސްވެރިން މި އިންޒާރު ދީފައި މިވަނީ، އެމެރިކާގެ ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން މިއަހަރު ކުރީކޮޅު ނެރުނު ދިރާސާ ރިޕޯޓެއްގައި ވެސް، ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި، އެމެރިކާގެ ވަށައިގެންވާ ކަނޑުތަކުގެ ލޮނުގަނޑު 10-12 އިންޗި އަށް އުފުލޭނެ ކަމަށް އިންޒާރު ކޮށްފައިވަނިކޮށެވެ.
އެ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ނަމަ، އާންމުކޮށް އުދަ އަރާ މިންވަރަށް ވުރެ 10 ގުނަ އިތުރަށް އުދަ އެރުމުގެ ހާދިސާތައް ކުރިމަތިވާނެ އެވެ. އަދި އުދައިގެ ސަބަބުން ރަށު ތެރެއަށް ރާޅުއަރައިގެންދާ މިންވަރު ވެސް އިތުރުވާނެ އެވެ.
ގްރީންލޭންޑްގައި ހުރި ހުރިހާ ގަނޑުފެންތައް ވިރިގެން ފައިބައިފި ހާލަތެއްގައި، ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގެ ލޮނުގަނޑު ގާތްގަނޑަކަށް 25 ފޫޓަށް އުފުލޭނެ އެވެ. އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، ބިންގަނޑު ތިރި ޖަޒީރާތައް ކަނޑުގެ އަޑިއަށް ގެނބި ދުނިޔެއިން ފޮހެވިގެންދާނެ އެވެ.
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
އެމެރިކާގެ ކަނޑުގެ ލޮނުގަނޑު ބައި މީޓަރަށް އުފުލޭނެ
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ