25 ސެޕްޓެމްބަރ 2024
ރާއްޖެއަށް ތެޔޮ އެތެރެކުރަން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 65 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީގެ 10 ޕަސެންޓް ކޮންމެ އަހަރަކު ވެސް ތެލަށް ހަރަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރަން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 65 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީގެ 10 ޕަސެންޓް ކޮންމެ އަހަރަކު ވެސް ތެލަށް ހަރަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ރިނިއުބަލް އެނާޖީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ހައްލު ހޯދުމަށްޓަކައި ހުރިހާ ގައުމުތަކާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އައިޕީސީސީގެ ރިޕޯޓުތަކުން، ގައުމުތަކުގެ އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަން މިހާރު ކުރިއަށްދާ ގޮތަށް ނުގެންދިއުމަށް އިންޒާރުތައް ދީ، އަވަސް އަދި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގައި 2028 ވަނަ އަހަރާ ހަމައަށް ކަރަންޓް ޑިމާންޑުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ އަމާޒު ހިފީ އެ ސަބަބުތަކާ ހެދި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮޕް28 ގައި އެކަން އިއުލާނު ކުރިއިރު، ރާއްޖޭގައި އިންސްޓޯލްކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ ހުރީ އެންމެ 53 މެގަވޮޓްގައި ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު 68 މެގަވޮޓަށް އިތުރު ކޮށްފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ތެލަށް ބަރޯސާވުން ކުޑަކުރުމަށް ގިނަ ރަށްރަށުގައި ސޯލާ ފޮޓޯވޯލްޓައިކް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށައި، ސިނާއީ މަސައްކަތް ކުރާ ތިލަފުށީގައި އިތުރު 13 މެގަވޮޓްގެ ވޭސްޓް އެނާޖީ ސިސްޓަމެއް ގާއިމްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތައިން ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުމަށް އިސްކަންދީ، ކާބަން މަދު ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ ޕްލޭންތައް ވެސް އެކުލަވާލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ކަރަންޓުގެ 35 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ މިހާރު ވެސް ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާއަތް. އަޅުގަނޑުމެންގެ ޕޯލް އެންޑް ލައިން މަސްވެރިކަމަކީ، ވާޗުއަލްކޮށް ޒީރޯ ބައިކެޗް އަދި ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ހިމާޔަތް ކުރެވިފައިވާ ބާވަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތް. އަޅުގަނޑުމެންގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ސާފު، ފެހި މަސްވެރިކަން ކުރާ ގައުމުގެ ގޮތުގައި އެ މަގާމު ދެމެހެއްޓުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަކީ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވިކަން އިތުރުވެގެންދާނެ ކަމެއް."
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ޓްރާންސިޝަނަކީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ވެސް މުހިއްމު ކަމެއް ކަމަށެވެ.
ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށް ވާތީ ހަކަތަ އުފެއްދުމަށް އެންމެ ފުރިހަމަ ގޮތުގައި ކަނޑުގެ ބޭނުން ހިފޭނީ ކިހިނެއްތޯ ބަލަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ހާއްސަ އިގްތިސާދީ ސަރަޙައްދުތަކުގެ ގާނޫނުގެ ދަށުން ރާއްޖޭގައި 100 މިލިއަން ޑޮލަރާ ހަމައަށް އިންވެސްޓް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ގާނޫނުގެ ދަށުން މި އަހަރުގެ ކުރީކޮޅު ވަނީ ފުރަތަމަ ހުއްދަ ދޫކޮށްފަ އެވެ. އެ މަޝްރޫރުގެ ދަށުން މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑަށް ބޭނުންވާ 150 މެގަވޮޓްގެ ފްލޯޓިން ސޯލާގެ ވަޔަބިލިޓީ ދެނެގަނެވޭނެ އެވެ.
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެ މި އޮތީ ދުރުގައި ނޫން ނަމަވެސް، އެކަން ފުރިހަމަ ކުރަން އެކުވެރި ގައުމުތަކުގެ އެއްބާރުލުން ބޭނުންވާތީ އެކްސެސިބަލް ފައިނޭންސަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
ރައީސް ޝީގެ ތިމާވެށީގެ އިސްނެންގުވުމަށް ތައުރީފު
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
މޫސުމީ ބަދަލުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ކުރިއެރުން ހޯދަން ވާނީ ކަނޑުތަކާ ރައްޓެހިކޮށް: ރައީސް
ކުރީގެ މިނިސްޓަރު ތޯރިގުގެ ޝުކުރު ރައީސަށް!
ގެއްލުން ކުޑަކުރަން ރަނގަޅީ ރާއްޖޭގެ މޮޑެލް: ރައީސް
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު