10 ޖެނުއަރީ 2021
ބްރިޓިޝް އެއާވޭޒް (ބީއޭ) ގެ އިކޮނޮމީ ކުލާހުގައި އޯޑަރުކޮށްގެން ކާބޯތަކެތި ގަނެވޭ ހިދުމަތް ތައާރަފުކުރިތާ ހަތަރު އަހަރު ފަހުން، މަޝްހޫރު ސެލެބްރިޓީ ޝެފް ޓޮމް ކެރިޖާ އެކު މި މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބްރިޓިޝް އެއާވޭޒް (ބީއޭ) ގެ އިކޮނޮމީ ކުލާހުގައި އޯޑަރުކޮށްގެން ކާބޯތަކެތި ގަނެވޭ ހިދުމަތް ތައާރަފުކުރިތާ ހަތަރު އަހަރު ފަހުން، މަޝްހޫރު ސެލެބްރިޓީ ޝެފް ޓޮމް ކެރިޖާ އެކު މި މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބީއޭގެ "ބައި އޮން ބޯޑް" އަކީ އެ ހިދުމަތް ތައާރަފުކުރުމުން ބައެއް މީހުންގެ ފަރާތުން ފާޑުކިޔުންތަކެއް ވެސް އަމާޒުވި ކަމެކެވެ. ނަމަވެސް ދަތުރުމަތީގައި އަމިއްލަ އަށް ގަނެލައިގެން ކާލެވޭ ތަކެތި ލިބުން ރަނގަޅު ކަމަށް ބައެއް ކަސްޓަމަރުން ބުނެފައިވެ އެވެ. އެ ހިދުމަތް 2017 ގައި ބީއޭ އިން ކުރިއަށް ގެންދިޔައީ މާކް އެންޑް ސްޕެންސާ (އެމްއެންޑްއެސް) އާ ގުޅިގެންނެވެ. އެކަމަކު އެ އެއްބަސްވުން އުވައިލީ މިދިޔަ އަހަރު އެވެ.
ބީއޭ އިން ޓޮމްއާ އެކު "ބައި އޮން ބޯޑް" ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުމަތީގައި ފަސިންޖަރުންނަށް ކޮތަޅެއްގައި ބުއިމަކާއި ސީރިއަލް ބާއެއްގެ އިތުރުން ސްނެކްސް ޕެކެޓެއް ދެމުން އަންނަނިކޮށެވެ.
We can’t wait to welcome you back onboard so that you can sample what @ChefTomKerridge and his team have created for us on our short haul flights. Steak and Ale pie anyone? https://t.co/MZlWsex5aq
— British Airways (@British_Airways) January 8, 2021
އެ އެއާލައިނުން ބުނި ގޮތުގައި ޓޮމްގެ ކެއުންތަކަށް އޯޑަރުދޭން ބޭނުންވާ ފަސިންޖަރުން ފުރުމުގެ 12 ގަޑިއިރު ކުރިން އެކަން އަންގަން ޖެހޭނެ އެވެ. ބޭނުމަކީ އޯޑަރުކުރާ ތަކެތި ދުރާލައި ތައްޔާރުކޮށް ބަހައްޓައިި، ކްރޫންނާ ވީހާ ވެސް ބޮޑަށް ގައިގޯޅި ނުވާ ގޮތަށް ހިދުމަތް ދިނުމެވެ. އެގޮތުން، އެ ކަސްޓަމަރަކު އޯޑަރުކުރާ ތަކެތި ހުންނާނީ ފްލައިޓަށް އަރާ އިރު، ސީޓްގައި ބަހައްޓައިފަ އެވެ.
"ދަ ހޭންޑް" އާއި "ފްލާވާޒް އޮފް މާލޯ" ގެ ނަމުގައި މަތީ ފަންތީގެ ރެސްޓޯރަންޓްތަކެއް ހިންގާ ދެ ތަރީގެ މިޝެލިން ޝެފް ބީއޭ އަށް ތައްޔާރުކޮށްދޭ ކާނާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސޭންޑްވިޗާއި ސްޓޭކާއި ޕައި އެވެ. ސޭންޑްވިޗްގެ އަގުތައް އުޅެނީ 4.10-4.50 ޕައުންޑް (5.56-6.10 ޑޮލަރު) އާ ދެމެދުގެ އަގުތަކެއްގަ އެވެ. ސްޓޭކާއި ޕައިގެ އަގުތައް އުޅެނީ 6.10 ޑޮލަރަށެވެ.
ބީއޭގެ ދަތުރުމަތީގައި ގަންނަން ލިބޭ ބުއިންތަކުގެ އަގުތައް އުޅޭނީ 2.50-7.60 ޕައުންޑް (3.39-10.31 ޑޮލަރު) އާ ދެމެދުގަ އެވެ.
ޓޮމްއާ ގުޅިގެން "ބައި އޮން ބޯޑް" ކުރިއަށް ގެންދަން ފަށާނީ މި ވަގުތު ކޮވިޑާ ހެދި ލޮކްޑައުންއަކަށް އިނގިރޭސިވިލާތް އޮތުމުން އެކަމަށް އަންނަ ލުއިތަކާ އެކު އަލުން ދަތުރުތައް ފަށާ އިރު ކަމަށް ބްރިޓިޝް އެއާވޭޒް އިން ބުންޏެވެ.
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
ބްރިޓިޝް އެއާވޭސްގެ "ތެލިތަށި" ވިއްކަނީ
ބްރިޓިޝް އެއާވޭޒުން ބޮއިން 747ގެ ބޯޓުތައް ދޫކޮށްލަނީ
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ވައިގެ ދަތުރު ތަފާތުކޮށްލާނެ އެއާލޭންޑާ 2025 ގައި
އީޒީ ޖެޓްގައި މެދު ސީޓް ދެން ބަހައްޓާނީ ހުސްކޮށް
ރޯލްސް ރޯއިސްގެ ބެޓެރި ފްލައިޓެއް
އީޒީޖެޓް ކާބަން ނިއުޓްރަލްވެއްޖެ
ކެޓި ފްލައިޓް އަތުޖެހޭތޯ ރަންވޭގައި ދުވުމުން ޖޫރިމަނާ