26 ޖޫން 2023
މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މާފަރު އެއާޕޯޓު ރަންވޭ ކައިރިން އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ފެނުމުގައި އެ ޖަނަވާރު ބުޅަލަކަށް ވުރެ ބޮޑެވެ. ހިނގާފައި ދާއިރު ވައްތަރީ މިނިކާވަގެއް ކަހަލަ ޖަނަވާރަކާ އެވެ.
މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ، އެ ވީޑިއޯ ނަގާފައި ވަނީ މިއަދު އެ އެއާޕޯޓުގައި މަސައްކަތް ކުރަން އުޅޭ ބިދޭސީ މުވައްޒަފުންތަކެއް ކަމަށެވެ. އެއީ ކޯއްޗެއްކަން ނޭނގުމުން ސިފައިންނަށް ރިޕޯޓް ކޮށްފައި ވަނީ މެންދުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދުނާން ވިދާޅުވީ ކަންބޮޑުވުމަކީ އެ ޖަނަވާރު ރަށުތެރެއަށް އަރާފާނެތީ ކަމަށެވެ.
"އެހާ ބޮޑު އެެޗެއްވީމަ، އެއީ އަދި ކޯއްޗެއް ކަމެއް ވެސް ނޭނގޭ. ކޯއްޗެއްކަން ނޭނގޭ އެހާ ބޮޑު ޖަނަވާރެއް ރަށުތެރެއަށް އަރާފާނެތީ. ފެންސުޖަހައި ބަންދުކޮށްފައި ހުއްޓަސް ގޮނޑުދޮށުން ވެސް ރަށުތެރެއަށް އަރާފާނެތީ އެންމެ ބޮޑު ބިރުވެރިކަމަކީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުން ޖަނަވާރެއްގެ އެއްވެސް ނިޝާނެއް (ފިޔަވަޅެއް) ފެންނަން ނެތް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނުކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެއީ ކޯއްޗެއްކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން ބޭރުން އަންނަ ބޯޓުތަކުން މީގެ ކުރިންވެސް ރާއްޖޭގައި ނޫޅެ ބައެއް ވައްތަރުތަކުގެ ޖަނަވާރުތައް ފެނިފައި ވެ އެވެ. އެގޮތުން ކިނބުލާއި ސީލް އަދި ހަރުފަ ވެސް ފެނެ އެވެ.
މާފަރު އެއާޕޯޓް: 12 އަހަރުގެ ދިގު އިންތިޒާރެއް
ދިވެހި ސިފައިންގެ ވައިގެ ފޯސްއެެއް އުފައްދައިފި
އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރަން ރައީސް މާފަރަށް
ރާއްޖެއަށް ގެނައީ ބައިރަކްތާރް ޓީބީ2 ޑްރޯންތަކެއް!
މާފަރުގައި އަސްކަރީ ޑްރޯން ޓެސްޓު ކުރަން ފަށައިފި
ތުރުކީ އިން ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
ގެއްލުންދޭ ޖަނަވާރެއް ނުފެނޭ، ބެލެވެނީ ބުޅަލެއް ކަމަށް
މާފަރުގައި އެކްސްކަވޭޓަރު ފުރޮޅާލައި މީހަކު މަރުވެއްޖެ
މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރަނީ