Roadha Mihaaru

އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 މެއި 2025

މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އިމިގްރޭޝަނުން އޮފިސަރުންގެ ޓްރެއިނީން ހޮވުމަށް މިފަހަރު ބާއްވަނީ އެއް ދުވަހުގެ ވޯކް-އިން އިންޓަވިއުތަކެކެވެ.

އިމިގްރޭޝަނުން ބުނީ އިންޓަވިއުކުރާނެ ދުވަހާއި ތަނާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ފުރިހަމަވާންޖެހޭ ޝަރުތުތައް:

- އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑީ" ލިބިފައި ވުމާ އެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުން

- ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން

- އިއުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން

އިމިގްރޭޝަނުން އޮފިސަރުން ހޯދަން އިއުލާންކޮށްފައި މި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމާ ދިމާކޮށެވެ. ސަރުކާރުން އަންނަނީ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.