27 ޖެނުއަރީ 2021
ތުނބުޅި ދިގުކޮށް އަދި ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި ބެހެއްޓުމުން އިމިގްރޭޝަނުން ވަކިކުރި ހަތަރު މުވައްޒަފަކަށް އަލުން ވަޒީފާދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ތުނބުޅި ދިގުކޮށް އަދި ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި ބެހެއްޓުމުން އިމިގްރޭޝަނުން ވަކިކުރި ހަތަރު މުވައްޒަފަކަށް އަލުން ވަޒީފާދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިމިގްރޭޝަންގެ ހަތަރު މުވައްޒަފަކު ޑިސެމްބަރު، 2016 ގައި ވަޒީފާއިން ވަކިކުރީ އިމިގްރޭޝަނުން ކަނޑައެޅި ޔުނިފޯމް މިންގަނޑާ ޚިލާފަށް އަމަލުކުރާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި އޮތީ އެ މީހުން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުން ވަކިކުރުމުގެ ކުރިން، ޔުނިފޯމް މިންގަނޑާ ޚިލާފަށް އަމަލުކުރާ ކަމަށް ބުނެ އިމިގްރޭޝަނުން އެ މީހުންނަށް ފޮނުވި ލިޔުމުގައި އިސްލާހުކުރަންވީ ކަމެއް ބުނެދީފައި ނުވާ ކަމަށެވެ. އަދި އެ މީހުންނަށް ފިޔަވަޅު އެޅީ ސެޕްޓެމްބަރު، 2016 ގައި އަމަލުކުރަން ފެށި ޔުނިފޯމް ގަވާއިދާ ޚިލާފުވެގެން ކަމަށް ބުނެ ކަމަށާއި އެކަމަކު އެ ލިޔުން ފޮނުވާފައި އޮތީ އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށް ހުކުމުގައިވެ އެވެ. އަމަލުކުރަން ނުފަށާ ގަވާއިދެއްގެ ދަށުން އެޅި ފިޔަވަޅެއް ސައްހަވާނެ ގޮތެއް ނޯންނާނެ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ ކަންކަމުގައި ވަޒީފާއިން ވަކި ކުރެވޭނީ ކުށެއް ތަކުރާރުކޮށްގެން ކަމަށް ވާއިރު، އެ މީހުންނަށް ފިޔަވަޅު އެޅީ އިމިގްރޭޝަންގެ ޔުނިފޯމްގެ އާ ގަވާއިދަށް އަމަލުކުރަން ފެށި ދުވަހު އެވެ. އެހެންވެ، އެ މީހުން ކުށް ތަކުރާރުކުރީ ކަމަށް ބަލާނެ ހަމައެއް ނޯންނާނެ ކަމަށާއި އެ މީހުން ޚިލާފްވީ ޔުނިފޯމްގެ ކޮން މިންގަނޑަކާ ކަމެއް އިމިގްރޭޝަނަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވުމުން އެ މީހުން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން އިމިގްރޭޝަންގެ ފަރާތުން ގާއިމް ކޮށްފައި ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
Saeed Mohamed & Ors Vs Civil Service Commission (2017/HC-A/401)
— High Court of the Republic of Maldives (@mvhighcourt) January 27, 2021
Judgement Details: https://t.co/tGWinn2kuR pic.twitter.com/6M3G5CEeRP
އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދަކީ އިސްލާމީ ޝަރީއަތާ ޚިލާފް ބާތިލް ގަވާއިދެއް ކަމަށް އެ މީހުންގެ ފަރާތުން ފާހަގަކޮށްފައި ވިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ އިސްލާމްދީނުގެ އަސްލަކާ ޚިލާފް ގަވާއިދެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ފިގުހު އެކަޑަމީ އާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ޓްރައިބިއުނަލަށް ފޮނުވި ސިޓީތަކުގައި ތުނބުޅި ވަކި ވަރަކަށް ބެހެއްޓުމަކީ އިސްލާމްދީނުގެ އަސްލެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި އަންގާފައިވަނީ އެ މީހުން އަލުން އިމިގްރޭޝަންގެ ވަޒީފާއަށް ނެރުން ހުރަސް އަޅާ ސަބަބެއް ނެތުމުން އެ މީހުން ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމާ އެކު ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައި ދިނުމަށެވެ. އެކަމަކު އެހެން ވަޒީފާއެއް އެ މުއްދަތުގައި އަދާކޮށްފައިވާ ނަމަ، އެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
އިޔާޒް ވަކިކުރީ ގޯސްކޮށް، އަލުން ވަޒީފާދޭން އަންގައިފި
އަނބިމީހާއަށް ޒިނޭގެ ތުހުމަތުކުރި މީހާ ސަލާމަތެއް ނުވި
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
ޖެނިފާއަށް ވަޒީފާ ދިނުން ހައި ކޯޓުން ހުއްޓުވައިފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
ވަކިކުރި އޮފިސަރުންގެ މައްސަލަ ބޭރުން ހައްލުވޭތޯ ބަލަނީ
މުސްއަބު ވަކިކުރީ ގޯސްކޮށް، ބަދަލުދިނުމުގެ ބައި ބާތިލް
އޮފިސަރުންނަށް ވަޒީފާދިނުން ހުއްޓުވި އަމުރު ބާތިލްނުކުރި