ފުލުހަކު އޭނާގެ ވަޒީފާގެ ހުވާ ނުކިޔާ ކަމަށް ބުނި މައްސަލާގައި، ދައުލަތުގެ ހުވާކުރަންޖެހޭ މަގާމުތަކާއި ވަޒީފާތަކުގެ އުސޫލުތައް ހަރުދަނާކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި މިއަދު ބުނެފި އެވެ.
ފުލުހަކު އޭނާގެ ވަޒީފާގެ ހުވާ ނުކިޔާ ކަމަށް ބުނި މައްސަލާގައި، ދައުލަތުގެ ހުވާކުރަންޖެހޭ މަގާމުތަކާއި ވަޒީފާތަކުގެ އުސޫލުތައް ހަރުދަނާކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި މިއަދު ބުނެފި އެވެ.
ގދ. ތިނަދޫއިން މިދިޔަ މަހު ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު ވޭޕާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނުމުންނެވެ. ނަމަވެސް އެރަށު ކޯޓުން އޭނާ ދޫކޮށްލަން އަމުރު ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުމުގައި އެ ފުލުސް މީހާ ބުނެފައިވަނީ ފުލުހުންގެ ވަޒީފާގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވި ނަމަވެސް ހުވާލައިދިން ވަގުތު ހުވާ ކިޔާފައިނުވާނެ ކަމަށެވެ. ނަމަވެސް މަގާމުގެ ލިޔުމުގައި އޭނާ ސޮއިކޮށްފައިވާތީ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އެކަމާ ގުޅިގެން އަމާޒުވި އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހުވާ ކުރުމާ ގުޅޭގޮތުން އެ ފުލުސް މީހާ ވާހަކަ ދައްކާފައިވަނީ ހުވަޔަކާ މެދު އެއްވެސް މީހެއްގެ ބަސްމަގު ހުންނަންވާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި އެކަންކަމުގައި ހާމަވި ކަންކަމަށް ބަލާއިރު، ހުވާކުރަންޖެހޭ ވަޒީފާތަކާއި މަގާމުތަކުގެ ހުވަޔާއި ހުވާގެ އިގްރާރުގައި ސޮއިކުރުމުގެ ނަތީޖާ ހިމެނޭ ގޮތުގެ މަތިން ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް ހަރުދަނާ ކުރަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
"ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގްރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެ މަތިން، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންޖެހޭ ގޮތާއި، ގާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ އިތުބާރު ދެމެހެއްޓުމާއި ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ދެކެމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ފުލުސް މީހާ ދޫކޮށްލަން ނިންމި ނިންމުން ގޯސް ކަމަށެވެ. އެހެންވެ، އޭނާ ބަންދުކުރަން އަލުން ތިނަދޫ ކޯޓުގައި އެދެފިނަމަ ދެ ދުވަސް ތެރޭގައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު
ވަކިކުރި އޮފިސަރުންގެ މައްސަލަ ބޭރުން ހައްލުވޭތޯ ބަލަނީ
އޮފިސަރުންނަށް ވަޒީފާދިނުން ހުއްޓުވި އަމުރު ބާތިލްނުކުރި
އިސް އޮފިސަރުންގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
އަދުނާން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް: ހައި ކޯޓު
ޕޮލިހާއި ސިފައިންގެ ވަޒީފާއާ ގުޅޭ އާ އުސޫލެއް
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ އަލުން ހައްޔަރު
ވަޒީފާގެ އެއްބަސްވުމުގައި ނެތަސް، ގާނޫނީ ހަރަދު ލިބޭނެ
ހައްޔަރުކުރި ފުލުސް ބުނަނީ މަގާމުގެ ހުވާނުކުރާކަމަށް
ފުލުސް އޮފިސަރުންގެ މައްސަލަ ބާތިލުކޮށްފި