މޯލްޑިވްސް އިމިގްރޭޝަންގެ 50 ވަޒީފާއަށް ކުރިމަތިލާން ބޭއްވި ވޯކް-އިން އިންޓަވިއު އިން ހޮވުނު 549 މީހަކު އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ބޭއްވި އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.
30 މެއި 2025
މޯލްޑިވްސް އިމިގްރޭޝަންގެ 50 ވަޒީފާއަށް ކުރިމަތިލާން ބޭއްވި ވޯކް-އިން އިންޓަވިއު އިން ހޮވުނު 549 މީހަކު އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ބޭއްވި އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނު މިދިޔަ ބުދަ ދުވަހާއި އިއްޔެ ބާއްވާފައިވާ ކަމަށެވެ.
އިންޓަވިއު ކުރި މީހުންގެ ތެރެއިން އިމްތިހާނުގައި ބައިވެރިވީ 549 މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާ އިން ބުނީ އިންޓަވިއު އާއި އިމްތިހާނުގެ ޖުމްލަ މާކްސްއާ އެކު، އެންމެ މަތިން މާކްސް ލިބުނު 50 މީހުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާން ވަނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހު ބާއްވާފައި. އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން… pic.twitter.com/x8CnuP8ITl
— Maldives Immigration (@ImmigrationMV) May 30, 2025
އިމްތިހާނުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ފަސީހާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ވަޑައިގެންނެވި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
"މި މަސައްކަތުގައި އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި އެންމެހާ ފަރާތްތަކަށް ކާމިޔާބަށް އެދެން،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން އިން ކުރިން ބުނި ގޮތުގައި، 50 ވަޒީފާއަށް 876 މީހަކު ކުރިމަތިލި އިރު، އޭގެ ތެރެއިން 758 މީހަކު ޝަރުތު ހަމަވެ އެވެ. އިމިގްރޭޝަން އޮފިސަރުން ހޯދަން މި މަހު 24 ގައި ބޭއްވި ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ދިޔަ އެވެ.
ވޯކް-އިން އިންޓަވިއު ފާހަގަވީ އާންމުންގެ އުދާސްތައް!
ހާޒިރީއަށް ރަނގަޅުވުމުން އިމިގްރޭޝަނުން ދެއްކި ނަމޫނާ
އިމިގްރޭޝަންގެ މުވައްޒަފު ވަކިކުރީ ރަނގަޅަށް
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި
ޔޫކޭ ކޯޓަކުން ހުކުމްކުރި މީހާއަށް ޕާސްޕޯޓެއް ނުދޭ
ދިލްބަހާރު މަގުން 31 ބިދޭސީއަކު ހިފަހައްޓައިފި
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހިފަހައްޓައިފި
އައްޑޫގައި އުޅޭ ބިދޭސީން "ހަމަ މަގަށް" އަޅުވަނީ
ދިގު ކިއުއިން މި ސާފުވީ ކޮން މަންޒަރެއް؟