17 ނޮވެމްބަރ 2021
އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، އޭނާ އަށް ގަޒްފުކުރި ފިރިހެނެއްގެ ގައިގައި ހައްދު ޖަހަން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، އޭނާ އަށް ގަޒްފުކުރި ފިރިހެނެއްގެ ގައިގައި ހައްދު ޖަހަން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ގދ. ތިނަދޫގައި 2015 ވަނަ އަހަރު މީހަކު އޭނާގެ އަނބިމީހާގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށާއި އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށް ބުނެ އެހެން ބައެއްގެ ގާތުގައި ވާހަކަ ދެއްކި މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ތިނަދޫ ކޯޓުން 2018 ވަނަ އަހަރު ހުކުމްކުރީ އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައިވާތީ ގަޒްފު ކުރުމުގެ ކުށުގައި 80 އެތިފަހަރުން ހައްދު ޖެހުމާ އެކު އެއް އަހަރާއި ހަތް މަހަށް އެ މީހާ ޖަލަށްލުމަށެވެ.
އިސްލާމީ ޝަރީއަތުގައި ގަޒްފު ކުރުމަކީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިިއުނާފު ކުރުމަށް ފަހު، އޭނާގެ ފަރާތުން ހައި ކޯޓުގަައި ބުނެފައިވަނީ މި ޒަމާނުގައި ޖިންސީ ގުޅުން ހިންގުމެއް ނެތި މެޑިކަލް ސައިންސްގެ އެހީގައި ވެސް އަންހެނުން ބަލިވެ ތިބޭ ކަމަށެވެ. އެހެންވެ، އަނބިމީހާގެ ބަނޑުގައި އޮތީ އެހެން މީހެއްގެ ދަރިއެއް ކަމަށް ބުނުމަކީ ޒިނޭގެ ތުހުމަތު ކުރުން ނޫން ކަމަށް އެ މީހާގެ ފަރާތުން ބުނެފައިވެ އެވެ.
އެކަމަކު ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދަރިއެއްގެ ނަސަބު ނަފީކުރެވޭ ކޮންމެ ވާހަކައަކީ ގަޒްފު ކުރުން ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށާއި އެހެންވެ، މެޑިކަލް ސައިންސްގެ އެހީގައި، އަނބިމީހާއާ އަށް ނިސްބަތްކޮށް އެފަދަ އިބާރާތެއް ބުނުމަކީ ގަޒްފު ކުރުން ކަމަށެވެ. އަދި ބަލިވެ އިންނަ ހާލަތްތަކާއި ރޭޕްގެެ ސަބަބުން ބަލިވެ އިންނަ ހާލަތްތަކުގައި އެފަދަ އިިބާރާތެއް ބުނާ މީހަކު ކުށްވެރި ނުވާނެ ކަމަށާއި އެކަމަކު މިި މައްސަލާގައި ފިރިހެން މީހާ އެކަން ސާބިތުކޮށްދީފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ގަޒްފުގެ ކުށް ސާބިތުވާ ކަމަށް ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެކަމަކު އެ މީހާ ޖަލަށްލާން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ސަބަބަކީ ގާނޫނުލް އުގޫބާތު އޮތްގޮތުން އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށެއް ސާބިތުވެއްޖެ ނަމަ، އެ މީހަކަށް ދޭންޖެހެނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު އެކަނި ކަމަށްވާތީ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ގާނޫނީ އަދަބެއްގެ ގޮތުން ޖަލަށްލާން ހުކުމްކުރީ ގޯސްކޮށް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ގަޒްފުގެ ކުށް ސާބިތުވާތީ އޭނާގެ ގައިގައި 80 އެތިފަހަރުން ހައްދު ޖަހަން ކުރި ހުކުމަށް ތާއީދު ކުރުމާ އެކު، އޭނާ ޖަލަށްލާން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
"ގާނޫނީ ޒިނޭ" ގެ ތާރީހާއި އޭގެ ނަމުގެ މައްސަލަ
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
ސިހުރުގެ ލިޔުންތަކެއް ގެންގުޅުމުން ތިންއަހަރަށް ގޭބަންދު
ގަޒްފުކުރި މީހަކު ހައްދު ޖަހަންކުރި ހުކުމް ރަނގަޅު
"ގާނޫނީ ޒިނޭ" އޮންނަ މާއްދާއިން ދައުވާކުރެވޭނެ
ދީނަށް ފުރައްސާރަކުރި މީހާ ޖަލަށްލިޔަސް، މިނިވަންވެއްޖެ
ޝައިހް ފަޒްލޫނާއި ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓަށް
"ނަޝީދުގެ މައްސަލާގައި އިސްލާމްދީނާ ޚިލާފްކަމެއް ނެތް"
ލާދީނީ ކަމަށް ބުނާ މައްސަލަ ބަލަން އެދެން: ނަޝީދު